ޤަބުރުސްތާނަށް ނުދެވުމަކީ މައްސަލައެއް ނޫން! ކޮންމެ ތަނެއްގަ ހުރެގެންވެސް އޮތީ މައިންބަފައިންނަށްޓަކާ ހެޔޮދުޢާކުރަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
ޤަބުރުސްތާނަށް ނުދެވުމަކީ މައްސަލައެއް ނޫން! ކޮންމެ ތަނެއްގަ ހުރެގެންވެސް އޮތީ މައިންބަފައިންނަށްޓަކާ ހެޔޮދުޢާކުރަން!

މިވާހަކަކޮޅު މިގެނެސްދެނީ މައިންބަފައިން މަރުވުމުން ވަޅުލެވިފައިވާ ރަށުގައި ނުއުޅެވޭތީ ނަމަވެސް މަހާނަކައިރިއަށް ނުދެވިގެން ކަންބޮޑުވާ މީހުންނަށް ޚާއްޞަކޮށްގެންނެވެ. ޢާންމުކޮށް އެންމެންނަށެވެ. 

މައިންބަފައިންނަށްޓަކައި އަބަދުވެސް ހެޔޮދުޢާކުރަންވާނެއެވެ. އެމީހުން ދުނިޔޭގައި ތިބޭއިރުވެމެއެވެ. އެމީހުންނަށް އުފާވެރިކަމާއި ރަނގަޅު ޞިއްޙަތެއް ދެއްވެވުމަށާއި އަދި ރަނގަޅު ނިމުމެއް ދެއްވެވުން އެދިގެންނެވެ. އަދި އެމީހުންގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެންވެއެވެ.  

މުސްލިމުން ކަމަކަށް އެދިގެން ދުޢާކުރަން ވަކިތަނަކަށް ދާކަށް ނުޖެހެއެވެ. ކޮންމެ ތަނމެއްގައި ހުރެގެންވެސް ދުޢާކުރަންވީއެވެ. ވީމާ މައިންބަފައިންނަށްޓަކައި ނުވަތަ ލޯބިވާ މީހަކަށްޓަކައި ދުޢާކުރަން ކޮންމެހެން ޤަބުރުސްތާނަށް ދާކަށް ނުޖެހެއެވެ.  

ޤަބުރުސްތާނަށް ގޮސްއުޅޭނަމަ މައިންބަފައިންގެ މަތިން ހަނދާންކޮށްލުމަށްޓަކައި އެމީހުންގެ މަހާނަ ކައިރިއަށް ގޮސްލުމަކީ މައްސަލައެއް ނޫނެވެ. އަދި މަހާނަ ކައިރީގައި ހުރެގެން ދުޢާކޮށްލުމަކީވެސް މައްސަލައެއް ނޫނެވެ.  

މަރުވެފައިވާ މީހުންނަކީވެސް ދިރި ތިބި ބައެއް ފަދަ ބައެކެވެ. އަހުރެމެންނަށް އެމީހުންނާއި ބައްދަލުނުކުރެވިފައި އެމީހުންނަށްވެސް އަހުރެމެންނާއި ބައްދަލުނުކުރެވެނީއެވެ. ކޮންމެއަކަސް މަހާނަ ކައިރީގައި ހުރެގެން ދުޢާކުރުމަކީ އެދުޢާގެ އަޑު ކައްވަޅަށް ގޮސް ވަޅުލެވިފައިވާ މީހާއަށް އިވޭނެ ސަބަބެއް ނޫނެވެ. މަހާނަކައިރީގައި ހުރެގެން ދުޢާކުރިނަމަވެސް އެހެންތަނެއްގައި ހުރެގެން ދުޢާކުރިނަމަވެސް މަރުވެފައިވާ މީހަކަށް އިވޭނީ ﷲ ތަޢާލާ އެމީހަކަށް އިވެން އިރާދަކުރެއްވެވި އަޑެއް އެކަންޏެވެ.  

ވީމާ މައިންބަފައިން ދުނިޔެދޫކޮށްފިނަމަ އެމީހުންނަށްޓަކައި ހެޔޮދުޢާކުރުން ގިނަކުރާށެވެ! ކޮންމެ ތަނެއްގައި ހުރެގެންވެސް ދުޢާކުރަންވީއެވެ. އެކަމަކަށް އެއްވެސް ހުރަހެއް ނެތެވެ. ގޭގައި ކުރިޔަސް މިސްކިތުގައި ކުރިޔަސް އޮފީހުގައި ކުރިޔަސް އެހެންތަނެއްގައި ހުރެގެން ކުރިޔަސް އެއީ އެއްވެސް ތަފާތެއް އޮތްކަމެއް ނޫނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ސުވާލު:. ސަހަރާއަށް ގޮސް މައިން ބަފައިންގެ މަހާނަ ކައިރީގައި ހުރެ ދެއަތް އުފުލާ ދުޢާ ކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟ 

ޖަވާބު:. رَسُوْلُ الله صَلّى الله عَلَىهِ وَسَلّمْ ގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައިއާދޭ "ތިމަންކަލޭގެ ފާނު މީގެ ކުރިން ތިޔަބައިމީހުނަށް ޤަބުރުސްތާނަށް ޒިޔާރަތް ކުރުން މަނާކުރެއްވީމެވެ. އެހެންނަމަވެސް މިހާރު ހުއްދަ ދެއްވަމޭ ޤަބުރުސްތާނަށް ޒިޔާރަތް ކުރުމަށް. އެއީ މަރު ހަނދާންވާނެ ކަމެކޭ ޤަބުރުސްތާނަށް ޒިޔާރަތް ކުރުމަކީ."

އެހެންވީމާ، މަރުވެފައިތިބޭ މައްޔިތުންނަށްހެޔޮ ދުޢާ ކޮށް ދިނުމަކީ އެއީ ހަމަ އެންމެ ރަނގަޅު ކަމެއް ކުރުން، އެންމެ ރަނގަޅު ކަމެއް. ދެން ކޮންމެހެން މީގައި އަޅުގަނޑުމެން ހަނދާން ކުރަން ޖެހޭނެ ކަމަކީ ޤަބުރުކައިރިއަށް ގޮއްސަ އެކަންޏެއްނޫން ދުޢާ ކޮށްދެވޭނީ. ކޮންމެ ތަނެއްގައި ހަމަ ކޮންމެ ހިސާބެއްގައި ތިބެގެންވެސް މައްޔިތާއަށްޓަކައި އިޚްލާޞްތެރިކަމާއެކުގައި ކުރާ ދުޢާގެ މަންފާ އިރާދުކުރެއްވިއްޔާ ﷲ ގެ ރަޙްމަތާއެކު މައްޔިތާއަށް ފޯރާނެ إنشاء الله .  

ދެން ޢާއްމު ގޮތެއްގައި އާދަވެގެން ކުރާކަމަކަށް އެއީ މައްޔިތާއަށް ދުޢާ ކޮށްދޭންވީމައި ހަމަ ޤަބުރުކައިރިއަށް ގޮސް އެތާހުރެގެން ދުޢާކުރުން އެއީ ޢާއްމުކޮށް ކުރާ ކަމެއްކަމުގައި ހަދައިގެން ނުވާނެ. ދޭތެރެއަކުން އެހެން ޤަބުރުކައިރިއަށް ޒިޔާރަތް ކޮށްލާ ފަހަރެއްގައި ދުޢާ ކޮށްލިއަސް އެއީ މައްސަލައެއްނޫން.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން