އެންމެ ބޮޑު އަނިޔާއަކީ ކައިވެނިކޮށްގެން އެކަމަކު ވަރިވެގެން ތިބެ ދިރިއުޅުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
އެންމެ ބޮޑު އަނިޔާއަކީ ކައިވެނިކޮށްގެން އެކަމަކު ވަރިވެގެން ތިބެ ދިރިއުޅުން!

ވަރީގެ ތެރެއިން އެންމެ އަނިޔާލިބޭ ވަރިއާއިމެދު ގިނަ ބައަކު ވިސްނައިލާބާވައެވެ! ނުވަތަ އެއީ ކޮންވަރިއެއްކަން އެނގޭބާވައެވެ. އަހުރެން ބުނާނީ ނުއެނގޭ ކަމަށާއި އަދި ގިނަބައަކު ތިބީ އެވަރިވެގެން ކަމަށެވެ.  

ރަނގަޅަށް ވިސްނައިލާށެވެ. އަތުގައި އޮތީވެސް ކައިވެނީގެ ސެޓުފިކެޓެވެ. ކައިވެނީގެރޭ ލޯބިން އަޅުވައިދިން އަނގޮޓިވެސް އަތުގައި އެބައޮތެވެ. އުޅެނީވެސް އެއްގެއެއްގައެވެ. އެކަމަކު އެދެމަފިރިން އެތިބީ ކައިވެނިމަތީގައި ހެއްޔެވެ؟ ގިނައީ މިސުވާލަށް އާނއެކެވެ! ނުބުނެވޭނެ މީހުންނެވެ.

މިހެން ބުނަން މިޖެހުނީ ދެމީހުންގެ ހިތްވަނީ ވަކިވެފައެވެ. ދެމީހުންގެ މެދުގައި ލޯތްބެއް ނެތެވެ. ދެމަފިރިކަމުގެ ގުޅުމެއްވެސް އޮންނަންވީ ގޮތަކަށް ނުބޭއްވެއެވެ. ހިނިތުންވުމެއް ނެތެވެ. ލޯބިން ވާހަކައެއް ނުދެއްކެއެވެ. އެކުގައި ބޭރަށްގޮސް އުފާލިބިގަތުން ވަނީ ހުއްޓިފައެވެ. އަދިވެސް ކީއްހެއްޔެވެ؟ އެދިގެން ތިބެނީ ދެމީހުން ވަކިވާނެ ވަޤުތަކަށެވެ. 

ބުނަންހެއްޔެވެ؟ މިބާވަތުގެ ދިރިއުޅުމަށް އަހުރެން ކިޔާނީ ކައިވެނިކޮށްގެންތިބެ ވަކިވެގެން ދިރިއުޅުން ކަމަށެވެ. ނުވަތަ ކައިވެނިކޮށްގެން އެކަމަކު ވަރިވެގެން ތިބެ ދިރިއުޅުން ކަމަށެވެ. މިއަސްވުރެ އަނިޔާވެރި ދިރިއުޅުމެއް ނެތެވެ. ސަބަބަކީ ކައިވެނި ރޫޅާލައިފިނަމަ މިހުރީ އެކަނިކަން އެނގޭނެއެވެ. ދިރިއުޅޭނީ އެކަނިހުރެ ދިރިއުޅޭނެ ގޮތަށެވެ. ދެވަނަ ކައިވެންޏަކަށް އުންމީދުކޮށްގެން އެކަމަށް މަސައްކަތްވެސް ކުރާނެއެވެ. ނަމަވެސް ކުރިން މިކިޔައިދިން ޙާލަތުގައި ތިމާއަށް ހުރެވެނީވެސް ބަންދެއްގައެވެ. ވީމާ އެއަށްވުރެ ބޮޑު އަނިޔާއެއް ނެތެވެ.  

ލޮބުވެތި އެކުވެރިންނޭވެ! ދިރިއުޅުން މިޙާލަތަށް ވައްޓައިނުލާށެވެ. ދިރިއުޅެން މިލިބެނީ މަދު ދުވަސްކޮޅެކެވެ. އެދުވަސްކޮޅުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަން ގަދައަޅައި މަސައްކަތްކުރާށެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން