އިންސާނުންގެ ޠަބީޢަތުގައި ހުންނަ ސިފަތަކެއްގެ ސަބަބުން އަބަދުވެސް ދެއްކެނީ ކުރިމަތިވާ ކަންބޮޑުވުންތަކުގެ ވާހަކަތަކެވެ. އެކަން ކުރިމަތިވުމުގައި ތިމާގެ އިހްމާލަކީ ކޮބައިކަމާއިމެދު ވިސްނައިލެވެނީވެސް ވަރަށް މަދު މީހަކަށެވެ.
އެހެންވެ ބައްދަލުވާ ކޮންމެ މީހަކުހެން ދައްކަނީ ދާދި އެއް ވާހަކައެކެވެ. އެމީހެއްގެ ގޭގައި ވަރަށް ގިނަ މައްސަލަތައް ޖެހިގެން އުޅޭ ވާހަކައެވެ. ދެމަފިރިންނާއި ޢާއިލާގެ މެދުގައި ބޮޑެތި މައްސލަތައް ޖެހިގެން އުޅޭ ވާހަކައެވެ. ދަރިން ބަސް ނާހާ ވާހަކައެވެ.
ވިސްނާށެވެ! މިއިން ކޮންމެ ކަމަކީވެސް ޝައިޠާނާގެ ކިބައިން އަންނަ ކަންކަމެވެ. މިއިން ކޮންމެ ކަމެއްވެސް ކުރިމަތިވަނީ ޝައިޠާނާ އެގެއަކަށް ގަދަކޮށްލުމުންނެވެ. ވީމާ މިހުރިހައި މައްސަލަތަކެއްގެ ޙައްލަކީވެސް ގެފަޅު ނުކުރުމެވެ. ގެ ފަޅު ނުކުރުމަކީ ގޭގައި ނަމާދުކުރުމާއި އަޅުކަން ކުރުމެވެ. ކީރިތި ޤުރްއާން ކިޔެވުމެވެ.
އަންހެނުން ގޭގައި ނަމާދުކުރާށެވެ! ފިރިހެނުން ސުންނަތް ނަމާދުތައް ގޭގައި ކުރާށެވެ! ކީރިތި ޤުރްއާން ކިޔެވުން ގިނަކުރާށެވެ! ޚާއްޞަކޮށް ބަޤަރާ ސޫރަތެވެ. ބަޤަރާ ސޫރަތް ޤަވާއިދުން ކިޔަވާ ގެއަކާއި ޝައިޠާނާއަކަށް ކައިރިއެއް ނުވެވޭނެއެވެ!
The Prophet Muhammad ﷺ said, ”… Recite the Qur’ān in your houses. For the inhabitants of the heavens see them like people on earth see stars.
- Syar Alam an-Nubalah, Dhahabi no. 8/29; Silsilah Ahadeeth as-Saheehah no. 3112 - [Sahīh]
ތިމާގެ ގެ އުޑުގެ އަހުލުވެރިންނަށް ތަރިތަކެއް ފަދައިން އުޖާލާވެފައިވަނިކޮށް ދައްކަން ބޭނުންވާ މީހާ މި ޙަދީޘްފުޅަށް ބަލާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން