ބައިވެރިޔާއަށް ބޭވަފާތެރިވުމަކީ އެކަމަށް އަގުދައްކަންޖެހޭނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ބައިވެރިޔާއަށް ބޭވަފާތެރިވުމަކީ އެކަމަށް އަގުދައްކަންޖެހޭނެ ކަމެއް!

ބައެއް މީހުން ދެކެނީ ބައިވެރިޔާއަށް ބޭވަފާތެރިވުމަކީ އެމީޙެއްގެ އިޚްތިޔާރުގައި އޮންނަ ކަމެއް ކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ އެއީއެއް ނޫނެވެ. އެއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެކަމަށް އަގުދައްކަންޖެހޭނެއެވެ. އަގުދޭން ބޭނުން ނުވިޔަސް އަތުލެވޭނެއެވެ. މީގެމާނައަކީ ފައިށާއިން އަގުނެގުމުގެ ވާހަކައެއް ނޫނެވެ. އެކަމަށް ޙައްޤު މުޞީބާތްތައް އެމީހަކާއި އަރާހަަމކުރާނެ ކަމެވެ.  

ވިސްނާށެވެ! ކައިވެނިކުރުމަށްފަހު ފިރިމީހާ ބޭނުންވާ ގެއެއްގައި ދިރިއުޅެން އަނބިމީހާއަށް ޖެހެއެވެ. ފިރިމިހާގެ އަމިއްލަ ގޭގައެވެ. ނުވަތަ ފިރިމީހާގެ ޢާއިލާއާއިއެކުގައެވެ. މިޙާލަތުގައި އޭނާ "ރާނީއެއްފަދައިން" ދިރިއުޅެމުން އައި ގެއިން ނުކުމެގެން އެއަންނަނީ ހުރިހާ ގޮތަކުންވެސް އޭނާއަށް ރައްކައުތެރިކަމާއި އަޅައިލުން ފިރިމީހާދޭނެކަން ޔަޤީންކޮށްގެންނެވެ. ސުވާލަކީ އަނބިމީހާގެ އެވިސްނުމަށް އަހުރެމެންނަށް އިޙްތިރާމްކުރެވޭ ހެއްޔެވެ؟

ހަމައެފަދައިން އަނބިމީހާ އާއިއެކު ފިރިމީހާ ދިރިއުޅެން ފަށަނީ ވަރަށް ގިނަ އުންމީދުތަކަކާއިއެކުގައެވެ. ޚަރަދުކޮށް ބަލަހައްޓަނީ ވަރަށް ބޮޑު ޔަޤީންކަމަކާއިއެކުގައެވެ. ސުވާލަކީ ފިރިމީހާގެ އެއުންމީދުތަކަށް އިޙްތިރާމް ކުރެވޭ ހެއްޔެވެ؟  

ފިރިންނަށްވެސް އަދި އަނބިންނަށްވެސް ބުނެލަން ބޭނުންވަނީ ދިރިއުޅުމާއިގެން ކުރިއަށްދާން ބޭނުންނުވާނަމަ ރިވެތިގޮތުގައި ވަކިވާށެވެ. ކައިވެނިމަތީގައި ތިބެ އަނެކާއަށް ބޭވަފާތެރިނުވާށެވެ. އެއީ ކުރެވޭ ކުށެކެވެ. އެކުށަށް ލިބެންޖެހޭ ޙައްޤު އަދަބު ނުލިބިއެއް ނުދާނެއެވެ. ނުއެނގެނީ އެކަން އައިސް ތިމާއާއި ބައްދަލުކުރާނެ ވަޤުތަކާއި ބައްދަލުކުރާނެ ގޮތެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން