މިއީ ފުރިހަމަ ގޮތުގައި ނަމާދުކުރާނެ ގޮތް ހަނދުމަކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން ގެނެސްދޭ ސުވާލެކެވެ.
ތިނެއް ނުވަތަ ހަތަރު ރަކްޢަތުގެ ނަމާދެއްގައި ހަނދާންނެތިގެން ފުރަތަމަ އައްތަޙިއްޔާތުގައި ނީންދެ ތިންވަނަ ރަކްޢަތަށް ތެދުވެވިއްޖެނަމަ ހަދާނީ ކިހިނެއްތޯ؟
ޖަވާބު:. އާދެ! މިޙާލަތުގައި އިތުރަކަށް މެދު އައްތަޙިއްޔާތު ކިޔާކަށް ނުޖެހޭނެއެވެ. އޭގެ ބަދަލުގައި ހަތަރުވަނަ ރަކްޢަތް ކޮށްފައި ސަލާމް ދިނުމުގެ ކުރިން ކުށުސަޖިދަ ޖަހާނީއެވެ.
- ޖަވާބު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ކުޑަ ކަމެއް ފާހަގަކޮށްލާނަމެވެ. މިފަދަ ކަމެއް މެދުވެރިވެއްޖެނަމަ ނަމާދަށް ހުރެގެން ގިނަބައަކު އެކަމަށް ވިސްނައެވެ. އެއިރުން އެދަނީ ނަމާދުގެ ޘަވާބުން ބޮޑު ބައެއް އުނިވެގެންނެވެ. އެގޮތަށް އެކަން ނުކުރާށެވެ. އެކަން އެހިސާބުން ދޫކޮށްލައި ވީހާ ބޮޑަށް ޚުޝޫޢަތްތެރިވާން މަސައްކަތްކުރާށެވެ. ސަލާމްދިނުމުގެ ކުރިން ކުށުސަޖިދަކުރީމާ އެއޮތީ އެކަން ނިމިފައެވެ. ދެން އިތުރަށް ކުރަން އޮންނާނެ ކަމަކީ އެފަދަ ކަންކަން ތަކުރާރުވިޔަނުދޭން މަސައްކަތްކުރުމެވެ. އެއީ ދެން ކުރާ ނަމާދުތަކުގައި ކުރަންޖެހޭ ކަމެކެވެ.