ސަޖިދައިގަ އޮވެ ދުޢާކުރާ ބަސްތައް ބިންމަތީގައި ޖެހުނަސް އެއަޑު ހަތްއުޑުގެ މައްޗަށް އުފުލި ޢަރުޝީގައި ވޮޑިގެންވާ ﷲ ތަޢާލާއަށް އަޑުއިވިވޮޑިގަތުމަށް އެއްވެސް ހުރަހެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ސަޖިދައިގަ އޮވެ ދުޢާކުރާ ބަސްތައް ބިންމަތީގައި ޖެހުނަސް އެއަޑު ހަތްއުޑުގެ މައްޗަށް އުފުލި ޢަރުޝީގައި ވޮޑިގެންވާ ﷲ ތަޢާލާއަށް އަޑުއިވިވޮޑިގަތުމަށް އެއްވެސް ހުރަހެއް ނެތް!

ބައެއް މީހުން އެމީހުންގެ ނިކަމެތިކަމަށް ވިސްނައި ދުޢާކުރަން ފަސްޖެހެއެވެ. ދުނިޔޭގައި އުޅެންޖެހޭ ދަރަޖަ ނިކަމެތިވުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހާގެ ދަރަޖައަށް އުނިކަން އަންނަ ސަބަބެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ އެއީ ދަރަޖަ އުފުލާލަން ދެއްވަވާ ފުރުޞަތެކެވެ.  

ސުވަރުގޭގައި ގިނަވާނީ ތަނަވަސްމީހުން ނޫންކަމަށްވެފައި ގިނަވާނީ ފަޤީރުން ކަމަށްވާނެކަނެކަން އެނގެން އޮތުމުން މިބުނި ބަހުގެ ދަލީލަކަށް ފުދޭނެއެވެ. 

ސަޖިދައިގައި އޮވެ ތަޞްބީޙަ ކިޔަނީ ބިމުގައި އަނގަ ޖެހޭހައިކަރީގައެވެ. އެއަޑު ގޮސް ޖެހެނީ ބިމުގައެވެ. (ތަޅުމުގަ ނުވަތަ އެމީހަކު ސަޖިދަކުރި ތަނެއްގައެވެ.) ނަމަވެސް އެ އަޑު އިވެނީ ބިމަކަށް ނޫނެވެ. ވަގުތުން އެއަޑު އުފުލިގެންދަނީ ﷲ ގެ ޙަޟްރަތަށެވެ!  

ސަޖިދަކުރުން ގިނަކުރާށެވެ! ސަޖިދަ ދިގުކުރާށެވެ. (ސަޖިދައިގަ ގިނަ ވަގުތު ހޭދަކުރާށެވެ.) ބޭނުންވާހައި ކަމަކަށް އެދި ދުޢާކުރާށެވެ! ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން