ޢާއިޝަތު ރަފާޙް ޢަލީ
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘުކުރައްވާފައިވާ ހަދީޘެއްގެ މާނައިގައިވެއެވެ.
” لا تدخلوا الجنة حتى تؤمنوا، ولا تؤمنوا حتى تحابوا، أولا أدلكم على شيء إذا فعلتموه تحاببتم؟ أفشوا السلام بينكم “
މާނަ : "ތިބައިމީހުންގެެ ތެރެއިން އެއްވެސް މީހަކު އީމާން ނުވަނީސް ސުވަރުގެ ނުވަންނަހުއްޓެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަަކަށް ލޯބި ކޮށްފުމަށްދާންދެން އީމާންކަން ފުރިހަމަ ނުވާހުއްޓެވެ. އެކަމެއްކޮށްފިނަމަ ތިޔަބައިމީހުންގެ މެދުގައި ލޯބި އުފެދޭނޭ ކަމެއް ތިމަންކަލޭގެފާނު ބުނެދެންހެއްޔެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާމްކުރުން ފަތުރާށެވެ."
މިޙަދީޘްފުޅުން އެނގެން މިއޮތީ ސަލާމްކުރުން ގިނަކުރުމަކީ މީސްތަކުންގެ މެދުގައި ލޯބިއުފެދޭނެ ކަމެއްކަމެވެ. ގޭގެ އަހުލުވެރިންގެ މެދުގައޮި ލޯބިއުފެދިއްޖެނަމަ އެގެއެއްގައި ފިތުނަވެރިކަމަށް އޮންނާނީ ކޮންޖާގައެއް ހެއްޔެވެ؟ އެގެއެއްގައި އޮންނާނީ އުފާވެރިކަން ނޫންހެއްޔެވެ؟
އެހެން ހަދީޘެއްގެ މާނައިގައިވެއެވެ.
أَنَّ رَجُلاً سَأَلَ رَسُولَ اللهِ صلى الله عليه وسلم أَيُّ الإِسْلاَمِ خَيْرٌ قَالَ” تُطْعِمُ الطَّعَامَ وَتَقْرَأُ السَّلاَمَ عَلَى مَنْ عَرَفْتَ ، وَمَنْ لَمْ تَعْرِفْ
މާނަ : މީހަކު ރަސޫލުﷲ صلى الله عليه وسلم އާއި ސުވާލު ކުރެއްވިއެވެ. އިސްލާމުކަމުގެ އެންމެ ރިވެތި ޞިފައަކީ ކޮބައިތޯއެވެ؟ އެކަލޭގަފާނު ޙަދީޘް ކުރެއްވިއެވެ. ” ބޭނުންޖެހިފައިވާ މީހުންނަށް ކާއެތިކޮޅު ދިނުމެވެ. އަދި ތިބާ ދަންނަ މީހުންނަށާއި ނުދަންނަ މީހުންނަށް ސަލާމް ގޮވުމެވެ. “