ތިބާއަށް ޙަސަދަލައިގެން އުޅޭ މީހަކު އެކަމެއް ނުހުއްޓާނެ! އޮތީ އޭނާލާ ޙަސަދައިގެ އަސަރު ތިބާއަށް ނުފޯރުވޭނެ އައްޑަނަ ހިފައިގެން ހުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ތިބާއަށް ޙަސަދަލައިގެން އުޅޭ މީހަކު އެކަމެއް ނުހުއްޓާނެ! އޮތީ އޭނާލާ ޙަސަދައިގެ އަސަރު ތިބާއަށް ނުފޯރުވޭނެ އައްޑަނަ ހިފައިގެން ހުރުން!

ދުނިޔޭގައި ތިބި އެންމެ ނުރައްކާތެރި މީހުންނަކީ ކަނޑިއާ ބަޑިން ހަމަލާދޭ މީހުންނެވެ. އަނެކާއަށް ޙަސަދަލައިގެން އުޅޭ މީހުންނެވެ.

ސަބަބަކަށްވަނީ ޙަސަދަ ސިއްރުކޮށްގެން ހުންނަ ކަމެވެ. ހެޔޮއެދޭ މީހެއްކަމަށް ދެއްކިގެން ހުރެ ބޮޑެތި ގެއްލުންތައް ދެމުން ގެންދާތީއެވެ.  

ވިސްނައިލާއިރު ފުރަތަމަ ކަމަކީ އެއްވެސް މީހެއްގެ ހިތުގައި ޙަސަދަލައިގެން އުޅުމަކީ އަލިފާން ދަރު އަންދާފަދައިން މީހާކުރާ ހެޔޮ ޢަމަލުތައް އަންދައި ހުސްކުރާނެ ކަމެއްކަން ޙަދީޘްފުޅުން އެނގެން އޮތުމެވެ. އަދި އެކަން އެނގިހުރެ އެއްވެސް މީހަކަށް ޙަސަދަލުމަކީ އެއްވެސް މިންވަރަކަށް ހިތުގައި ބިރުވެތިކަން ނެތް މީހަކު ނޫނީ ކުރާނެ ކަމެއް ނޫންކަމެވެ. އެފަދަ މީހަކަށް އޭނާގެ ޙަޤީޤީ މޫނެއް ނުދެއްކޭނެ ކަމެވެ.  

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނާއި މީހަކު ހަސަދަވެރިވެއްޖެނަމަ އެމީހަކު ހިތްހަމަޖައްސައިދޭން ނުވަތަ އޭނާގެ ވިސްނުން ބަދަލުކުރުވޭތޯ އެކި ގޮތްގޮތަށް މަސައްކަތްކުރެއެވެ. ބައެއް ފަހަރު އޭނާ ދީފާނެ ގެއްލުމަކަށް ބިރުންނެވެ. އަނެއްބައި ފަހަރު ހަސަދަވެރިއަކު ހުރުމަށް ނުއެދެވޭތީއެވެ.  

ނަމަވެސް އެއީއަކީ ކުރެވޭނެ ކަމެއް ނޫނެވެ. ޢާންމުގޮތެއްގައި ހަސަވެރިން ޙަސަދަވެރިވަނީ އެމީހުންގެ ހިތުގައި އުފެދޭ ނަފްރަތަކުން ކަމުގައިވާތީއެވެ. ވީމާ ބޭރުފށުން އެމީހުންއިޞްލާޙްވިކަން ނުވަތަ ބަދަލުވިކަން ދެއްކިނަމަވެސް ވަރަށް މަދުން ނޫނީ އެމީހުންނަށް އޮންނަނީ އެމީހުންގެ ހިތް ސާފުނުކުރެވިފައެވެ.  

އެފަދަ މީހުންގެ ކިބައިން ސަލާމަތްވެހުރުމަށް އޮތީ ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމެވެ. އާޔަތުލްކުރުސި، އިޚްލާޞް، އަލްފަލަޤް ސޫރަތް ދެއއިރު ކިޔަވަމުން ގެންދިއުމެވެ.  

ޑރ. އިޔާޟް ވިދާޅުވެފައިވެއެވެ.   

"ހަސަދަވެރިއެއްގެ ހިތްހަމަޖައްސައިދޭން ނުވިސްނާށެވެ! އެއީ ދުވަހަކުވެސް ކުރެވޭނެ ކަމެއް ނޫނެވެ. އޭނާގެ ހަސަދަވެރިކަމާއިއެކު ވާނެ އެއްޗެއް ވާން ދޫކޮށްލާށެވެ.  

އޭނާގެ ހަސަދަވެރިކަމުން ސަލާމަތްވާން ޛިކްރްތައް ކިޔައި ރައްކާތެރިކަން ހޯދާށެވެ! ﷲ ޙައްޤަށް ނަޞްރު ދެއްވަވާނެކަން ކަށްވަރެވެ! އިން ޝާ ﷲ."

– ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން