ރަނގަޅު ނިމުމެއް ދެއްވަވައި ތިމާގެ ފުރާނަ ހިއްޕެވުމަށް އެދެން އޮތްގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ރަނގަޅު ނިމުމެއް ދެއްވަވައި ތިމާގެ ފުރާނަ ހިއްޕެވުމަށް އެދެން އޮތްގޮތް-

ދާންބޭނުންވާ ދަތުރަށް ނުފުރިދާނެތީ އެންމެންވެސް ކަންބޮޑުވެއެވެ. އެކަމަކު ދުނިޔޭގެ ޙަޔާތް ނިންމައި ދެން ފަށަން އޮތް ނިމުމެއް ނުވާ ދަތުރާއިމެދު ވިސްނަނީ ވަރަށް މަދުމީހެކެވެ. އެކަމަކު ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ވިސްނަން އޮތީ އެދަތުރާއިމެދުގައެވެ.  

ގިނަ ބައަކު ދުޢާކުރަނީ ކޮންމެވެސް މުޞީބާތެއް ކުރިމަތިކުރެއްވެވުމުން އެކަމަކުން ސަލާމަވުމަށެވެ. ކޮންމެ ވަޤުތަކުވެސް މަރުވާންޖެހިދާނެކަމަށް ބަލައި ހެޔޮލަފާ އަޅެއްގެ ގޮތުގައި ފުރާނަ ހިއްޕަވާތޯ ދުޢާކުރަނީ މަދު މީހެކެވެ. އެއީ މަރުވުމާއިމެދު ޣާފިލުވެގެން ތިބެވޭތީއެވެ.

ޔާ ﷲ! މިއަޅާގެ މަރު ހިއްޕަވާތަނަކީ މަދީނާ ކަމުގައި ލައްވަވާނދޭވެ! ކޮންމެ ތަނެއްގައި މިއަޅާގެ މަރު ހިއްޕެވި ނަމަވެސް ރަސޫލް ﷺ ގެ ޝަފާޢަތް މިއަޅާއަށް މިންވަރު ކުރައްވަވާނދޭވެ! އާމީން. 

(ރޮނގު ފިލުވައިލާ) 

މިފަދައިން ބައެއް މީހުން ދުޢާކުރަނީ މަދީނާގައި މަރުވާ މީހުންނަށް ޤިޔާމަތް ދުވަހު ރަސޫލް (ﷺ) ޝަފާޢަތްތެރިވެވަޑައިގަންނަވާނެ ކަމަށް ޙަދީޘްފުޅުގައި އޮތުމުންނެވެ. 

It was narrated that Ibn ‘Umar (may Allah be pleased with him) said: The Messenger of Allah (blessings and peace of Allah be upon him) said: “Whoever can manage to die in Madinah, let him die there, for I will intercede for whoever dies there.”

Narrated by al-Tirmidhi, no. 3917. He said: (|It is) hasan saheeh ghareeb. It was classed as saheeh by al-Nasaa’i in al-Sunan al-Kubra, 1/602; by Ibn ‘Abd al-Haadi in al-Saarim al-Makki, p. 96; and by Shaykh al-Albaani in al-Silsilah al-Saheehah, 4/1034  

ޝަހީދެއްގެ ދަރޖަ ދެއްވެވުމަށާއި މަދީނާގައި ފުރާނަ ހިއްޕެވުން އެދިވަޑައިގެން ޢުމަރުގެފާނު ދުޢާ ކުރެއްވެވިއެވެ.

was narrated that ‘Umar (may Allah be pleased with him) said: 

“O Allah, grant me martyrdom for Your sake and make my death in the land of Your Messenger (blessings and peace of Allah be upon him).” 

Narrated by al-Bukhaari, no. 1890 

ވަކި ބިމެއްގައި މަރުހިއްޕެވުން އެދި ދުޢާ ނުކުރި ނަމަވެސް މުއުމިނެއްގެ ގޮތުގައި މަރު ހިއްޕެވުން އެދި ދުޢާކުރަންވާނެއެވެ.  

"އެކަމަށް އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް ވަޞިއްޔަތް ކުރެއްވެވިއެވެ. އަދި ޔަޢްޤޫބްގެފާނުވެސް މެއެވެ. އޭ އަހުރެންގެ ދަރިންނޭވެ! ހަމަކަށަވަރުން، ﷲ ތިއަބައިމީހުންނަށްޓަކައި ދީން ހޮއްވަވައި ޚިޔާރު ކުރައްވަވައިފިއެވެ. ފަހެ، (އެކަލާނގެއަށް) ކިޔަމަންވެތިބޭ ޙާލުގައި މެނުވީ، ތިއަބައިމީހުން މަރުނުވާށެވެ!" (ބަޤަރާ: 132)

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން