ޛިކުރުތައް ކިޔުމަކީ ޝައިޠޯނާއަށް ދެވޭނެ އެންމެ ވަރުގަދަ ހަމަލާ! އެކަމުގަ ވަރިބަލިނުވާނަމަ އެއްޗަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ޛިކުރުތައް ކިޔުމަކީ ޝައިޠޯނާއަށް ދެވޭނެ އެންމެ ވަރުގަދަ ހަމަލާ! އެކަމުގަ ވަރިބަލިނުވާނަމަ އެއްޗަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެ!

ޝައިޠޯނާއަކީ މީސްތަކުން އަތުލައިގަތުމަށް އޭތިކުރާ މަސައްކަތުގައި ހިނދުކޮޅަކަށްވެސް ވަރުބަލިވާނެއެއްޗެއް ނޫނެވެ. އަދި ގަދަކަމުން ފައްސައި ދުރުނުކުރާނަމަ ދުރުކުރެވޭނެ އެއްޗެއްވެސް ނޫނެވެ.

ﷲ ތަޢާލާ ވަނީ ޝައިޠޯނުން ލެއްވެވުމަށްފަހު ޝައިޠޯނުން ފައްސައި ދުރަށް ލުމުގެ ބާރު އިންސާނުންނަށް ދެއްވަވައިފައެވެ. ޝައިޠޯނުންނަށް ވައިވެސް ނުއެޅެވޭނެ އައްޑަނަތައްވެސް ވަނީ ދެއްވަވައިފައެވެ. އެއީ ކިޔަންޖެހޭ ޛިކުރުތައް ކިޔުންމަތީގައި ހުރުމެވެ.  

މިފާހަގަކޮށްލަނީ ގިނަބައަކު ސުވާލުކުރާ ކަމެކެވެ.  

ގޯތީގައި ހުސްތަން ނެތުމުން ބޭރުގައި އެއްޗެތި ހިއްކަން ނޭޅިނަމަވެސް ގޯތީގައި ހުސްތަން އޮތްނަމަ މިހާރުވެސް ގިނައިން އެއްޗެތި ހިއްކަން އަޅަނީ ގެއިން ބޭރުގައެވެ. ހަވީރުގެ ފިނިކަން ލިބުމުގެ ކުރިން އެއްޗެތި ގެއަށް ވައްދަން މަސައްކަތްކުރެއެވެ. ނަމަވެސް ދިމާވާ ގޮތަކުން ބައެއް ފަހަރު ނުވެއްދި ލަސްވެއެވެ.  

އިރުއޮއްސުމުގެ ކުރިން ތަކެތި ގެއަށް ނުވެއްދިއްޖެނަމަ ބިރުގަނެ ޖެހިލުންވާ ބައަކު އަދިވެސް އުޅެއެވެ. އެހެންވެ ތަފާތު ސުވާލުތައް ކުރެއެވެ. އެގޮތުން ކުރެވޭ ސުވާލުތަކުގެ ތެރޭގައި މަޣުރިބް ނަމާދުގެ ފަހުން ބޭރުގައި ހުންނަ އަންނައުނު ތަކުގައި އަތްލުމަކީ ކޮންކަހަލަ ކަމެއްތޯ އާއި އެ އަންނައުނު ކޮޓަރިއަށް އެވަގުތުގައި ވެއްދުމަކީ ކޮންކަހަލަ ކަމެއްތޯ ؟ ވެސް ސުވާލުކުރެއެވެ.  

މިފަދައިން ކުރެވޭ ސުވާލުތަކަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ޖަވާބަކީ  "މަޣްރިބް ނަމާދު ފަހުން ކޮންމެހެން ހިއްކަން އަޅާފައި ހުންނަ ހެދުމުގައި އަތްލުމަކީ ނުވަތަ އެ އެއްޗެހި އެތެރެއަށް ވެއްދުމަކީ އެއީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫން. އެކަމުގައި މަނާ ކަމަށް އަންގާދޭނެ އެއްވެސް ދަލީލެއް އައިސްފައެއް ނުވޭ."  

ދެން އިތުރަށް ބުނެލަން ބޭނުންވަނީ މަގުމައްޗަށް ނުދިއަ ކަމުގައިވީނަމަވެސް ގެއިން ބޭރަށް ނުކުންނަނަމަ، ގެއިން ބޭރަށް ނުކުންނަމުން ކިޔަންހުރި ޛިކުރުތައް ކިޔާށެވެ. އަދި ގޯތިތެރެއަށް ނުކުމެފައި ވަންނަމަވެސް ގެއަށް ވަންނަމުން ކިޔަން ހުންނަ ޛިކުރުތައް ކިޔާށެވެ. މިޒަމާނުގައި ގިނަ ބައަކު ދިރިއުޅެނީ ފްލެޓުތަކުގައެވެ. ފްލެޓުން ބޭރަށް ނުކުމެފައި ވަންކަމުގައިވީނަމަވެސް ހަމަމިފަދައިން ޢަމަލުކުރާށެވެ.  

މުހިންމުކަމަކީ ޝައިޠޯނާގެ ކިބައިން ރައްކަތެރިކަން ލިބިގަތުމާއި ގެއަށް ޝައިޠޯނާ ވަނަނުދިނުމެވެ. ނުވެއްދުމެވެ. އެކަން ޙާޞިލުކުރެވެން އޮތްމަގަކީ ޛިކުރުކުރުމެވެ.

 

 

މިއަދު އޮންލައިން