ދަރިން އަދި ކުޑަކަމަށް ބަލައި ދަރިން ލައްވައި އިސްލާމްދީން ހުއްދަނުކުރާ ކަންކަން ކުރުވާ މައިންބަފައިން ނިކަންކަން މިކަންކަމަށް ވިސްނައި ބިރުވެތިބެލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 13ސ
ދަރިން އަދި ކުޑަކަމަށް ބަލައި ދަރިން ލައްވައި އިސްލާމްދީން ހުއްދަނުކުރާ ކަންކަން ކުރުވާ މައިންބަފައިން ނިކަންކަން މިކަންކަމަށް ވިސްނައި ބިރުވެތިބެލަ!

އަދި އެމަންޖެ ނޫނީ އެސޮރު މާކުޑަ ކަމަށް ވިސްނައި ދަރިން ލައްވައި އިސްލާމް ދީން ހުއްދަނުކުރާ ކަންކަން ކުރުވާ މައިންބަފައިންނަށް އެހެދެނީ ވަރަށް ބޮޑު ގޯހެކެވެ. ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމުގެ މަރުޙަލާގައި ފޭލްވެއްޖެނަމަ އެއަޅައިދެވެނީ އެންމެ ނުބައި ބިންގަލެވެ.  

ފުރަތަމަވެސް ސުވާލެއް ކޮށްލާނަމެވެ! އެއީ ތިމާމެން ކުރަން ހިތްހަމަނުޖެހޭ ކަމަކަށްވާތީ ތިމާމެން އެކަން ނުކުރިނަމަވެސް ބާލިޣްވެފައި ތިބޭ ދަރިން ސްޓޭޖްތަކަށް އަރުވައި ފިލްމްތަކުގައި ޖައްސާ ވައްތަރުތައް ޖައްސައި ބަނިބަނި ލެއްވީމާ، ނެށީމާ އެބަ އަތް ޖަހައި އުފާކުރަމުއެވެ. ތައްރީފްކޮށް ހިތްވަރުވެސް ދެމުއެވެ. އަދި އެފަދަ ކަންކަމަށް ޚަރަދުވެސް ކުރަމުއެވެ.  

ނިކަން ބުނެބަލާށެވެ! ބަލަންތިބީ ހިލޭ އަންހެނުންނާއި ފިރިހެނުން ނޫންހެއްޔެވެ؟ މަދުރަސާގެ ހޯލުގައި އެކަން ކުރީތީ އެކަން ހުއްދަވަނީ ކިހިނަކުން ހެއްޔެވެ؟  

އެއްވެސް ޙާލެއްގައި މިބުނަނީ ކުއްޖާގެ ހުނަރު އިތުރުވާނެ ކަންކަން ނުކުރާކަށް ނޫނެވެ. ހުނަރު އިތުރުކުރުވަންވެސް އިސްލާމް ދީނުގައި ހުއްދަކަންކަން ކުރުވުމަށެވެ. އިސްލާމް ދީނުގެ އިންތަކުގެ ތެރެއިން ދަރިންލައްވައި ކަންކަން ކުރުވުމަށެވެ. ތިމާމެން ފާފަވެރިނުވާނެ ގޮތަށް ކަންކަން ކުރުމަށެވެ.  

ކުޑަކުދިންގެ ޙައްޤުތައް އެންމެ ބޮޑަށް ރައްކައުތެރިކޮށްދީފައިވަނީ އިސްލާމް ދީނުގައެވެ. އެއީ ފެނިހާމަވާން އޮތް ކަމެކެވެ. މިޢްރާޖް ދަތުރުފުޅުގެ ވާހަކައަށް ބައްލަވާށެވެ! ރަސޫލް އަށް އިބްރާހީމްގެފާނު ފެނިވަޑައިގަތީ މެރުވެފައިވާ ކުޑަކުދިންތަކާއިއެކުގައި ހުންނަވަނިކޮށެވެ. ޅަފަތުގައި މަރުވާ ކުޑަކުދިންގެ ފުރާނަތައް ވަނީ ސުވަރުގޭގައެވެ.  

1.     The hadeeth of Samurah (may Allaah be pleased with him), that the Prophet (peace and blessings of Allaah be upon him) saw the children of the Muslims and the children of the Mushrikeen with Ibraaheem (peace be upon him). Narrated by al-Bukhaari, 6640. 

އަންހެން ކުއްޖަކު އަންހެނަކަށްވަނީ ވަކި އަހަރަކުން (ވަކި އަހަރެއް ފުރުމަކުން) ނޫންކަން ބެލެނިވެރިންނަށް އެނގެން އެބަޖެހެއެވެ. އެއީ ދީނުގެ ކަންކަމާއި ގުޅުވައިގެން އުމުރު އަތްމައްޗަށް ނަގާތީއެވެ.  

އިސްލާމް ދީނުގައި ކުއްޖާ (އަނަހެންކުއްޖަކުނަމަވެސް / ފިރިހެންކުއްޖަކު ނަމަވެސް) ބާލިޣްވުމަށްފަހު އިސްލާމް ދީނަށް އަމަލުކުރުމުގައި އުމުރުން 100 އަހަރުވީ މީހަކާއި އެއްވެސް ތަފާތެއް ނެތެވެ. ފަރުޟުތައް އަދާކުރަން ޖެހެއެވެ. އިސްލާމް ދީނަށް ޢަމަލުކުރަން ޖެހެއެވެ. ނަމާދު ވާޖިބުވެއެވެ. ރޯދަ ހިފަން ޖެހެއެވެ. ނަހީޚުރެއްވެވި ކަންކަމާއި ދުރުހެލިވާންޖެހެއެވެ. ތަނަވަސްކަން ލިބިގެންވާނަމަ ޒަކާތް ދީ ޙައްޖުވެސް ވާންޖެހެއެވެ. 

އަދާކުރަން ޖެހޭ ފަރުޟެއް އަދާނުކޮށްފިނަމަ ފާފަވެރިވެސް ވެއެވެ. ޢަޛާބުވެސް ދެއްވަވާނެތެވެ. ވީމާ އިންސާނުން ހަދާ ޤާނޫނުތަކުގައި ކޮންމެ ގޮތަކަށް ލިޔެ ފާސްކުރި ނަމަވެސް މިކަންކަމަށް އެއްވެސް ބަދަލެއް ނުއަންނާނެއެވެ. ޤިޔާމަތް ދުވަހު ﷲ ތަޢާލާ ހިސާބު ބައްލަވާނީ އިންސާނުން އުފެއްދި ޤާނޫނު ތަކަށާއި އދގެ ޤަރާރުތަކަށް ބައްލަވައިގެނެއް ނޫނެވެ. އެދުވަހު ކީރިތި ޤުރްއާނާއި ރަސޫލް (ﷺ)ގެ ސުންނަތް ނޫން ކޮންމެ އެއްޗަކީވެސް ހަމަ މުޅިން ބޭކާރު ތަކެއްޗެވެ. ބާޠިލް އެއްޗެކެވެ. 

މިކަންކަން ގިނަ ބައަކަށް ވަނީ ވަރަށް ބޮޑަށް އޮޅިފައެވެ. މިސާލަކަށް ދާދިފަހުން ފެނުނު މަންޒަރެކެވެ. މައިމީހާ ހުރީ ބުރުގާ އަޅައިގެންނެވެ. އަތަށް ރެކެޓެއް ދީގެން ސްކޫލަކަށް ވެއްދި 13 ވަރަކަށް އަހަރުގެ އަންހެން ދަރިފުޅު ހުރީ ކުޑަ ޓީޝާޓްކޮޅެއް ލައްވައިފައެވެ. ލައްވާފައި ހުރި ސޯޓުކޮޅުން ފޫކޮޅު ނިވާވަނީ ހަމަ ކިރިޔާއެވެ. ނަމަވެސް ހަށިގަނޑުން ފެންނަން ހުރި ކަންކަމަށް ބަލާއިރު މައިމީހާއަށްވުރެ ދަރިފުޅު "ބޮޑެވެ."  

މިފަދަ ކަންކަން ހިނގަން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ދަރިން ބޮޑުވުމުގެ އުމުރު އިންސާނުން ހަދާ ޤާނޫނުތަކުން މިނާތީއެވެ. އދ އިން އެކަން ކުރަނީ އިސްލާމް ދީން ނިކަމެތިކުރުމަށެވެ. އެއީ މުސްލިމުން ބަލައިގަންނަން ޖެހޭނެ ކަމެއް ނޫނެވެ.   

މުޖުތަމައުތައް އިސްލާމް ދީނާއި ބީރައްޓެހިވަމުން މިދަނީ ﷲ ތަޢާލާ އެންގެވި ގޮތް ދޫކޮށް އަމިއްލަގޮތްތައް ކުރިއަށް ނެރޭތީއެވެ. ހަގު އުމުރުގައި ޖިނާޢީ ކުށްތައް ކުރުން ގިނަވަމުން މިދަނީވެސް ހަމަ އެ ސަބަބަށްޓަކައެވެ. ކީރިތި ޤުރްއާން ދޫކޮށް އދ އަށް ޤާނޫނުތައް ހަދައިދޭ އަދި އެފަދަ ޤާނޫނުތައް ތަންފީޒުކުރާ ފަރާތްތަކުން އެކަމުގެ ރަހަ ޤިޔާމަތް ދުވަހު ދެކޭނެއެވެ!  

ލޮބުވެތި ބެލެނިވެރިންނޭވެ! ދަރިންނަށް 10 އަހަރުވުމުން މަޖުބޫރުކުރުވައިގެން ނަމާދުކުރަން އާދަކުރުވާށެވެ! ކުޑަކުއްޖެއްކަމަށް ޤާނޫނު ބުނާ އުމުރުފުރެންދެން ނަމާދުނުކުރުވައި ނުބަހައްޓާށެވެ! ކުރިންވެސް މިބުނި ފަދައިން ޤިޔާމަތް ޖަޒާ ދެއްވަވާނީ ﷲ އަންބަވާފައިވާ ގޮތަށް ޢަމަލުނުކުރުމުންނެވެ!   

ވިސްނާށެވެ! ޢުމުރުން 9 އަހަރުގައި ދަރިފުޅު ބާލިޣްވީއެވެ! ޢުމުރުން 12 އަހަރުގައި މަރުވީއެވެ. ދަރިފުޅު ކުޑަކަމަށް ބަލައި އެންމެ ނަމާދެއްވެސް ނުކުރުވި ހުއްޓައެވެ. ކުއްޖާ ދުނިޔެއިން ވަކިވެގެން އެދިއައީ ﷲ ތަޢާލާއަށް އެންމެ ސަޖިދައެއްވެސް ނުކުރެވޭ ޙާލުގައެވެ. އެކަމުގެ ޒިންމާ ޤިޔާމަތް ދުވަހު ތިބާއަށް (މައިންބަފައިންނަށް) އުފުލޭނެ ހެއްޔެވެ؟ އެންމެ ސަޖިދައެއް ނުކުރާތީ ނުވަތަ ނަމާދު ޤާއިމުކޮށްފައި ނުވާތީ ނަރަކައަށް ލައްވަވަން ނިންމައިފިނަމަ ދަރިފުޅަށް އެބޮޑު އަނިޔާ އެދިނީ މައިންބަފައިން ނޫންހެއްޔެވެ؟  

ކޮންމެ ބެލެނިވެރިއަކުވެސް މިކަންކަމަށް ވިސްނައިލުން ވަރަށް މުހިންމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން