ދަމުނަމާދަށް ރައްކައުތެރިވާށެވެ! އެއީ ހުތުރު ކަންތައްތަކާ ދުރުހެލިކުރުވާ، އަދި ފާފަތަކުގެ ކައްފާރާއެއްގެ އިތުރަށް ހަށިގަނޑަށް ދިމާވާ ބަލިތައް ދުރުކޮށްދޭ ކަމެކެވެ!: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ދަމުނަމާދަށް ރައްކައުތެރިވާށެވެ! އެއީ ހުތުރު ކަންތައްތަކާ ދުރުހެލިކުރުވާ، އަދި ފާފަތަކުގެ ކައްފާރާއެއްގެ އިތުރަށް ހަށިގަނޑަށް ދިމާވާ ބަލިތައް ދުރުކޮށްދޭ ކަމެކެވެ!: ޙަދީޘް

ރަމަޟާން މަހަށްފަހު ގިނަ ބައަކު ޜޭއަޅުކަންކުރުމާއި ދުރުހެލިވެއެވެ. އެގޮތަށް އެކަންވިޔަނުދޭށެވެ! ސަބަބުތައް ޙަދީޘްފުޅުން މިއޮތީ އެނގޭށެވެ.  

ދަމުނަމާދު ނުވަތަ ރޭއަޅުކަމުން ލިބޭ ފައިދާތައް ވަރަށް ގިނަކަމެވެ. ދަމުނަމާދަކީ ސުންނަތް ނަމާދުތަކުގެ ތެރެއިން ﷲ ތަޢާލާގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ނަމާދަށްވާކަމެވެ.  

ދަމުނަމާދާއިބެހޭ ގޮތުން ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. 

«عَلَيْكُمْ بِقِيَامِ اللَّيْلِ فَإِنَّهُ دَأَبُ الصَّالِحِينَ قَبْلَكُمْ وَقُرْبَةٌ إِلَى اللَّهِ تعالى وَمَنْهَاةٌ عَنْ الْإِثْمِ وَتَكْفِيرٌ لِلسَّيِّئَاتِ وَمَطْرَدَةٌ لِلدَّاءِ عَنْ الْجَسَدِ » 

މާނައީ : "ތިޔަބައިމީހުން ރޭއަޅުކަންކުރާށެވެ. ފަހެ ހަމަކަށަވަރުން އެއީ ތިޔަބައިމީހުންގެ ކުރިން އުޅުއްވި ޞާލިޙުންގެ ގޮތެވެ. އަދި ﷲގެ ޙަޟުރަތަށް ވެވޭ ކުއްތަން ވުމެކެވެ. އަދި ހުތުރު ކަންތައްތަކާ ދުރުހެލިކުރުވާ ކަމެކެވެ. އަދި ފާފަތަކުގެ ކައްފާރާއެކެވެ. ހަށިގަނޑަށް ދިމާވާ ބަލިތައް ދުރުކޮށްދޭ ކަމެކެވެ." 

ދަމުނަމާދުން ލިބޭކަން މިޙަދީޘްފުޅުން އެނގިގެންދާ ފައިދާތައް: 

-- ﷲގެ ޙަޟުރަތަށް ވެވޭ ކުއްތަން ވުމެއްކަން-

-- ހުތުރު ކަންތައްތަކާ ދުރުހެލިކުރުވާ ކަމެއްކަން

-- ހަށިގަނޑަށް ދިމާވާ ބަލިތައް ދުރުކޮށްދޭ ކަމެއްކަން  

މި ޙަދީޘް ރިވާކުރައްވާފައިވަނީ އިމާމު އަޙްމަދާއި ތިރުމިޛީއާއި އިބްނު ޢަސާކިރެވެ. އަދި މިއީ ޞައްޙަ ޙަދީޘެއްކަމުގައި އިމާމް އަލްބާނީ ވިދާޅުވެފައިވެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން