ރަމަޟާންމަހުގެ ރޯދައާ ހަރޯދަހިފައި އަދި ހަފްތާގެ 2 ދުވަހު ރޯދަހިފާނަމަ އިން ޝާ ﷲ އެމީހަކު ނަރަކައާ ދުރަށް ގެންދަވާނެވަރު އެނގޭތަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ރަމަޟާންމަހުގެ ރޯދައާ ހަރޯދަހިފައި އަދި ހަފްތާގެ 2 ދުވަހު ރޯދަހިފާނަމަ އިން ޝާ ﷲ އެމީހަކު ނަރަކައާ ދުރަށް ގެންދަވާނެވަރު އެނގޭތަ!

ފުރިހަމަ ގޮތުގައި ރަމަޟާން މަހު ރޯދަ ހިފުނު ނަމަ އަދި ރަމަޟާންމަހަކީ 30 ރޯދަ ހިފުމުގެ ފުރުޞަތު ލިބޭ މަހަކަށް ވެއްޖެނަމަ އެދެވެނީ ނަރަކައާއި 2100 އަހަރު ދުރަށެވެ. ހަރޯދަ ހިފުމުން އެދެވެނ އިތުރު 420 މޭލުދުރަށެވެ. ހިފާ ކޮންމެ ރޯދައަކަށް ނަރަކައާއި 70 މޭލުގެ ރާސްތާއަށް ދުރުކުރައްވަވާނެތީއެވެ.  

ދެން އޮތީ ހޯމަ ދުވަހާއި ބުރާސްފަތިދުވަހު ރޯދަހިފުމެވެ. އެއީ މަހަކު 8 ރޯދައެވެ. އެކަމުގެ ސަބަބުންވެސް ކޮންމެ މަހަކު 560 މޭލަށް ދުރުކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ. މިދެއްކެނީ ކުޑަމެއްގެ ވާހަކައެއް ނޫނެވެ. ވީމާ ރޯދަ ހިފުމަކީ ޘަޤާފީ ކަމަކަށް ނުހަދައި ހިފާ ރޯދައަށް ފަރުވާތެރިވާށެވެ!  

ކޮންމެ ރޯދައެއްގެ ސަބަބުން ތިބާގެ ނަރަކަ އާއި 70 އަހަރުގެ ރާސްތާއަށް ދުރުކުރައްވަވާނެތެވެ! އިން ޝާ ﷲ  

"ﷲގެ ވަޖުހަފުޅަށްޓަކައި ރޯދައެއް ހިފައިފި މީހާ ދަންނާށެވެ! އޭނާގެ މޫނު ނަރަކައިން 70 އަހަރުގެ ރާސްތާއަށް ދުރުކުރައްވަވާނެތެވެ." ޞަހީޙް ބުޚާރީ ވލިޔުމް 4، 2840  

ވީމާ ރަމަޟާން މަހުގެ ރޯދަ ފުރިހަމަ ގޮތުގައި ހިފައިފި ނަމަ އެމީހެއްގެ މޫނު 2100 އަހަރުގެ ރާސްތާއަށް ދުރުކުރައްވަވާނެކަން މި ޙަދީޘްފުޅުން އެނގިގެންދެއެވެ. ވީމާ ރޯދަ ހިފުމަކީ ހަމައެކަނި ނުކައި ނުބޮއި ހުރުމުން ކުރެވޭ ކަމެއް ނޫން ކަމަށް ބަލައި ރޯދަ ހިފަން އަންގަވާފައިވާ ފުރިހަމަ ގޮތުގައި ރޯދަ ހިފަމުން ގެންދާށެވެ.  

Hadith on Fasting: A Muslim who fasts will be distant from Hellfire

Abu Sa’id al-Khudri reported: The Messenger of Allah, peace and blessings be upon him, said,  

“Whoever fasts a day in the way of Allah, Allah will move his face away from the Hellfire by a distance of seventy years.”

Source: Ṣaḥīḥ al-Bukhārī 2685, Ṣaḥīḥ Muslim 1153

Grade: Muttafaqun Alayhi (authenticity agreed upon) according to Al-Bukhari and Muslim

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން