ގިނަބައަކު އިހްމާލުވެ ފަރުވާކުޑަކުރާ ދެކަމެއް! އެކަމަކު ކައްވަޅުން ފެށިގެން ޢަޛާބު ދެއްވަވާ ދެކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 50ސ
ގިނަބައަކު އިހްމާލުވެ ފަރުވާކުޑަކުރާ ދެކަމެއް! އެކަމަކު ކައްވަޅުން ފެށިގެން ޢަޛާބު ދެއްވަވާ ދެކަމެއް!

މިލިޔުމުގައިވާ ޙަދީޘްފުޅަށް ވިސްނަވައިލައްވާށެވެ! ދެން ތިމާޢަށް މިހުރެވެނީ ކޮން ޙާލެއްގައިކަމާއިމެދު ވިސްނަވައިލައްވާށެވެ!  

ޒަމާނަށް އައިސްފައިވާ ކުރިއެރުމާއިއެކު ކުޑަކަމުދިއުމާއި ކުޑަކަމުދިއުމަށްފަހު ތާހިރުވުމަކީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެއް ނަމަވެސް ބައެއް މީހުން އެކަމުގައި ފަރުވާކުޑަކުރެއެވެ. ކޮޅަށް ހުރެ ކުޑަކަމުދިއުމަށްފަހު ރަނގަޅަށް ތާހިރުނުވާ މީހުން އެބަ އުޅެއެވެ. ގަޔަށްބުރާ ގޮތަށް ކުޑަކަމުދާ މީހުން އެބަ އުޅެއެވެ.  

އެމީހުންނަށް ހީވަނީ އެކަންކަމަށް ފަރުވާކުޑަކުރުމަށްފަހު އެންޓިސެޕްޓިކް ލައިގެން އަތްދޮވެލުމުން ހުރިހާ ކަމެއް ނިމުނީކަމަށެވެ. ނަމަވެސް އެއީ ކިތަންމެ ވަރަކަށް އަތްދޮވުނަސް ނިމެން އޮތް ކަމެއް ނޫނެވެ.  

ހަމަ އެއާއިއެކު ޔޯލަކޮށްގެން މީހުންގެ ވާހަކަތައް ފެތުރުމާއި ނެތިމޮށުމަކީ އެއްވެސް ބިރެއް ނެތި ގިނަ ބައަކު ކުރާ ކަންކަމެވެ. ނަމަވެސް މިދެ ކަމަކީވެސް ކައްވަޅުގައި ޢަޛާބް ދެއްވަވާނެ ކަންކަމެވެ.  

It was narrated that Abu Hurairah said:

"The Messenger of Allah said: 'Most of the torment of the grave is because of urine.'" 

It was narrated that Ibn ‘Abbaas said: The Messenger of Allaah (peace and blessings of Allaah be upon him) passed by two graves and said, 

“They are being punished, but they are not being punished for something that was difficult to avoid. One of them used to walk about spreading nameemah (malicious gossip) and the other used not to take care to avoid getting urine on himself.”

Narrated by al-Bukhaari (218) and Muslim (292).  

ކުޑަކަމުދާ ތަކެތިން ސަލާމަތް ވުން:  

ލޮބުވެތި އަޚުންނާއި އުޚްތުން އަޅުގަނޑުމެން ވިސްނާލަން ޖެހޭ، މިއަދު އަޅުގަނޑުމެންގެ ތެރެއިން ކިތައް އަޚުންނާއި އުޚްތުންތޯ؟ ކުޑަކަމުގަދާ ދިއުމުގާ އެ ކުޑަގިފިލީގެ ތިކިތަކުން ސަލާމަތް ވުމަށްޓަކައި މަސައްކަތް ކުރަނީ، އިޙްޞާސެއް ކުރެއްވޭތޯ އަޅުގަނޑުމެނަށް؟ ރަސޫލު ﷲ ﷺ  އުއްމަތަށް އިރުޝާދު ދެއްވާ ޙަދީޘް ކުރައްވަނީ " إسْتَنْزِهُوا مِن الْبَوْلِ فَإِنَّ عَامَّةً عَذَابَ الْقَبْرِ مِنْه" أوْكَمَا قَالَ لِى عَلَيْهِ الصّلاة وَالسّلاّم ތިޔަބައިމީހުން ކުޑަގިފިލި ދާއިރު ކުޑަގިފިލީގެ ތިކިތަކުން ސަލާމަތްވާށޭ! ސަބަބަކީ ޢާއްމު ގޮތެއްގާ ޢަޛާބު ލިބުމަށްޓަކައި ސަބަބެއް ކަމުގައި އެކަންވޭ.  

އަޅުގަނޑުމެންނަށް އެބައެގޭތޯ؟ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު މިދަޢުވާ ކުރަނީ ތިމަންނަ ޔަށް ދީން އެނގޭ، ތިމަންނަ އަކީ މުސްލިމަކީމޭ،  ތިމަންނަ އުޅެނީ ދީންމަތީގައޭ، ތިމަންނަ ލޯބި ކުރަމޭ ރަސޫލުﷲ ﷺ ގެ ސުންނަތަށް، ނަމަވެސް އަޅުގަނޑުމެންގެ ޙާލަތަކީ މިކަމަށް އަޅުގަނޑުމެންނަށް ސަމާލުކަމެއް ނުދެވުން. އެޖެހުނު ތަނެއްގާ އެދިމާވި ގޮތަކަށް އަޅުގަނޑުމެން އެކަން ކޮށްލަނީ އަޅުގަނޑުމެންނަކަށް އިޙްސާސެއް ނުކުރެވޭ އޭގެ ތިކިތަކެއް އަޅުގަނޑުމެންގެ ހެދުންތަކަށް އަރައިފިނަމަ (އަތުވެއްޖެ ނަމަ) އަޅުގަނޑުމެންނަށް  އެކަމުގެ ސަބަބުން ޢަޛާބު ލިބޭކަން، އާދެ! މީ ކަށްވަޅުގެ ޢަޛާބު ލިބޭ އެއްސަބަބެއް ކަމުގައި ރަސޫލުﷲ ﷺ ޙަދީޘް ކުރައްވާފައިވާ އެއް ސަބަބު.

އަޅުގަނޑުމެން މިއަދުންފެށިގެން ވިސްނާ ފިކުރުކުރަން އެބަޖެހޭ ކުޑަގިފިލި ކުރާއިރު އެކުޑަގިފިލީގެ ތިކިތަކުން ސަލާމަތްވާން ވަރަށް ބޮޑުނުރައްކަލެއް. މިއަދު ދުނިޔޭގެ ތަރައްޤީ ވެގެން ގޮސްފާ، މިއަދުގެ އަޅުގަނޑުމެން ފާޚާނާ ކުރާ ތަންތަން މިވަނީ ވަރަށް ޒަމާނީ ގޮތަށް ތަރައްޤީ ކުރެވިފާ ބައެއް ތަންތަނުގާ ކޮއްޅައް ހުރެގެން އަނެއްބައި ތަންތަނުގާ އުސް އަށިގަނޑުތައް އަނެއްބައި ތަންތަނުގާ ތިރި ތަށިތައް ބެހެއްޓިފާވަނީ އަޅުގަނޑުމެން ގަޔަށް ބާރު ހެދުންތަކެއް ލައިގެން ތިބެ ގޮސް ވަދެ އެތަންތަނަށް ޤަޟާޙާޖާ ކުރާއިރު އަޅުގަނޑުމެންގެ ތެރެއިން ކިތައް މުސްލިމް އަޚުންނާ އުޚްތުންތޯ ވިސްނަނީ ތިމަންނަގެ މިގާލަތުން ތިމަންނަޔަށް މާދަމާ ކަށްވަޅުގައި ޢަޛާބު ލިބިދާނެ ކަމަށް.  

އެހެންވީމާ ލޮބްވެތި އަޚުންނާއި އުޚްތުން ވަރަށްބޮޑަށްއަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ ކަމެއް މަރުވުމަށްފަހުގާ އޮތް ޙާލަތު ފުރަތަމަ ޙާލަތުގާ އަޅުގަނޑުމެންނަށް ޢަޛާބު ލިބޭކަން،

 

- ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންގެ ދަރުސަކުން

 

 

މިއަދު އޮންލައިން