މިސްކިތުގައިކުރާ ނަމާދުގެ އަޑު ގެއަށް ރަނގަޅަށް އިވޭނަމަ ގޭގަހުރެގެން އިމާމާއެކު ނަމާދުކުރެވދާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
މިސްކިތުގައިކުރާ ނަމާދުގެ އަޑު ގެއަށް ރަނގަޅަށް އިވޭނަމަ ގޭގަހުރެގެން އިމާމާއެކު ނަމާދުކުރެވދާނެތޯ؟

ތިރީގައި އެވަނީ މިހާރުވެސް ބައެއް ކިޔުންތެރިންގެ ފަރާތުން ލިބެމުން އަންނަ ސުވާލެކެވެ. އެހެންކަމުން ޖަވާބެއްގެ ގޮތުން ދަންނަވައިލީއެވެ.  

އަޅުގަނޑަކީ އަންހެނަކީމެވެ. ނަމާދުކުރަނީ ގޭގައެވެ. މިސްކިތާ ވަރަށް ކައިރީގައި ގެ ހުންނާތީ ނަމާދުގެ އަޑު ވަރަށް ސާފުކޮށް އިވެއެވެ. އިމާމް މީހާ ކިޔަވާލެއް ވަރަށް ރީތިކަމުން ފަހަތުން ވަރަށް ކުރާ ހިތްވެއެވެ. އަޅުގަނޑުގެ ސުވާލަކީ އެގޮތަށް އިމާމް މީހާގެ ފަހަތުން ނަމާދުކުރެވޭނެތޯ؟  

މިސުވާލު މިކުރަނީ އެގޮތަށް ކުރާނަމަ ވަޤުތައް ތައްޔާރުވެ ކުރިއާލައި ނަމާދަށް ތައްޔާރުވެ ހުރެވޭތީ އާއިވެސް އެކުގައެވެ.  

ކިޔުންތެރިޔާގެ ސުވާލަކީ ކޮވިޑް ބަހަނާއަކަށް ދައްކައިގެން މިސްކިތްތައް ބަންދުނުނުކުރާ ދުވަސްވަރު ކަރަންޓީނުގައި ގޭގައި ތިބެންޖެހުމުން ބައެއް ފިރިހެނުންވެސް ކުރަމުން އައި ސުވާލެކެވެ. މިސްކިތުގައި ނަމާދުކުރާއިރު އަޑުއިވޭތީ އެ ނަމާދު ގޭގައި ކުރުމަކީ އެދެވިގެންވާ ކަމެއްތޯ؟ އައީ ސުވާލުކުރަމުންނެވެ.  

ސުވާލުކުރި ފަރާތަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވި ޖަވާބަކީ ތިމަންނާ ނަމާދު މިކުރަނީ ޖަމާޢަތުގައި ކަމަށް ހިތަށް ނާރުވައި އިމާމް މީހާގެ އަޑު ރަނގަޅަށް އިވޭނަމަ ފަހަތުން އަންހެނަކު ގޭގައި ނަމާދުކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމާދު ޞައްޙަވާނެ ކަމަށެވެ.  

ތިރީގައި އެވަނީ އެސުވާލަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އެއިރު ދެއްވާފައިވާ ޖަވާބެވެ. ޙުކުމް ބަޔާންކުރައްވާފައި އެވަނީ އެއްގޮތަކަށެވެ.  

ޖަވާބު: އާދެ! މިސްކިތުގައި ނަމާދު ކުރާ އިރުގައި މިސް ކިތުގައި ނަމާދު ކުރާއަޑު އަޅުގަނޑުމެންގެ ގެއަށް އިވުނުކަމުގައި ވީނަމަވެސް އަޅުގަނޑު މެންނަށް ގޭގައި ތިބެގެން ނަމާދު ކުރާކަމުގައި ވަނީނަމަ އެ ޖަމާޢަތުގައި ނަމާދު ކުރިކަމަކަށް ނުވާނެ! އެސަބަބަކީ ޖަމާޢަތުގައި ނަމާދު ކުރެވޭނީ ސަފުތައް ގުޅިގެން އައިސްގެން. އެ ސަފުތައް ވަރަށް ބޮޑަށް މެދުކެނޑިފައި އޮންނާނީ މިސްކިތުގައި ކުރާނަމާދެއްގައި ޖަމާޢަތުގައި ގޭގައި ތިބެގެން ބައިވެރިވާކަމަށް ވަނީނަމަ ވަރަށް ބޮޑަށް މެދުކެނޑުމެއް އޭރަށް އަންނާނެ. 

އެހެންވީމާ އެއީކީ ޖަމާޢަތުގައި ކުރިކަމަކަށް ނުވާނެ. އެހެންނަމަވެސް އޭނާގެ ނަމާދު މިސާލަކަށް އޭނައަށް ފަސޭހައީ އިމާމެއްގެ ފަހަތުގައި ކުރަންކަމަށް ވާތީވެ އިމާމާއެކުގައި އޭނާ ނަމާދު ކުރީމައި  އޭނާ ނަމާދު ކުރިކަމަށްވާނެ. انشاء الله ނަމާދު ޞައްޙަވެސް ވާނެ. އިރާދުކުރެއްވިއްޔާ.  އެކަމަކު އެއީ ޖަމާޢަތުގައި ކުރި ނަމާދެއްކަމުގައެއް ނުވެއް ބެލެވޭނެ.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން