ދަމުނަމާދުގެ އެންމެ ކުރުމިނާ އެންމެ ދިގުމިން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ދަމުނަމާދުގެ އެންމެ ކުރުމިނާ އެންމެ ދިގުމިން-

ރަމަޟާން މަހު ފަހުދިހައިގައި ދަމުނަމާދުކުރި ޟީހުންގެ ތެރެއިން ބައެއް މީހުންނަށް އަރާފައި އޮންނަ އޮޅުމަކީ އިމާމް އެކުރިވަރަށް ކުރަންޖެހޭނެ ކަމެވެ. އެެހްނވެ މިގެނެސްދެނީ ކަން އޮތްގޮތް އެނގިލައްވާނެ ލިޔުމެކެވެ. ކުރިން މިބުނެވުނު ވިސްނުމުގައި ބައެއް މީހުން ދަމުނަމާދުނުކޮށްތިބޭތީއެވެ. 

ދަމުނަމާދު ކުރުކޮށް ކުރަން ބޭނުންވާ މީހަކަށް އެންމެ 2 ރަކްއަތް ކުރިޔަސް ފުދޭނެއެވެ. ދިގުކުރަން ބޭނުންވާ މީހާ 2 ރަކްޢަތުން ސަލާމްދެމުން އެމީހަކަށް ކެރިކުޅަދާނަވާވަރަކަށް ކުރިއަށް ގެންދަންވީއެވެ. ނިންމާލަން ބޭނުންވުމުން މަދުވެގެން ވިތުރިގެ 1 ރަކްޢަތްކޮށްފައި ނިންމައިލާނީއެވެ.   

ސުވާލު:. ދަމުނަމާދުގެ ދެރަކްޢަތުން ސަލާމް ދެމުން ހަތަރު ރަކްޢަތް ކުރެވިދާނެތޯ؟ އަދި އޭގެ ފަހުން ވިތްރީގެ ހަތަރު ރަކްޢަތް ކުރެވިދާނެތޯ؟    

ޖަވާބު:. އާދެ! ދަމުނަމާދުގައި ދެރަކްޢަތުން ދެރަކްޢަތުން ސަލާމް ދެމުންގޮއްސަ ހަމަ ކިތަންމެ ބައިވަރު ރަކްޢަތެއްވެސް ކުރެވިދާނެ. ވަކި ޢަދަދެއް ކަނޑައެޅިފައެއް ނެތް. އެހެންވީމާ ކުރާނީ ދެރަކްޢަތުން ދެރަކްޢަތުން ސަލާމް ދެމުން އެގޮތަށް ކުރަމުންގޮސް ހަމަ ބޭނުންވަރަކަށް ކުރަންވީ.  

ވިތުރީގެ އިންނާނީ އޮނަހިރި ޢަދަދެއް އެހެންވީމާ އެއީ އެކެއް، ތިނެއް، ފަހެއް، ހަތެއް، ނުވައެއް، އެގާރަ އެގޮތަށް ވިތުރީގައި ހަތަރު ރަކްޢަތެއް ނީންނާނެ. ވިތުރީގައި އިންނާނީ މިދެންނެވިހެން އޮނަހިރި ޢަދަދަކަށް ރަކްޢަތްތައް.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން