ރޯދައަށްހުއްޓައި ވަރުބަލިކަން ބޮޑުވާނަމަ ވަރުޖައްސަން ފެންވެރޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ރޯދައަށްހުއްޓައި ވަރުބަލިކަން ބޮޑުވާނަމަ ވަރުޖައްސަން ފެންވެރޭނެތަ؟

ރޯދަމަސް ނިމިއްޖެއެވެ. ދެން އޮތީ ސުންނަތް ރޯދަތައް ހިފުމެވެ. ބައެއް މީހުންނަށް ސުންނަތް ރޯދަތައް ހިފަން އުނދަގޫވެއެވެ. އެއީ ބައެއް ދުވަސްތަކުގައި ކުރާކަމަކަށްވުމުންނެވެ. ކޮންމެ ދުވަހަކު ކުރާ ކަންކަމަށް ހަށިގަނޑު ހޭނޭ ފަދައިން ނުހޭނޭތީއެވެ. އެހެންވެ ލިބޭ ވަރުބަލިކަން ބޮޑުވެސްވެދާނެއެވެ.

ރޯދަމަހު ރޯދައަށް ހުރެ ފެންވެރޭނެތޯ އާއި ރޯދަ ވަރުބަލިފިލުވަން ފެންވެރޭތޯ ބައެއް މީހުން ސުވާލުކުރެއެވެ.

ޖަވާބަކީ އާނއެކެވެ. ސާފުތާހިރުވުމުގެ ބޭނުމުގައިވެސް ފެންވެރޭނެއެވެ. އަދި ވަރުބަލިކަންވެސް ފެންވެރޭނެއެވެ.  

ޞަޙާބީންވެސް އެކަން ކުރެއްވެވިއެވެ. އެއްބޭކަލަކު ތެތް ލިބާސްކޮޅެއް ތުރުކުރައްވައިގެން އުޅުއްވެވިއެވެ. އެހެން ބޭކަލަކު ފެން އެއްޗަކަށް އެރިވަޑައިގެން އޮންނެވިއެވެ.  

އެކަމަކު ވިސްނާލަން ޖެހޭނެ ކަމެއް އެބަ އޮތެވެ. އެބޭކަލުން އެކަންކަން ކުރެއްވެވި ޙާލަތަށެވެ. ހަމަ ވަރުބެލާއިރަކަށް ނޫނެވެ. މެތްކުރައްވަން އުނދަގޫފުޅު ޙާލަތަށް ދިއުމުންވެސް ރޯދަ ދޫނުކުރައްވަން ވެގެންނެވެ.  

ރޯދަ ހިފުމުގެ އެއްބޭނުމަކީ ތަކްލީފްތަކަށް ކެތްތެރިވާން މަސައްކަތްކުރުމެވެ. ވީމާ އަހުރެމެން ކެތްތެރިވާން މަސައްކަތްކުރަންވާނެއެވެ. ހަމަވަރުބަލާއިރަށް ފެންވެރުމަކީ އެކަންކުރަން އޮތް ގޮތެއް ނޫނެވެ.

 

- މަޢްލޫމާތު: ޑރ. ޒާކިރް ނައިކުގެ ބަސްފުޅަކުން

މިއަދު އޮންލައިން