ދަރިން ބަލިވުމުން ފަސޭހައިން ދެނެގަނެވޭނެ ޢަލާމާތްތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ދަރިން ބަލިވުމުން ފަސޭހައިން ދެނެގަނެވޭނެ ޢަލާމާތްތައް!

ކުދިންގެ ޞިއްޙަތަށް އަންނަ ބަދަލުތައް ކުރިއާލައި ދެނެގަނެވޭނަމަ ނުރައްކާ ކުޑަކުރެވޭނެއެވެ. ހޮސްޕިޓަލަށް ދާންޖެހުންވެސް މަދުކުރެވޭނެއެވެ. ދަރިފުޅުގެ ގާތުގައި ހޭލައި އިންނަންޖެހުމާއި އުރައިގެން ގެންގުޅެންޖެހުންވެސް މަދުކުރެވޭނެއެވެ. އެހެންވެ މިގެނެސްދެނީ ބެލެނިވެރިންނަށް ފައިދާކުރާނެ ގިނަ މަޢުލުމާތުތަކެއް ހިމެނޭ ލިޔުމެކެވެ.  

ޢާންމުގޮތެއްގައި ތުއްތުކުދިން ބަލަހައްޓަނީ މައިންނެވެ. ބައެއް މައިންނަކީ ވަރށް ޒުވާން އަންހެނުންނެވެ. ވީމާ ދަރިއަކު ލިބި ގެންގުޅެމުންދާއިރު ކުއްޖާއަށް ދިމާވާ ޞިއްޙީ މައްސަލަތައް  ނުއެނގި ހިނގައިދާނެއެވެ. ޚާއްޞަކޮށް ދެމަފިރިން އެކަނި ވަކި ދިރިއުޅުމެއް އުޅޭނަމަ މިމައްސަލަ ބޮޑުވާނެއެވެ. ވީމާ މިގެނެސްދެނީ އެފަދަ މައިންނަށާއި އަދި ހުރިހާ މައިންނަށްވެސް ވަރަށް މުހިންމު ލިޔުމެކެވެ. ކޮންމެހެން އެނގެން ޖެހޭނެ ކަންކަމެވެ.  

ތުއްތު ދަރިފުޅުގެ ޢުމުރުންކުރީގެ ދުވަސްކޮޅު ފެންނަ ޢަލާމާތްތައް އެއީ މައްސަލައެއްތޯ ވަރަށްގިނައިން މީހުން އަހާނެ. އެހެންވެ އެކަމާ ކުޑަކޮށް ލިޔެލާނަން

ބޮޑެތިކުދިންނަށްވުރެ ކުޑަކުދިން ބަލިވާލެއް ގިނަ. އަދި އެކުދިން ބަލިވެއްޖެނަމަ ބަލިހާލަތު ބޮޑުވެގެންގޮސް އެނދުމަތިކޮށް ފުރާނައަށް ނުރައްކާވާވަރަށްދާ މިންވަރު ނިސްބަތުން ގިނަ 

އެހެންވެ ބަލިވެއްޖެނަމަ ފެންނާނެ ޢަލާމާތްތައް އެނގުން މުހިންމު. ބަލިވެއްޖެނަމަ ފަރުވާ އަވަހަށް ދިނުމަށާ އަދި އަވަހަށް ރަނގަޅުވުމަށް މަގުފަހިކުރުވުމަށް، އިންޝާ ﷲ 

ބަލިކުދިންގެ ޢާއްމުކޮށް ފެންނާނެ ޢަލާމާތްތައް؛ 

1. މަންމަގެ ގާތުން ނުވަތަ ބުއްފުޅި ބުއިން މަދުވުން ، ނުވަތަ ނުބުއިން

2. ރީނދޫވުން (ޚާއްޞަކޮށް ޢުމުރުން 24 ގަޑިއިރު ނުވަނީސް ރީނދޫވުން ނުވަތަ އަތާއިފައިތިލައާހަމައަށް މުޅި ހަށިގަނޑު ރީނދޫވުން)

3. ނޭވާލާގޮތް ތަފާތުވެ ނޭވާ ކުރުވުން، އަދި ނޭވާލާއިރު މޭކަށިގަނޑު އަޑިއަށްދާގޮތަށް ނޭވާލުން

4. ފިޓުޖެހުން (ޢާއްމުކޮށް އަތްފައި ނުތެޅޭގޮތަކަށް ތެޅުން (ތުރުތުރު އެޅުމާ ތަފާތުވާނެ)، ބައިސްކަލު ދުއްވާގޮތަށް ފައި ތެެޅުވުން، ލޮލުގެ ކަޅިމައްޗައްގޮސް ހުއްޓިފައި ހުރުން، އެސްފިޔަޖަހާލަޖަހާލަ އޮތުން، ޗުވިންގަމެއްހަފާގޮތަށް ހަފާލަހަފާލައޮތުން)

5. ހަރަކާތްތައް ހުއްޓުން، ކޮށްޓާހެދިޔަސް ހަރަކާތެއްނެތުން

6. ހުންއައުން ނުވަތަ މާބޮޑަށް ފިނިވުން (ޢާއްމުކޮށް ހުންނަން ޖެހޭނީ 36.6 އާ 37.5 ޑިގުރީ ސެލްސިއަސްއާ ދެމެދު)  

މިތަނުން 1 ނުވަތަ އެއަށްވުރެ ގިނަ ޢަލާމާތްތައް ފެނިދާނެ، އެހެންނަމަ ޑރށް ދެއްކުން މުހިންމު

ބަލިކުއްޖެއްނަމަ 

ދަރިފުޅު އެހެންތަންތަނަކަށް ބަލާވަރާ، ހަރަކާތްތައް މަދުވޭ، 

ރޯގޮތް ތަފާތުވޭ، ތޫލިކޮށް ރުއިން ނުވަތަ އެއްގޮތަކަށްވެސް ނުރޯނަމަ

ނޭވާލާގޮތް ތަފާތުވޭ، ނޭވާލާއިރު ހުންނަ އަޑުތަފާތުވޭ

 

- ޑރ. އަހްމަދު ފައިޞަލް

މިއަދު އޮންލައިން