ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.
وَمِنْ آيَاتِهِ يُرِيكُمُ الْبَرْقَ خَوْفًا وَطَمَعًا وَيُنَزِّلُ مِنَ السَّمَاءِ مَاءً فَيُحْيِي بِهِ الْأَرْضَ بَعْدَ مَوْتِهَا ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَعْقِلُونَ ﴿٢٤﴾
މާނައީ: އަދި ތިޔަބައިމީހުންނަށް ބިރުދެއްކެވުމުގެ ގޮތުންނާއި (ވާރެއާމެދު) އެދުންވެރި ކުރެއްވުމުގެ ގޮތުން، ވިދުވަރު ތިޔަބައިމީހުންނަށް ދެއްކެވުމާއި، ބިންގަނޑު މަރުވުމަށްފަހު އުޑުން ފެން ވެއްސަވައި، އެ ފެނުގެ ސަބަބުން އެ ބިން އަލުން ދިރުއްވާކަން ވަނީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންނެވެ. ހަމަކަށަވަރުން، ވިސްނާބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ. (ރޫމް: 24)
ސައިންސްގެ ހޯދުންތަކުން ކަންކަން އެނގިދާނެއެވެ. ނަމަވެސް އެއްވެސް އިންސާނަކަށް ވިދުވަރެއް ނުގެނެވޭނެއެވެ. ވިދުވަރު އަންނަނީ މަތިން ތިރިއަށެވެ. އިންސާނުންނަށް މަތިން ތިރިއަށް އަލިކަމެއް ވިޔަސް ފޮނުވޭނީ ތިރިން އެއްޗެއް ފޮނުވައިގެންނެވެ. ހަމަ ތިބެފައި މަތިން ތިރިއަކަށް އަލިކަމެއް ނުފޮނުވޭނެއެވެ. އަދި ތިރިން މައްޗަށްވެސް ފޮނުވޭނީ އެއްޗެއް ބޭނުންކޮށްގެންނެވެ.
އެހެނަސް ﷲ ތަޢާލާ އިރާދަކުރެއްވެވުމުން ވިދައެވެ. ގުގުރައެވެ. ވާރޭވެސް ވެހެއެވެ. ވިދުވަރާއިއެކު ހޮނުވެސް އަޅައެވެ. އެއިން އެއްވެސް ކަމަކަށް އެއްވެސް އެއްޗެއް ފޮނުއްވަވާކަށް ޖެހިވޮޑިގެނެއް ނުވެއެވެ.
މިހުރީ ވިސްނައި ފިކުރިކުރާ މީހަކަށް ފެންނަނަހުރި ހެކިތަކެވެ. ﷲ ތަޢާލާގެ މަތިވެރިވަންތަކަމާއި ކުޅަދުންވަންތަކަމުގެ ހެކިތަކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން