ކުރުފޭޜާންކޮޅު ލައިގެން ނަމާދުކުރިޔަސް ޞައްޙަނުވާކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 28ސ
ކުރުފޭޜާންކޮޅު ލައިގެން ނަމާދުކުރިޔަސް ޞައްޙަނުވާކަން އެނގޭތަ؟

ބައެއް މީހުން ނަމާދުކުރަނީ ކުރު ޓީޝާޓް ފަދަ އެއްޗެތި ލައިގެންނެވެ. އެމީހުން ރުކޫއަށާ ސަޖިދައަށް ދިއުމުން ހެދުން ހިއްލި ބުރަކަށިން ބައެއް ކަޝްފްވެއެވެ.

އެހިސާބުން އެއޮތީ ނަމާދު ފޭލްވެފައެވެ. ބާޠިލްވެފައެވެ. ނަމާދުކުރާއިރު އަޢުރައަށް ރައްކައުތެރިވާންޖެހޭނެތީއެވެ. ބުރަކަށިން ބައެއް ކަމަށްވީނަމަވެސް ފޫޅުންތިރިއަކީ އަޢުރައެވެ. އެމީހަކަށް ޖެހޭނީ އެނަމާދު އަލުން ކުރާށެވެ!

- ޝައިޚް ޒަހީބް  

މިމައްސަލައަކީ ރާއްޖޭގެ މިސްކިތްތަކުންވެސް ފެންނަ ކަމެކެވެ. އެހެންކަމުން ސަމާލުކަންދޭން އެބަޖެހެއެވެ. ކުރާ ނަމާދު ޞައްޙަ ނުވެއްޖެނަމަ ނަމާދުކުރިކަމަށްނުވާނެތީއެވެ.

މިއަދު އޮންލައިން