ބޭވަފާތެރިވީމާވެސް ބައިވެރިޔާ މާފުނުކުރީމާ ކަންބޮޑުވާއިރު ބައިވެރިޔާ ބޭވަފާތެރިވީމާ ތިބާ ބައިވެރިޔާއަށް މާފުކުރާނީ ކިތައްފަހަރުކަން ނިކަން ބުނެބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ބޭވަފާތެރިވީމާވެސް ބައިވެރިޔާ މާފުނުކުރީމާ ކަންބޮޑުވާއިރު ބައިވެރިޔާ ބޭވަފާތެރިވީމާ ތިބާ ބައިވެރިޔާއަށް މާފުކުރާނީ ކިތައްފަހަރުކަން ނިކަން ބުނެބަލަ!

އަހުރެން މިފާހަގަކުރަނީ ގިނަ ބައެއްގެ މެދުގައި އޮންނަ މައްސަލައެކެވެ. ތިމާއަށް ބައިވެރިޔާ މާފުނުކުރީމާ ކަންބޮޑުވެއެވެ. ކައިވެނި ރޫޅާލާނެކަމަށްބުނެފިނަމަ ރުޅިއައިސް އަނެކާ ކުށްވެރިވެސް ކުށްވެރިކުރެއެވެ.  

އެހެންވެ އަހުރެން މިކުރަނީ ސުވާލެކެވެ! ބައިވެރިޔާ ކުށްކުރުމުން އޭނާއަށް މާފުކުރާނީ ކިތައް ފަހަރު ހެއްޔެވެ؟ ޚާއްޞަކޮށް ބޭވަފާތެރިވުމުގެ މައްސަލަތަކުގައެވެ.  

ލޮބުވެތި އެކުވެރިންނޭވެ! ދިރިއުޅުމުގައި މާފުކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ހުންނާނެއެވެ. އެކަން ކަނޑައަޅާނީ އެދެމަފިރިއެކެވެ. އެކަންކަން ކަނޑައެޅުމަށްފަހު ދެމީހުންވެސް ޢަމަލުކުރަންވާނެއެވެ.  

މިޘާލަކަށް އަހުރެންވީމާ ކިތަންމެ ގިނައިން ކިތަންމެ ބޮޑުކުށެއް ކުރިނަމަވެސް މާފުލިބެންޖެހޭނެ ކަމަށް ހީނުކުރާށެވެ! އެގޮތަށް ނުވިސްނާށެވެ. ހިތަށް އަސަރުކުރުމުގައި ދެމީހުންވެސް ވާނީ އެއްވަރެވެ. އެކަން ދެމީހުންވެސް ޤަބޫލުކުރަންވާނެއެވެ.  

އެއްވެސް ޝައްކެއް ނެތެވެ. މާފުކުރުމަކީ އެންމެ ފައިދާހުރި ގޮތެވެ. އެކަމަކު އިންސާނުން ކަމަށްވުމުން އިންތަކަކާއި ޙައްދުތަކެއް ހުންނާނެކަން ޤަބޫލުކުރާށެވެ. ދެމީހުންވެސް ތެދުވެރިވާށެވެ. ތެދުވެރިނުވެވޭނަމަ އެކަމަށް ޙައްޤު އަދަބާއި ކުރިމަތިލާން ނުޖެހިއެއް ނުދާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން