ގަދަފަދަ ޢަޛާބާ ބިރުވެރިކަން ނޫން ކަމެއް ނަރައަކު ނެތް! ހަމައެކަނި މިހުވަފެނާއިމެދު ވިސްނާލިޔަސް އެންމެ ބޮޑަށް މަސައްކަތްކުރެވޭނީ ނަރަކައިން ސަލާމަތްވުމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ގަދަފަދަ ޢަޛާބާ ބިރުވެރިކަން ނޫން ކަމެއް ނަރައަކު ނެތް! ހަމައެކަނި މިހުވަފެނާއިމެދު ވިސްނާލިޔަސް އެންމެ ބޮޑަށް މަސައްކަތްކުރެވޭނީ ނަރަކައިން ސަލާމަތްވުމަށް!

ހެޔޮލަފާ މީހުންނަށް ވަރަށް ގިނަ ތަފާތު ހުވަފެންތައް ފެންނާނެއެވެ. އެއިގެ ތެރޭގައި އެމީހަކު އިޞްލާޙްވުމަށް ހިތްވަރު ލިބުން، ނުވަތަ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުން ފަދަ ކަންކަމަށް ހިތްވަރު ލިބުން ފަދަ ކަންކަން މެދުވެރިވާނެ ހުވަފެންތައް ފެންނާނެއެވެ. އެހެން މީހުންނަށް އޮތީ އެފަދަ ވާހަކަތަކުން ޢިބްރަތް ޙާޞިލުކުރުމެވެ.  

ރަމަޟާން މަސް ފެށުނު ރޭ އަންހެނަކަށް ފެނުނު ހުވަފެނެކެވެ. އެ ހުވަފެނުގައި މީހަކު އައިސް ބުނެއެވެ. ރަމަޟާން މަސް ލައިގަތުމުން ތިބާ ތިއަ ގެންދަނީ މީރުހައި އެއްޗެއް ކަމުންނެވެ. އުފާކުރަމުންނެވެ. އެންމެފަހަރަކުވެސް ނަރަކައިގައި މީހުން އެތިބަ ހާލާއިމެދު ވިސްނައިލިން ހެއްޔެވެ؟

ނަރަކައިގައި އަޒާބު ލިބެމުންދާއިރު ލައިގެން ތިބެން ޖެހޭ ފޭރާމަކީ ވެސް އަލިފާނުގެ ފޭރާމެކެވެ. އެ ފޭރާމުގެ ސަބަބުން ނަރަކައިގެ ހޫނު ގަދަ އަލިފާނުގެ ހޫނުކަން އިތުރަށް ގަދަވެގެންދެއެވެ. ވާރޭ ވެހެން އުޅޭހެން ހީވެދާނެއެވެ. ވިލާތައް ފެނިދާނެއެވެ. ނަމަވެސް ވެހޭނީ އެސިޑަށްވުރެ ތޫނު އެއްޗެކެވެ.  

ނަރަކައަށް ވަނުމުން ލިބޭ އަޒާބުގެ ގަދަފަދަ ކަމުން ބަނޑުހައި ނުވާނެ ކަމަށް ހީނުކުރާށެވެ. ނަރަކައިގައި އޮންނައިރު އަބަދު އޮންނާނީ އިންތިހާއަށް ބަނޑުހައިވެފައެވެ. ފެން ބޮވައިގަނެގެން ކުޑަދޫ އެތައް ހިސާބަކަށް ބޭރަށް ނުކުމެފައެވެ. ނަމަވެސް އެނގޭ ހެއްޔެވެ؟ ހައިހޫނުކަން ފިލުން ކާން ލިބޭ ޒައްޤޫމް ކެއިވަރަކަށް ގޮހޮރު ދާނީ އިރައިރައިގެންނެވެ. ބުއިމަށް ލިބޭ ދިޔާއެއްޗެތި ބުއިމަށް މޫނު ކައިރިކޮށްލުމުން މޫނުގައި ހުންނަ ހަންތައް ވިރިގެން އެއެއްޗެތީގެ ތެރެއަށް ދާނީ އެޅެމުންނެވެ.  

މިއީ އޭނާއަށް ހުވަފެނުގައި އެނގުނު ކަންކަން ނަމަވެސް މިއީ ހަމަ މިކަންކަން ހިނގަމުންދާ ގޮތެވެ. ނަރަކައި ތިބޭ ބައަކަށް ތާއަބަދު ކުރިމަތިވަމުންދާނެ ގަދަފަދަ ޢަޛާބުގެ ތެރެއިން ވަރަށް ކުޑަ މިންވަރެކެވެ. ވީމާ ހިތަށް މިކަންކަން ގެނެސް ބިރުވެތިވެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ!  

ޒައްޤޫމެވެ ބުނީމާ އެއީ ކޮން އެއްޗެއްކަން އެނގޭ ހެއްޔެވެ؟ އެއީ ނަރަކައިގައި ހުންނަ ގަހަކުން ލިބޭ އެއްޗެކެވެ. އެގަހުގެ މޫތައް ވަނީރަކައިގެ އެންމެ އަޑީގައެވެ. އެގަހަށް ލިބޭ ފެނަކީ ނަރަކައިގެ އަހުލުވެރިންގެ ގައިގެ މަސްތައް އަނދައިގެންދާއިރު ފައިބާ ކުނި ފާދިޔައެވެ. ޒައްޤޫމެއްގެ އެންމެ ތިއްކެއް ދުނިޔެއަށް ޖެހި ނަމަވެސް މުޅި ދުނިޔެ އަނދައިގެން ހިނގައިދާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

މީސްތަކުންނޭވެ! މިއަހަރުގެ ރަމަމާންމަސް ނިމިގެންދިއައީއެވެ. މަސައްކަތްކުރަންވީ ﷲ ގެ ރަޙްމަތްފުޅުން ދެން ބައްދަލުވާ ރަމަޟާން މަހަކީ ބިރުވެރިކަމުން ފުރިގެންވާ އެ ނަރަކައިން ސަލާމަތްވުމަށް ލިބޭ އެންމެ ފަހު ފުރުޞަތު ކަމަށްވެދާނެއެވެ! ވީމާ ކިތަންމެ ގިނަ މަސައްކަތްތަކެއް ކޮށްގެން ނަމަވެސް ނަރަކައިން މިންޖުވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން