ލިބޭ އާމްދަނީ އަނބިމިހާއަށް ސިއްރުކޮށް ސިއްރުން ޚަރަދުކުރުމަކީ ތަނަވަސްކަން އިތުރުވުމަށް އޮތް ބޮޑު ހުރަހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ލިބޭ އާމްދަނީ އަނބިމިހާއަށް ސިއްރުކޮށް ސިއްރުން ޚަރަދުކުރުމަކީ ތަނަވަސްކަން އިތުރުވުމަށް އޮތް ބޮޑު ހުރަހެއް!

ގިނަ ޢާއިލާތަކުގައި ވަޒީފާއަދާކުރަނީ ފިރިމީހާއެވެ. ލިބޭ މުސާރަ އެނގޭނީވެސް ފިރިމީހާއަށެވެ. އަނބިމިހާއަށް އެނގޭނީ ތެދަށް ބުނިއްޔާއެވެ. ގިނަ ފިރިން ތެދަށް ބުނާނެއެވެ. އެކަމަކު ދޮގުހަދާ ބައަކުވެސް އުޅެއެވެ. އެމީހުންނަށް ލިބޭކަމަށް ބުނާނީ މަދު ޢަދަދެކެވެ. އެއީ އަނެއްބައި ޢާއިލާއަށް ފައިދާނުކުރާނެ، އަނބިމިހާ ނުރުހޭނެ ކަންކަމަށް ޚަރަދުކުރަން ބޭނުންވާތީއެވެ.  

އަހުރެން ބުނީތީވެސް ނިކަން ހޯދައިބަލާށެވެ! މިބުނި ގޮތަށް ކަންތައްކުރާ މީހުންނަށް އަބަދުވެސް އުޅެންޖެހޭނީ ތަނަވަސްކަން ކުޑަވެގެންނެވެ. ހިތްހަމަޖެހުން ނުލިބިގެންނެވެ. ދަރަނިން ސަލާމަތް ނުވެވިގެންނެވެ. އެއީ އެމީހުން ހަދާ މަކަރުގެ ސަބަބުން ލިބޭ އާމްދަނީގައި މާތް ﷲ ބަރަކާތް ނުލައްވަވާތީއެވެ.  

ހަމަ އެގޮތަށް ގިނަ އަނބިންނަކީ ވަރަށް ވިސްނައިގެން އިޤްޠިޞޯދުކުރަމުން ޚަރަދުކުރާ އަނބިންނެވެ. އެހެންކަމާއިއެކުވެސް ގެއަށް ޚަރަދުކުރަން ފިރިމީހާދޭ ފައިސާއިން ބާކީކޮށް އެފައިސާ ފޮރުވާ އަނބިންވެސް ތިބެއެވެ. އެހެދެނީވެސް ހަމަ ކުރިންފަދަ ބޮޑުގޯހެކެވެ. އެކަމުގެ ސަބަބުން ޢާއިލާއަށް ރިޒްޤް އިތުރުވުމަށް ހުރަސްއެޅޭނެ ކަމެކެވެ.  

އަހުރެންގެ އިލްތިމާސަކީ އަނބިންވެސް އަދި ފިރިންވެސް މިބުނި ކަންކަމަށް ސަމާލުކަން ދިނުމެވެ. ލިބޭ އާމްދަނީއަށާއި ޚަރަދުކުރުމުގައި ތެދުވެރިވުމެވެ. ލީބޭ އާމްދަނީ އިތުރު ރިޒުޤް އިތުރުވެ ހަމަޖެހިގެން އުޅެވޭނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން