ދުވަހަކުވެސް ނަމާދުނުކުރާ މީހަކު މަރުވުމުން ހިނަވަން އުޅުނު މީހުންނަށް ފެނުނު އާދައާޚިލާފް ކަންތައްތަކުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 56ސ
ދުވަހަކުވެސް ނަމާދުނުކުރާ މީހަކު މަރުވުމުން ހިނަވަން އުޅުނު މީހުންނަށް ފެނުނު އާދައާޚިލާފް ކަންތައްތަކުގެ ވާހަކަ-

ބައެއް މީހުން މަރުވުމުން ހަށިގަނޑަށް އާދައާ ޚިލާފް ބޮޑެތި ބަދަލުތައް އަންނަވާހަކައާ ބިރުވެރި ކަންކަން ފެންނަމކަމުގެ ވާހަކަ އަޑުއަހަމެވެ. އެއީ ތެދެއްނަމަ އެހެން އެވަނީ ކީއްވެގެންތޯ؟ 

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ބުނެލަން ޖެހެނީ އެފަދަ ކަންކަން މެދުވެރިވާ ކަމަށް ބައެއް ޝައިޚުންވެސް ވަނީ ހާމަކުރައްވައިފައެވެ. ސަބަބު ދެނެވޮޑިގެންވާނީ ﷲ ތަޢާލާއެވެ. ތިރީގައި އެވަނީވެސް އެފަދަ ޙާދިސާއެއްގެ ވާހަކައެވެ. 

ވިދާޅުވެލައްވާށެވެ!   

އަހުރެންނަކީ މަރުވެފައިވާ ފިރިހެނުންގެ ހަށިގަނޑު ދޮވެ ހިނެވުމުގެ މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. އެކަމުގައި އަހަންނާއިއެކު އިތުރު ތިން މީހަކުވެސް ބައިވެރިވިއެވެ. 

މިކިޔައިދެނީ އެގޮތުން އެއްދުވަހަކު ގެނެވުނު ހަށިގަނޑެއްގެ ވާހަކައެވެ. ހަށިގަނޑު ބާއްވާފައި އޮތް ކޮޓަރި ތެރެއަށް އަހަރެން ވަންއިރު ފެނުނީ އެމީހާގެ އާއިލާ މީހުން ރޯމަންޒަރެވެ. އެމީހާގެ ހަށިގަނޑު އެއިރު އޮތީ ސަންދޯކެއް ކަހަލަ ދިގު ފޮއްޓަކަށް ލާފައެވެ. 

ހިނެވުމުގެ މަސައްކަތް ފެއްޓުމަށްޓަކައި ކޮޓަރިން ބޭރަށް ނިކުތުމަށް އަހަރެން އެމީހުންނަށް އިޝާރާތް ކޮށްލީމެވެ. އެމީހުން ބޭރަށް ދިޔުމުން އަހަންނާއި ދެން ތިބި ތިން މީހުން، މަރުވެފައިވާ މީހާގެ ހަށިގަނޑު ހިނެވުމަށް ތައްޔާރުވާން ފެށީމެވެ. 

އެއްކޮށް ތައްޔާރުވެ ނިމުމުން އެހަށިގަނޑު ހިނެވުމަށްޓަކައި ފޮށީގެ މަތިގަނޑު ހުޅުވާލީމެވެ. އެވަގުތު އެފޮށީތެރެއިން ދުވީ އޭގެ ކުރިން ދުވަހަކު ވެސް އަހަރެންގެ ނޭފަތުގައި ޖެހިފައި ނުވާފަދަ ނުބައި ވަހެކެވެ. އޭނާ މަރުވިތާ ގިނަ ވަގުތުތަކެއް ނުވި ކަމުގައި ވިޔަސް، ދުވަން ފެށި ވަހުން ހީވަނީ އޭނާ މަރުވެގެން ވަރަށް ދުވަސް ވެފައިވާހެންނެވެ. 

އަހަންނާއިއެކު ދެން ތިބި ތިން މީހުން ގާތު އޭނާގެ ހަށިގަނޑު ފޮށީ ތެރެއިން ނަގާ، އެތަނުގައި ހުރި ދިގު މޭޒު މަތީގައި ބޭއްވުމަށް ބުނެ އަހަރެން ދިޔައީ އޭނާ ހިނެވުމަށް ފެން ބަލައެވެ. 

އެވަގުތު އެތަނުގައި އާދަޔާ ޚިލާފު އެހެން ކަމެއްވެސް ވިއެވެ. އެމީހާގެ ހަށިގަނޑު ބަރުކަމުން އެމީހުންނަށް އެހަށިގަނޑެއް ނުނެގުނެވެ. އަހަރެން ހައިރާންވިއެވެ. މަރުވެފައިވާ މީހާ އަކީ ވަރަށް ހިކިކޮށް ހުރި މީހެކެވެ. އެހެން ކަމުން އޭނާ އެހާ ބަރުވާންވީ ކީއްވެބާއޭ އަހަރެން ހިތަށް އެރިއެވެ. އެމީހާއަށްވުރެ ހަށިގަނޑުން މާބިޔަ މީހުންގެ ހަށިތައްވެސް އަހަރުމެން ވަނީ އެއްވެސް އުނދަގުލަކާއި ނުލާ ނަގައިގެން ދޮވެފައެވެ. 

އިތުރު މީހުންގެ އެހީއާއިއެކު އަހަރުމެން އެހަށިގަނޑު ނަގާ މޭޒުމަތީގައި ބޭއްވީމެވެ. އަދި ހިނެވުމުގެ މަސައްކަތް ފެށީމެވެ. އޭނާގެ ގައިގެ ހަންގަނޑު ފެނިފައި އަހަންނަށް އަނެއްކާވެސް އެހެން ކަމެއް ފާހަގަވިއެވެ. އޭނާއަކީ ގައިގެ ހަމުގެ ކުލަ ދޮން މީހެކެވެ. ނަމަވެސް އޭނާގެ މޫނުމަތި ހުރީ ވަރަށް ބޮޑަށް އަނދިރި ކޮށެވެ. އެއީ ކީއްވެބާއޭ އަހަރެން ހިތަށް އެރިއެވެ. އެހަށިގަނޑުން ދުވި ނުބައި ވަހާއި އާދަޔާ ޚިލާފަށް ބަރުވުމުގެ އިތުރުން އޭނާގެ މޫނުމަތި އަނދިރިވެފައި ހުރުމުން އަހަންނާއި އަހަންނާއި އެކު މަސައްކަތް ކުރި މީހުންވެސް ހައިރާންވިއެވެ. ހިނަވާ ނިމުމުން އޭގެން އެކަކު އަހަރެން ކައިރިއަށް އައިސް އެއްސެވެ. "އެއީ ކިހިނެއްވެފައިވާ ހަށިގަނޑެއް ހެއްޔެވެ؟" ޖަވާބުގައި އަހަރެން ބުނީ އަހަންނަށް ނޭނގޭ ކަމަށެވެ. 

ހިނަވާ ނިމިގެން އެކޮޓަރިން ނިކުތްއިރު އަހަންނަށް އެމީހާގެ އާއިލާ މީހުން އެތަނުގައި މަޑުކޮށްގެން ތިއްބާ ފެނުނެވެ. އެމީހާގެ ހަށިގަނޑުގެ އަޖައިބުކަމާއި އެމީހާ ދުނިޔޭގައި އުޅުނު ގޮތާއި ބެހޭ ގޮތުން އަހަރެން އޮޅުން ފިލުވަން ބޭނުންވިއެވެ. އެހެންކަމުން އޭގެން އެކަކު ގާތު އަހަރެން އެވާހަކަ އެހީމެވެ. އޭނާގެ އާއިލާ މީހާ ދިން ޖަވާބު އަހަރެންގެ ހިތުން ދުވަހަކު ވެސް ފިލައިގެން ނުދާނެއެވެ. 

އާއިލާ މީހާ ބުންޏެވެ. އެފިރިހެން މީހާ ދުވަހަކު ވެސް ނަމާދެއް ނުކުރެއެވެ. 

މީހަކު މަރުވުމުން މިފަދަ އެއްވެސްކަމެއް ވާނީ އެކަންވުމަށް މެދުވެރިވި ސަބަބު އެނގިގެނެއް ނޫނެވެ. އެކަންކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ނަމަވެސް މިހިރީ ހަމަ ވިސްނައިލުން މުހިންމު ކަންކަމެވެ.

 

- ޝައިޚް މުޙައްމަދު ނަޤްވީގެ ދަރުސަކުން

 

މިއަދު އޮންލައިން