ކައިވެނި ދަހައްޓަން އަނބިން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ކައިވެނި ދަހައްޓަން އަނބިން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންތައް!

އަހުރެންގެ ގާތުގަ ކަސްޓަމަރުން ދައްކާ ވާހަކައިން އެނގެނީ ރަނގަޅު އަނބިންނަކީ ސިފަރީތިވެފައި އަދި އެންމެ މީރުކޮށް ކައްކަން އެނގޭ އަންހެނުންވެސް ނޫންކަމެވެ. އެންމެ ރަނގަޅު އަނބިން މުޅިން ތަފާތެވެ.  

ޙަޤީޤަތުގައި އެންމެ ރަނގަޅު އަނބިންނަކީ ފިރިންނަށް އިހްތިރާމްކުރާ އަނބިންނެވެ. ދެބަސްވިޔަސް އިޙްތިރާމްކޮށްގެން ވާހަކަދައްކާ އަނބިންނެވެ. ސަބަބަކީ ދެމަފިރިންގެ ދިރުމަކީ އެކަކު އަނެކަކަށް އިހްތިރާމްކުރުންކަމަށްވާތީއެވެ.  

ދެމަފިރިން އެކަކު އަނެކަކަށް އިޙްތިރާމް ނުކުރާނަމަ އެއްވެސް ހަަމޖެހުމެއް ނުއޮންނާނެއެވެ. ކޮންމެ ދެމަފިރިއަކުވެސް ދެބަސްވެސްވާނެއެވެ. ޚިޔާލުތަފާތުވާ ކަންކަން ކުރިމަތިވާނެއެވެ. އެޙާލަތުގައިވެސް ރަނގަޅު ޙައްލެއް ހޯދޭނީ އެކަކު އަނެކަކަށް އިޙްތިރާމްކުރީމައެވެ.  

ގިނަ ކައިވެނިތައް ރޫޅިގެންދަނީ ލޯބިނުވާތީއެއްވެސް ނޫނެވެ. އިޙްތިރާމްނުކުރެވޭތީއެވެ. ވީމާ ކައިވެނި ދަމަހައްޓަން ބޭނުންނަމަވެސް އެކަކު އަނެކަކަށް އިޙްތިރާމް ކުރާށެވެ. ޚާއްޞަކޮށް އެކަމަށް އަނބިން ސަމާލުކަންދޭށެވެ. ސަބަބަކީ ފިރިހެނުންނަށް އެންމެ މުހިންމު ކަމަކީ އެމީހުންނަށް އިޙްތިރާމްކުރުމެވެ. އެއީ ގިނަ ފިރިހެނުންނަށް އެެހން ހުރިހާ ކަމަކަށްވުރެންވެސް މުހިންމު ކަމެކެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން