ހިތް ދުރުގައި ބާއްވާފައި ހަށިގަނޑުން ނަމާދުކުރާ ބައަކު އުޅޭކަމާއި އެމީހުންނަށް ޙާޞިލުކުރެވޭނީ ނަމާދުން ވަރަށް ކުޑަކުޑަމިންވަރެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އެހެންކަމުން ނަމާދުގައި ކުރެވޭ ބައެއް ކުށްތައް ފާހަގަކޮށްލާނަމެވެ.
1 ދުނިޔޭގެ ކަންކަމަށް އަވަސްވެގަންނަންވެގެން އަވަސްއަވަހަށް ނަމާދު ނުންމާލުން
2 ހިތުގެ ސަމާލުކަން ނަމާދަށް ނެތުން (ދުނިޔަވީ ކަންކަމަށް ވިސްނަމުން ނަމާދުކުރުން)
3 ޚުޝޫޢަތްތެރިވާން މަސައްކަތްނުކުރުން
4 ސަމާލުކަން ކުޑަކޮށްގެން ނަމާދުކުރުން
5 ދެއްކުންތެރިކަމާއެކު ނަމާދުކުރުން (މިއީ ނަމާދު ޤަބޫލުފުޅު ނުކުރައްވަވާނެ ސަބަބެއް)
6 ޚުޝޫޢަތްތެރިކަމާއެކު ނަމާދުކުރަން ނިޔަތްގަނެ އެކަމަށް މަސައްކަތް ނުކުރުން
7 ނަމާދުގަ ގުނަވަންތައް ބެހެއްޓޭ ގޮތް (ސަޖިދައިގަ 7 ގުނަވަން ހަމައަށް ނުޖެއްސުމާ ރުކޫޢާ ސުޖޫދުގަ މައިބަދަ ސީދާ ނުކުރުން ފަދަ ކަންކަން)
ޔާ ﷲ! އަޅަމެންނަކީ ނަމާދު ފުރިހަމަ ގޮތުގައި ކުރާ ބައަކު ކަމުގައި ލައްވަވާނދޭވެ! ނަމާދުގައި ކުރެވޭ ކުށްތަކަށް ޢަފޫކޮށްދެއްވަވާނދޭވެ! އެންމެ ފުރިހަމަ ގޮތުގައި ނަމާދުކުރުމުގެ ތައުފީޤް ދެއްވަވާނދޭވެ! އާމީން
- މުފްތީ މެންކުގެ ދަރުސަކުން