ނަމާދު ވަޤުތުޖެހުމުން ނަމާދުނުކޮށްހުރެ ކުރާ މަސައްކަތުން ލިބޭ އާމްދަނީ ޙަލާލުވާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ނަމާދު ވަޤުތުޖެހުމުން ނަމާދުނުކޮށްހުރެ ކުރާ މަސައްކަތުން ލިބޭ އާމްދަނީ ޙަލާލުވާނެތޯ؟

ނަމާދު ނުކޮށް ހުރެގެން ކުރާ މަސައްކަތުން ލިބޭ އާމްދަނީ ޙަލާލުވާނެތޯ؟ ބައެއް މީހުން ސުވާލުކުރެއެވެ.  

މިފަދަ ސުވާލުތައް ކުރަނީ ނަމާދުގެ ވަޤުތުޖެހުމުން ނަމާދުނުކޮށް ދިރިއުޅެންކުރާ މަސައްކަތުގައި ވަޤުތުތައް ހޭދަކުރާތީއެވެ. އަނެއް ނަމާދުގެ ވަޤުތުޖެހޭއިރުވެސް ނަމާދު ނުކުރެވޭ މީހުން އުޅޭތީއެވެ. ހަމަ މަސައްކަތުގައި ވަޤުތު ހޭދަކުރަން ހަދައިގެންނެވެ. 

ޖަވާބަކީ:  

- އާދެ! ކުރާ މަސައްކަތް ރަނގަޅުކަމަށް ވަނީނަމަ އެއާމްދަނީ ޙަލާލުވާނެއެވެ. ދެން ނަމާދު ނުކޮށް އެކަމުގެ ތެރޭގައި އުޅުން އެއީ ވަކިކުށެކެވެ. އެއީ އެއްގޮތަކަށްވެސް އާމްދަނީ އާ ގުޅުންހުރި ކަމެއް ނޫނެވެ.

- ޖަވާބު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

ވިސްނާލަންޖެހޭނެ ކަމަކީ ނަމާދުނުކުރާނަމަ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބޭނެ ކަމެވެ. އަދި އެމީހަކު ދާނީ ފާފަވެރިވަމުން ކަމެވެ. އަދި ނަމާދު ނުކުރުމަކީ ދީނުން ބޭރުވެގެންދާނެ ކަމެއް ކަމެވެ.  

ކުރާ މަސައްކަތުން ކިތަންމެ ގިނަ ޢަދަދަކަށް އާމްދަނީ ލިބުނަސް އެއިން ޙަޤީޤީ ފައިދާއެއް ކުރާނީ އެއިގައި ﷲ ތަޢާލާ ބަރަކާތް ލެއްވެވުމުންނެވެ. އަދި ކިތަންމެ މަދު ފައިސާކޮޅެއް ލިބުނަސް އެއިގައި ﷲ ތަޢާލާ ބަރަކާތް ލައްވަވައިފިނަމަ އެމީހަކަށް ފުދިއިތުރުވެސްވާނެ ކަމެވެ.

މިއަދު އޮންލައިން