މުއްމިނަކަށްވެވޭނީ މިސިފަތައް ހުރެގެން!

ކިޔުމަށް ހޭދަވާނީ 3މ 39ސ
މުއްމިނަކަށްވެވޭނީ މިސިފަތައް ހުރެގެން!

ޢާއިޝަތު ރަފާޙް ޢަލީ

 

މުއްމިނަކަށްވުމަށްޓަކައި ޚާއްޞަ ސިފަތަކެއް ހުންނަން ޖެހެއެވެ. ޢަމަލުތަކެއްވެސް ކުރަންޖެހެއެވެ. އެކަންކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ.      

މުއުމިނުންގެ ސިފަތައް: 

ﷲ ތަޢާލާއަށް ވަކީލުކުރުން: ﷲ ތަޢާލާ ޝޫރާ ސޫރަތުގެ 36 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

فَمَا أُوتِيتُم مِّن شَيْءٍ فَمَتَاعُ الْحَيَاةِ الدُّنْيَا ۖ وَمَا عِندَ اللَّهِ خَيْرٌ وَأَبْقَىٰ لِلَّذِينَ آمَنُوا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ‎﴿٣٦﴾‏وَالَّذِينَ يَجْتَنِبُونَ كَبَائِرَ الْإِثْمِ وَالْفَوَاحِشَ وَإِذَا مَا غَضِبُوا هُمْ يَغْفِرُونَ ‎﴿٣٧﴾‏ 

މާނައީ: "ފަހެ، ތިޔަބައިމީހުންނަށް ދެއްވި ކޮންމެ އެއްޗަކީ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އުފަލެކެވެ. އަދި إيمان ވެ، އެއުރެންގެ ވެރިރަސްކަލާނގެއަށް وكيل ކުރާމީހުންނަށް، اللَّه ގެ حضرة ގައިވާ ثواب ހެޔޮކަންބޮޑެވެ. އަދި ދެމިހުރުން ބޮޑުމެއެވެ. (36) އަދި އެއުރެންނީ ބޮޑެތިފާފަތަކާއި، فاحش ކަންތައްތަކުން ދުރުހެލިވެ ތިބޭމީހުންނެވެ. އަދި އެއުރެންނީ ރުޅިއަތުވެއްޖެހިނދެއްގައި މާފުކުރާ ބަޔެކެވެ. (37)" 

ﷲ ތަޢާލާއަށް ވަކީލުކުރާ އަޅުން އަބަދުވެސް ކަންކަން ކުރާނީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭތޯއެވެ. އަދ އަބަދުވެސް ﷲ ތަޢާލާގެ މަތީން ހަނދުމަކޮށް ނުބައި ފާޙިޝް ޢަމަލުތަކުން ދުރުވެ ތިބޭނެއެވެ.     

ނަމާދު ޤާއިމްކުރުން: 

ﷲ ތަޢާލާ ޝޫރާ ސޫރަތުގެ 38 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَالَّذِينَ اسْتَجَابُوا لِرَبِّهِمْ وَأَقَامُوا الصَّلَاةَ وَأَمْرُهُمْ شُورَىٰ بَيْنَهُمْ وَمِمَّا رَزَقْنَاهُمْ يُنفِقُونَ ‎﴿٣٨﴾‏

މާނައީ: "އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް އިޖާބަދީ، އަދި ނަމާދު قائم ކުރިމީހުންނެވެ. އަދި އެއުރެންގެ ކަންތައްތައް، އެއުރެންގެ މެދުގައިވަނީ مشورة ގެ މަތިންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވިތަކެތިން، އެއުރެން ހޭދަކުރެތެވެ. (38)" 

އެމީހުން ﷲ ތަޢާލާ ގޮވާލެއްވެވި ކަންކަމަށް ޖަވާބުދާރީވެއެވެ. އަދި ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގޮވާލެއްވި ކަންކަމަށްވެސް އިޖާބަ ދެއްވިއެެވެ. އެމީހުން ފަސްނުޖެހި، ފަހަތަށް ނުބަލައި އެކަންކަން ކުރުމަށް މަސައްކަތް ކުރެއެވެ.

 

މިއަދު އޮންލައިން