ޑޮކްޓަރަށް ދައްކަންދާ މީހުންނާއިމެދު ޑޮކްޓަރުން ސަމާލުކަންދޭންޖެހޭނެ 2 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 35ސ
ޑޮކްޓަރަށް ދައްކަންދާ މީހުންނާއިމެދު ޑޮކްޓަރުން ސަމާލުކަންދޭންޖެހޭނެ 2 ކަމެއް!

ބުނާ އަގެއްދީގެން ބައްދަލުކުރީމަވެސް ވާހަކަ ދައްކާނެ ފުރުޞަތުނުދީ އަވަސްއަވަސްކޮށްލާފަ ބައެއް ޑޮކްޓަރުން އެބަ ފޮނުވާލާ! އެއީ ހުއްދަވާނެ ކަމެއްތޯ؟  

ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ މަދު ޑޮކްޓަރެއްގެ ކިބައިން ތިއަފަދަ ކަންކަން ފެންނަ ކަމުގެ ޝަކުވާތައް ލިބެއެވެ. ގިނަ ޑޮކްޓަރުން ވަޤުތު ދެއްވާކަންވެސް ފާހަގަކުރެވެއެވެ. އަދި ތިއަ ކަމުގައި ބައެއް ޑޮކްޓަރުންވެސް މައްސަލައެއް ފާހަގަކުރައްވައެވެ. އެއީ ބައެއް މީހުން އެއްވާހަކައެއް އެތައްފަހަރަކު ތަކުރާރުކޮށް ދައްކައި ވަޤުތު ބޭކާރުކުރާކަމެވެ. މިއީވެސް އިޞްލާޙްކުރަންޖެހިފައިވާ ކަމެކެވެ.  

ކުރެއްވި ސުވާލުގެ ޖަވާބަކީ ބަލިމީހާއަށް އެކަށީގެންވާ ވަރަށް ވަޤުތުދީ އޭނާގެ ސުވާލުތަކަށް ޖަވާބުދޭންޖެހޭނެކަމެވެ. ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ.  

ވިޔަފާރިއަކަށްވަނީ ހަމައެކަނި ފިހާރަތަކުން މުދައު ވިއްކުމެއް ނޫނެވެ. އަގުދީފައި ޚިދުމަތް ލިބިގަތުމަކީވެސް އަދި އަގަށް ޚިދުމަތް ދިނުމަކީވެސް ހަމަ ވިޔަފާރިއެކެވެ. ވީމާ އަނެކާ ދެއްކި އަގާއެއްފެންވަރަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްދޭންވާނެއެވެ.  

ކޮންމެ ޢިލްމުވެރިއަކީ ދީނީ ޢިލްމުވެރިއަކަށްނުވެދާނެއެވެ. ޑޮކްޓަރުންނާއި އެކައުންޓެންޓުން ފަދަ މަސައްކަތްކުރާ މިހުންވެސް ތިބޭނެއެވެ. މުޖުތަމައު ކުރިއަރާނީ އެމީހުންގެވެސް ބައިވެރިވުމާއިއެކުގައެވެ. ވިސްނަންވީ ކަމަކީ ކޮންމެ ދާއިރާއަކުން ޢިލްމުވެރިވެގެން ހުރި ނަމަވެސް ﷲ ތައާލާއަށް އިޚްލާޞްތެރިވުމެވެ.  

މިސާލަކަށް މުސްލިމް ޑޮކްޓަރެއްގެ ކިބައިން ފަރުވާ ހޯދަން މީހަކު ހިނގައްޖެނަމަ އެމީހަކަށް އެހެން ދީންތަކުގެ ޑޮކްޓަރުންނަށްވުރެ ބޮޑަށް އިޚްލާޞްތެރިވާން ޖެހޭނެއެވެ. އޯގާތެރިވާން ޖެހޭނެއެވެ. އެފަދައިން އިޚްލާޞްތެރިވުމަކީ އިސްލާމް ދީނަށް ނަޞްރު ލިބޭނެ ކަމެކެވެ. މީސްތަކުންގެ ހިތްތަކުގައި މުސްލިމުންނަށް ލޯތްބާއި އިޙްތިރާމް އިތުރުވާނެ ކަމެކެވެ.  

ލަދުންހުރެ ނަމަވެސް ބުނަން ޖެހެނީ ވަރަށް ގިނަ އަދަދެއްގެ މުސްލިމް ޑޮކްޓަރުން ވަނީ މިކަމުގައި ވަރަށް ބޮޑަށް ފޭލްވެފައިކަމެވެ. ތިބެނީ ސެޓިފިކެޓެއް އަތަށް ލިބުމުން އެ ސެޓުފިކެޓަކީ ތިމާ ހޯދި އެއްޗަކަށް ހަދައި ދެއްވެވި ޙަޤީޤީ ފަރާތްމަތިން ހަނދާންނެތިކޮށްލައިގެންނެވެ.

ބަލި މީހާ އޮޅުން ނުފިލައިގެން ސުވާލެއް ތަކުރާރުކޮށްލިނަމަވެސް އޮންނަނީ ޖަވާބު ދޭނެ ވަގުތު މަދުވެފައެވެ. ﷲ ތަޢާލާ އަންގަވާފައިވަނީ ކޮންމެ މީހަކާ ބައްދަލުވުމުންވެސް ހިނިތުންވެ އޯގާތެރިކަމާއިއެކު މުޢާމަލާތުކުރުމަށެވެ. އަގުދީގެން އެޕޮއިންޓްމަންޓް ހޯދުމަކީ ޑޮކްޓަރުގެ ވަގުތު ވަގުތުމެވެ. ޑޮކްޓަރުގެ ވަގުތު ގަންނަނީ ޑޮކްޓަރު ކިޔާއަގެއް ދީފައެވެ. އެހެންކަމަށްވާއިރު ބޮޑުއަގުދީފައި ޑޮކްޓަރުންގެ ވަގުތު ގަނެގެން ވަންނަ މީހާ އާއި ﷲ ތަޢާލާ އަންގަވާފައިވާ މަގުން މުޢާމަލާމާތު ނުކުރުމުން ފާފަވެރިނުވާނީ ކީއްވެގެން ހެއްޔެވެ؟  

މީގެ އިތުރުން ފަރުވާކުރުމުގައިވެސް ސަމާލުކަން އިތުރުކުރާށެވެ. ޑޮކްޓަރުންގެ އަޚްލާޤަކީ ވަރަށް މުހިންމު އެއްޗެކެވެ. މީހުން ވަރަށް ބޮޑަށް ބަލައިގަންނާނެއެވެ. ވީމާ ބޭސްލިޔެދީފައި ސިޓީ އަތަށް ދިއްކޮށްލަމުން ނުވަތަ އޮންލައިންކޮށްނަމަ ފޮނުވާލަމުންވެސް ބޭސް ޤަވާއިދުން ބޭނުންކުރުމަށާއި ޝިފާ ދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރަން ނަޞޭޙަތްތެރިވާންވާނެއެވެ. ލިޔެދިން ބޭހުގައި ބަރަކާތް ލެއްވެވުން އެއިރުން އިތުރަށް ގާތްވެގެންދެއެވެ. އިން ޝާ ﷲ

 

- މަޢްލޫމާތު: މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން