ފުރިހަމައަށް އީމާންވުމާ ބައަކަށް އީމާންވުން- ސަމާލުވާންޖެހިފައި އޮތް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ފުރިހަމައަށް އީމާންވުމާ ބައަކަށް އީމާންވުން- ސަމާލުވާންޖެހިފައި އޮތް ކަމެއް!

ބައެއް މީހުން ނަމާދުކުރެއެވެ. ނަމާދުން ފައިބައި ކުރަނީ ފާފަވެރިވާނެ ޢަމަލުތަކެވެ. ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި އެހެންކަމަށްވާނަމަ އޭނާގެ އީމާންކަމާއިމެދު ސުވާލުތައް އުފެދޭނެއެވެ. ވީމާ މިއީ ވިސްނާލަންޖެހިފައި އޮތް ކަމަކަށްވާތީ މިގެނެސްދެނީ ފައިދާކުރާނެ ލިޔުމެކެވެ.   

ފޮތުގެ އެއްބައަށް އީމާންވެ އަނެއްބައަށް ކާފަރުވުމަކީ ކޮބައިތޯ؟  

އާދެ! ފޮތުގެ އެއްބަޔަށް އީމާންވެފައި އަނެއްބައަށް ކާފަރުވުމޭ ބުނާބަހުގެ މާނައަކީ މިސާލަކަށް ބުނާކަމަށްވަނީނަމަ އަޅުގަނޑުމެން ކައިވެނި ކުރަނީ. ކައިވެނި ކުރާއިރުގައި އަޅުގަނޑުމެން ކައިވެނީގެ ޢަޤްދުކުރުން ނުވަތަ ކައިވެނި ކުރުން މި ބާއްވަނީ އިސްލާމީ ޝަރީޢަތާ އެއްގޮތަށް.  

އެއީ ދެހެކިންގެ ހެކިން ތިބެފައި ވަލީވެރިޔާގެ ވަލީލިބިގެން އިސްލާމީ ޝަރީޢަތުގެ ހަމަތައާ އެކީގައި ޤުރުއާނާއި ސުންނަތުގެ އަލީގައި ކައިވެނި ކުރަނީ . އެކަމަކު ކައިވެނިކޮށް ނިންމިގެން ކައިވެނީގެ ޕާޓީ ބާއްވަން މިޖެހެނީ އަދި ކައިވެނީގެ ވެޑިން ޑްރެސް ތައްޔާރުކޮށްފައި މިހުންނަނީ އިސްލާމް ދީނުގެ ގިއުގަނޑާ ޚިލާފަށް.  

އެހެންވެއްޖެ ކަމަށްވަނީނަމަ ބުނެވިދާނެ އޭނާ ކައިވެނި ކުރުމުގެ ކަންތައްތައް އޭނާ ކުރަނީ އިސްލާމްދީނާ އެއްގޮތަށޭ. ވެޑިންގ ޕާޓީ ބާއްވަންވީމައި އިސްލާމް ދީނާ ޚިލާފަށޭ. އެހެންވެއްޖެއްޔާ އެއީ ފޮތުގެ އެއްބައަށް އީމާންވެފައި އަނެއްބައަށް ކާފަރުވުންފަދަކަމެއް. އެގޮތަށް ކުރެވޭކަންތައްތަކަށް މިކިޔަނީ ފޮތުގެއެއްބައަށް އީމާންވެފައި އަނެއްބައަށް ކާފަރުވުމޭ.

 

- ޑރ. މުޙައްމަދު އިޔާޟް ޢބްދުއްލަޠީފް

މިއަދު އޮންލައިން