ކަނބަލުންނަށް ޚާއްޞަ: ދިރިއުޅުމުގަ ދިމާވާ ކަމަކުން އަމިއްލަ ނަފުސްދެކެ ލޯބިނުވުމަށްވުރެ ބޮޑު ކުށެއް ނުކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކަނބަލުންނަށް ޚާއްޞަ: ދިރިއުޅުމުގަ ދިމާވާ ކަމަކުން އަމިއްލަ ނަފުސްދެކެ ލޯބިނުވުމަށްވުރެ ބޮޑު ކުށެއް ނުކުރެވޭނެ!

ދިރިއުޅުމުގައި މެދުވެރިވާ ކަންކަމުގެ ސަބަބުން ހިތާމަކުރަންޖެހޭ މީހުން މަދެއް ނޫނެވެ. އެއިގެ ތެރޭގައި ގިނަވާނީވެސް އަންހެނުންނެވެ. އެއީ ބަދަލުކުރެވެން އޮތް ޙަޤީޤަތެއް ނޫނެވެ.  

އަހުރެން ބުނެލަން އޮތީ ކުރިމަތިވި ޙާލަތަށް ނުބަލާށެވެ! ކޮންމެ ޙާލެއްގައި އުޅެންޖެހުނަސް އަމިއްލަ ނަފުސްދެކެ ލޯބިވުން ހުއްޓައިނުލާށެވެ! ދިމާވި ޙާލަތުނަ އަރައިގަނެވި މާއުފާވެރި ދިރިއުޅުމެއް ލިބޭނެ ކަމުގެ ޔަޤީންކަން ކުޑަނުކުރާށެވެ. ދުވަސްކޮޅަކަށް ކެތްތެރިވެލަންޖެހުނަސް އެއީ މައްސަލައަކަށް ނުދެކޭށެވެ.  

ގިނަ އަންހެނުންނަށް މިކަންކަމެއް ނުވިސްނެއެވެ. ހިތްދަތިކަން ލިބޭއިރަށް ފުރަތަމަވެސް ފޫހިވެވެނީ އަމިއްލަ ނަފުސްދެކެއެވެ. ފެންވަރައި ރީތިވެގެން ހުންނާކަށް ބޭނުމެއް ނުވެއެވެ. އަޅުކަންކުރާކަށް ބޭނުމެއް ނުވެއެވެ. ޙާލަތު ބަދަލުކުރަން މަސައްކަތްކުރަން ކަންނެތްވެއެވެ. އެގޮތަށް އެކަންކަން ނުކުރާށެވެ! ތިމާ ތިމާގެ ނަފުސްދެކެ ލޯބިނުވާނަމަ އެމީހަކުދެކެ ލޯބިވާނީ ކާކުހެއްޔެވެ؟  

އަމިއްލަ ނަފުސްދެކެ ލޯބިނުވާން ގިނަބައަކު ކުރާ އެންމެ ގޯސް އަދި ދެރަކަމަކީ އަމިއްލަ ނަފްސް ބާޒާރަށް ނެރުމެވެ. އެކަންކޮށްފިނަމަ އެމީހަކުވާނީ އަމިއްލަ ނަފުސްދެކެ އެއްވެސް ވަރަކަށް ލޯބިނުވާ މީހަކަށެވެ. ސަބަބަކީ އަމިއްލަ ނަފުސްދެކެ ލޯބިވާ އެކަކުވެސް ތިމާގެ އަމިއްލަ ނަފުސުގެ އަގުވައްޓައެއް ނުލާނެއެވެ. ކޮންމެ ޙާލެއްގައިވެސް މަސައްކަތްކުރާނީ އަގުއެރުވުމަށެވެ.  

މިވާހަކަކޮޅުގައި ފާހަގަމިކުރި ކަންކަމަށް ސަމާލުކަންދޭށެވެ. ކޮންމެ ޙާލެއްގައިވެސް އަމިއްލަ ނަފުސްދެކެ ލޯބިވާ މީހަކަށްވާށެވެ. އެއިރުން އެމީހަކަށް މާއުފާވެރި ގޮތްތައް މެދުވެރިވާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން