އެކަނި ކުރިއަށްދިއުމަށް މަސައްކަތްކުރާ މީހާ ތެޅިތެޅިހުއްޓާ ޢާއިލާއާ އެކުވެރިން ގޮވައިގެން ކުރިއަށްދާން މަސައްކަތްކުރާމީހާ ހަލުއިމިނުގަ ކުރިއަށްދެމިގެންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
އެކަނި ކުރިއަށްދިއުމަށް މަސައްކަތްކުރާ މީހާ ތެޅިތެޅިހުއްޓާ ޢާއިލާއާ އެކުވެރިން ގޮވައިގެން ކުރިއަށްދާން މަސައްކަތްކުރާމީހާ ހަލުއިމިނުގަ ކުރިއަށްދެމިގެންނާނެ!

ގިނަ ބައަކަށް އެމީހުންކުރާ މަސައްކަތުގައިވެސް ކުރިއަރައިގެން ނުދެވޭ އެންމެ ބޮޑު އެއް ސަބަބަކީ އެކަނި ކުރިއަރައިގެންދާން މަސައްކަތްކުރާތީއެވެ. ތިމާގެ މަސައްކަތުގައި ބައިވެރިކުރުން އެންމެ ޙައްޤުމީހުން ބައިވެރިނުކޮށް ކުރިއަށްދާން އުޅޭތީއެވެ.  

ތިމާ ކުރިއަރައިދާން ކުރާ މަސައްކަތުގައި ބައިވެރިކުރުން އެންމެ ޙައްޤު މީހުންނަކީ އެމީހެއްގެ ގާތްތިމާގެ މީހުންގެ ތެރެއިންނާއި ގާތް އެކުވެރިންގެ ތެރެއިން އެމީހަކާއި ބައިވެރިވާން ޝައުޤުވެރިވާ މީހުންނެވެ. ވީމާ ވަޒީފާދިނަސް ދޭންވީ މިބުނި މީހުންނަށް އިސްކަންދީގެންނެވެ.  

ޙަދީޘްފުޅުންވެސް އެނގެން އޮތްކަމެއް ބުނެލާނަމެވެ. އެއީ ކަންބަޅިބަކަރިތައް ފައުޖެއްގެ ގޮތުގައި ކުރިއަށްދާނަމަ ހިޔަޅު ކައިރިނުވާނެކަމާއި އެކަނި އުޅޭނަމަ ޙަމަލާދޭނެ ކަމެވެ. މިއީ ވަރަށް އަގުހުރި ނަޞީޙަތެކެވެ. ނަޞީޙަތްފުޅެކެވެ.  

ތިމާއަށް ހެޔޮއެދޭ ވަފާތެރިންނާއިއެކުގައި ތިމާވާނަމަ ތިމާއަށް ހެދޭ ގޯސްތައް ފާހަގަކުރާނެއެވެ. ތިމާއަށް ދެރައެއްދޭން މީހަކު އުޅޭނަމަވެސް އަދި ތިމާއަށް ގެއްލުންވާނެ ކަމެއް ކުރެވެން  އުޅޭނަމަވެސް އެކަން ފާހަގަކުރާނެއެވެ. އެއިރުން އެކަމަކުން ސަލާމަތްވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ތިމާއަށް ކުރާފައިދާ ބޮޑުވާނެއެވެ. އެއިރުން ކުރިއަރައިދާން ބޮޑުތަނުން ފަސޭހަވެގެންދާނެއެވެ.  

އިސްލާމީ އުންމަތަށްވެސް މިއަދު ޖެހިގެން މިއުޅެނީ ހަމަ އެމައްސަލައެވެ. ޤައުމުތައް އެކަނި ކުރިއަރައިދާން އުޅެވެނީއެވެ. އެކުވެރިންގެ ގޮތުގައި މާދުރުބައަކު ބައިވެރިކުރެވެނީއެވެ. ފެނިގެންމިދަނީ އެކަމުގެ ނަތީޖާއެވެ.  

ޔަޤީންކުރާށެވެ! އެކަނި ކުރިއަށްދިއުމަށް މަސައްކަތްކުރާ މީހާ ތެޅިތެޅިހުއްޓާ ޢާއިލާއާ އެކުވެރިން ގޮވައިގެން ކުރިއަށްދާން މަސައްކަތްކުރާމީހާ ހަލުއިމިނުގައި ކުރިއަށްދެމިގެންނާނެއެވެ. މިއީ އަބަދުވެސް ފެންނަމުން އަންނަ ކަމެކެވެ. 

 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

މިއަދު އޮންލައިން