ކައިވެނިކުރަންއުޅޭއިރު މިފަދަ ވަސްވާސްތައް ދޭނީ ޝައިޠޯނާގެ ބައިވެރިން! މިބުނެދެނީ އެމީހުންނާ ވަކިވުމުން ކުރާނެ ފައިދާ މާބޮޑުވާނެކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ކައިވެނިކުރަންއުޅޭއިރު މިފަދަ ވަސްވާސްތައް ދޭނީ ޝައިޠޯނާގެ ބައިވެރިން! މިބުނެދެނީ އެމީހުންނާ ވަކިވުމުން ކުރާނެ ފައިދާ މާބޮޑުވާނެކަން!

އޭނާއަކީ ޒިންމާދާރު ވަޒީފާއެއް އަދާކުރާ ޒުވާނެކެވެ. ރޭގަނޑު މަސައްކަތްކުރަނީ ފިހާރައެއްގައެވެ. ލޯބިވެރިޔާގެ އެކުވެރިންނަށް އެކަން އެނގުމުން ވަރަށް މަލާމާތްކުރެއެވެ. އެހައި ދަށް ފެންވަރުގެ މީހަކާއި ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއް ނުލިބޭނެކަން ލޯބިވެރިޔާއަށް ވިސްނައިދޭން މަސައްކަތްކުރެއެވެ.  

އެކަންކަން ބޮޑުވެ ކެތްނުކުރެވިގެން ލޯބިވެރިޔާ އޭނާގެ ގާތުގައި އެވާހަކަ ދެއްކުމުން ބުންޏެވެ. "އުންމީދުމިކުރަނީ މިއަހަރު ކައިވެނިކުރާށެވެ. މަންމަ ބަލިވެ އުޅޭތީ ކުރަންޖެހޭ ޚަރަދުތައް ބޮޑުވީމާ ވަޒީފާއިން ލިބޭ މުސާރައިން ބާކީއެއް ނުކުރެވެއެވެ. އަހުރެން މިކުރަނީ ޙަލާލު މަސައްކަތެވެ. އޮފީހުގައި ކުރާ މަސައްކަތުގެ ގޮތުން ރިޝްވަތުހިފާނަމަ ބައިވަރު ފައިސާ ހޯދޭނެއެވެ. އެކަމަކު އަހުރެން ބޭނުންވަނީ ޙަލާލު ފައިސާއެވެ. އަހުރެން ކަންތައް މިކުރާ ގޮތަށްވުރެ އެކުވެރިން ދައްކާ ވާހަކަ ކަމުދާނަމަ ދެމީހުން ވަކިވަމާ ހިނގާށެވެ! ރަނގަޅަށް ވިސްނާފައި ގޮތެއް ނިންމާށެވެ!"  

ލޯބިވެރިޔާ ނިންމީ ފިރިމީހާ ކަންތައް އެކުރަނީ އެންމެ ރަނގަޅަށް ކަމަށެވެ. އެހެންވެ އޭނާއަށް ނުބައި ވަސްވާސްތައްދެމުން އައި އެކުވެރިންނާއި އޭނާ ވަކިވިއެވެ. ދެމީހުން ރާވާފައި އޮތްގޮތަށް ކައިވެނިކުރިއެވެ.  

ދެން ބުނެލަން އޮތީ އެއަންހެންމީހާއަށް އެނަޞޭޙަތްދިން 3 އެކުވެރިންގެ ކައިވެނިވެސް ރޫޅުނެވެ. އެކަމަކު އެދމަފިރިން ދިރިއުޅެމުން އަންނަނީ ވަރަށް ލޯބިން އުފަލުގައެވެ. ފިރިމީހާއަށް މިހާރުވަނީ ވަޒީފާގެ ކުރިއެރުން ލިބި މުސާރަބޮޑުވެފައެވެ. އިތުރު ގަޑީގައި މަސައްކަތްކުރާކަށްވެސް ނުޖެހެއެވެ. ރޭގަނޑުގެ ވަޤުތުތައް ހޭދަކުރަނީ ދެމީހުން އެކުގައެވެ.

އަހުރެން މިކިޔައިދިން ވާހަކަކޮޅުން ޢިބްރަތް ޙާޞިލުކުރާށެވެ! ފައިސާ ހޯދަން މަސައްކަތްކުރަން އޮތީ ޙަލާލުގޮތުގައެވެ. ޙަލާލު ގޮތުގައި އެކުގައި އުޅެމުން ޙަލާލު ގޮތުގައި ފައިސާ ހޯދައިގެން ދިރިއުޅެން މަސައްކަތްކުރާނަމަ ދިރިއުޅުމުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ. ވީމާ މިވާހަކަކޮޅުގައި މިބުނި ފަދަ ވަސްވާސްތައް ދޭ އެކުވެރިންނަށް ނުވެސް ވިސްނާށެވެ. އެފަދަ މީހުންނާ ގުޅުންވެސް ނުބާއްވާށެވެ. އެއީ ޝައިޠޯނާގެ ބައިވެރިންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން