މަންމަ ނުވަތަ ބައްޕަ މުސްކުޅިވެ ކަންކަން ހަނދާން ނެތެމުންގޮސް ނަމާދުގައިކިޔާތަކެތި ހަނދާން ނެތުމުން އެހުރީ ސިކުނޑިގޯސްވެފައި ކަމަށް ބަލައި ނަމާދުކުރުވުން ހުއްޓައިލެވޭކަން އެއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. އެއީ އަދި ސިކުނޑިގޯސްވުމެއް ނޫނެވެ. ވީމާ އެފަދަ ޙާށލަތެއް މެދުވެރިވެއްޖެނަމަ އޮތީ ހަނދުމަކޮށްދީ ވުޟޫކޮށްދީ އެމީޙުންލައްވާ ނަމާދުކުރުވުމެވެ.
ނަމާދުގެ ފަހު އައްތަޙިއްޔާތާ ފުރަތަމަ އައްތަޙިއްޔާތު އަދިވެސް ހިތުން ކިޔަން ނޭންގޭ ހަނދާން ނެތިފައިވަނީ އެހެންވީމާ މިފަދަ ޙާލަތެއްގައި ޢަމަލު ކުރަންވާނީ ކިހިނެއްތޯ؟
ޖަވާބު:. ދެންބަލިވުމުގެ ސަބަބުން މިސާލަކަށް ނަމާދުގެ އައްތަޙިއްޔާތު ނުވަތަ ނަމާދުގައި ކިޔަންޖެހޭ އެހެން އެއްޗެހި ހަނދާން ނެތިފައިހުރެއްޖެކަމުގައި ވަނީނަމަ ބަލި ފަސޭހަވަންދެން އޭނާ ހަނދާން ރަނގަޅުވަންދެން ބަލައިގެންކިޔަސްވެސް މައްސަލައެއްނެތެވެ.
ކޮންމެ ގޮތެއްވިޔަސް ނަމާދުނުކޮށެއް ނުހުރެވޭނެއެވެ. ހަށިގަނޑުގައި ހޭ ހުރެފައި ބުއްދި ސަލާމަތުން ހުރެއްޖެ ކަމުގައި ވަނީނަމަ ނަމާދު ކުރަންޖެހޭނެ އެވެ. އެހެންވީމާ ނަމާދު ނުކޮށް ދޫކޮށްލައިގެން ނުވާނެއެވެ. ބަލައިގެން ކިޔަންޖެހުނު ކަމުގައި ވީނަމަވެސްމެއެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް