ޢާއިޝަތު ރަފާޙް ޢަލީ
މި ދުނިޔޭގައި އެކި މީހުންނަށް އެކި ގޮތްގޮތުން އިމްތިޙާނު ކުރެވެއެވެ. ތިޔަ ކުރިމަތިވެފައިވާ އިމްތިޙާނަކީ ކައިވެނީގެ މައްސަލައެވެ. އެހެން މީހަކަށް ފަހަރެއްގައި ކެންސަރު ފަދަ ބައްޔަކުން އިމްތިޙާނު ކުރައްވަވައިފާނެއެވެ. މާތް ﷲ އަޅުގަނޑުމެން އެންމެން ރައްކާތެރިކުރައްވާށިއެވެ. އަދި އެހެން ބަޔަކު އިމްތިޙާނު ކުރެވެނީ އެމީހުންގެ ސަލާމަތްތެރިކަމުގައި، މުޒާހަރާތަކާއި، އަނިޔާވެރިކަމާއި، މަރުމަރާއި، ވައްކަންތައް ހިންގުމުގެ ތެރެއިންނެވެ.
ބައެއް ޤައުމުތަކުގައި، ބައެއް މީހުން އިމްތިޙާނު ކުރެވެނީ ބަނޑުހައިހޫނުކަމާއި ހަނަފަސްކަމުންނެވެ. އަދި އެހެން ޤައުމުތަކުގައި، އެމީހުން އިމްތިޙާނު ކުރެވެނީ ފަޤީރުކަމާއި ރަނގަޅު ވަޒީފާއެއް ނުލިބުމުންނެވެ. އަދި އެހެން ތަންތަނުގައި، މީސްތަކުން އިމްތިޙާނު ކުރެވި އަނިޔާ ލިބެނީ އެމީހުންގެ ދީނުގެ ސަބަބުންނެވެ. އެމީހުންނަށް ނަމާދުކުރަން ނުދެވެއެވެ. އަންހެނުންނަށް ހިޖާބު އެޅުމުގެ ފުރުޞަތެއް ނުލިބެއެވެ. ފިރިހެނުންނަށް ތުނބުޅި ބާއްވާކަށް ނުދެވެއެވެ. އެމީހުން ލެވެނީ ނާޒީންގެ ޖަލުތަކެކޭ އެއްފަދަ ތަންތަނަށެވެ. އެމީހުންނަށް އަނިޔާ ކުރެވެނީ ހަމައެކަނި "އަޅުގަނޑުގެ ވެރިއަކީ ﷲ އެވެ" ބުނުމުގެ ސަބަބުންނެވެ.
އެހެންކަމުން، އަޅުގަނޑުމެން މި ދުނިޔޭގައި ލެއްވެވިފައިމިވަނީ ﷲ އަށް އަޅުކަން ކުރުމަށެވެ. އަދި ﷲ އަށް އަޅުކަން ކުރުމުގެ ތެރޭގައި ހިމެނެނީ އެކަލާނގެ ދެއްވަވާ އިމްތިޙާނުތަކުގައި ކެތްތެރިވެ، ހިތްވަރުގަދަ ކުރުމެވެ. އެހެންވީމާ، ﷲ އަޅުގަނޑުމެން އިމްތިޙާނު ކުރައްވަނީ ކާކުތޯ ރަނގަޅަށް ކުރާނީ ބެއްލެވުމަށެވެ.
ތިޔަ ބޭފުޅާގެ އިމްތިޙާނަކީ ކައިވެންޏެވެ. މާތް ﷲ އަދި ތިޔަ ބޭފުޅާއަށް ރަނގަޅު ހުށަހެޅުމެއް ތިބާގެ ގާތަށް ނުފޮނުއްވައެވެ. ދެން ކުރާނީ ކީއްތޯއެވެ؟ ތިޔަ ބޭފުޅާ ޤަދަރަށް އީމާންވަމުތޯއެވެ؟ އާނއެކޭ ބުނެފިއެވެ. އެހެންވީމާ ތިޔަ ބޭފުޅާ ކުރާނީ ކޮންކަމެއްތޯއެވެ؟ ހަމައެކަނި އިށީނދެ އިނދެ ހިތާމަކުރާނީތޯ ނުވަތަ ކުރިއަށްދާނީތޯއެވެ؟ ﷲ ތިޔަ ބޭފުޅާއަށް އަމުރުކުރެއްވި ގޮތަށް އާދައިގެ ދިރިއުޅުން އުޅުއްވާށެވެ. އެކަން ޤަދަރުގައި ލިޔެވިފައިވާ ވަގުތު އަންނައިރު އެކަން ވާނެއެވެ. އަދި އެކަން ނުވާނަމަ، އެއީވެސް ޤަދަރުގައި ލިޔެވިފައިވިފައިވާ ގޮތެވެ. އެކަން ޤަބޫލުކުރައްވާށެވެ.
ތިޔަ ބޭފުޅާގެ ދަތުރު ނިމޭނީ މަރުވާ ހިނދުއެވެ. އަދި މިކަން ހިނގާނީ މަދު އަހަރުތަކެއްގެ ތެރޭގައި، ފަހަރެއްގައި އެއަށްވުރެވެސް އަވަހަށް ކަމަށް ވެދާނެއެވެ. އެހެންވީމާ، ހަމައެކަނި ﷲ އަށް ޤަދަރު ކުރައްވައި، ތިޔަ ބޭފުޅާއަށް އެންމެ ރަނގަޅު ވަގުތު އެނގިވޮޑިގެންވާ ކަމެއްގެ މައްޗަށް ޝަކުވާކުރުމުގައި އަބަދު ވަޤުތު ބޭކާރު ނުކުރައްވާށެވެ.
މިހެން ދަންނަވާފައި، އަބަދުވެސް އުޖާލާ ކަންތައްތަކަށް ބައްލަވާށެވެ. ތަށީގެ ފުރިފައިވާ ދެބައިކުޅައެއްބަޔަށް ބައްލަވާށެވެ، ހުސްވެފައިވާ ދެބައިކުޅައެއްބަޔަށް ބެއްލެވުމުގެ ބަދަލުގައި. އެއީ އެއް ތަށްޓެވެ. އޭގެ ދެބައިކުޅައެއްބައި ފުރިފައިވެއެވެ. ދެބައިކުޅައެއްބައި ހުސްވެފައިވެއެވެ. އެކަމަށް ވިސްނަވާށެވެ.
ތިޔަ ބޭފުޅާ ކައިވެނި ނުކުރައްވައެވެ. ތިޔަ ބޭފުޅާގެ އުމުރަކީ 28 އަހަރެވެ. ތިޔަ ބޭފުޅާގެ މައިންބަފައިން ހިތާމަކުރައްވަނީ ތިޔަ ބޭފުޅާ ކައިވެނި ނުކުރައްވާތީއެވެ. އާދެ، މިއީ ފުރަތަމަ ސިނާރިއޯއެވެ. ދެވަނަ ސިނާރިއޯއަކީ، ރަނގަޅު ހުށަހެޅުމެއް އަންނަނީ، ނުވަތަ ތިޔަ ބޭފުޅާ ހިތްޕުޅަށް އަރާވަޑައިގަންނަވަނީ އެއީ ރަނގަޅު ހުށަހެޅުމެކެވެ. އެހެންވެ ތިޔަ ބޭފުޅާ ކައިވެނިކުރައްވަނީ، މާބަނޑުވެވަޑައިގަންނަވަނީ، އެހިސާބުން އެނގެނީ އޭނާއަކީ އަނިޔާވެރި މީހެއްކަން! އޭނާ ނަމާދެއް ނުކުރެއެވެ. އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެކެވެ. އަދި މިހުރިހާ ކަމެއް ތިޔަ ބޭފުޅާއަށް އެނގިވަޑައެއް ނުގަންނަވައެވެ. އަހަރު ނުވަތަ ދެ އަހަރު އަނިޔާ ލިބިވަޑައިގަތުމަށްފަހު، ވަރިވެވަޑައިގަންނަވަނީއެވެ. ތިޔަ ބޭފުޅާ އެނބުރި ގެއަށް ވަޑައިގަންނަވަނީ ދެތިން ދަރިންނާއެކު މައިންބަފައިންގެ އަރިހަށެވެ.
ކޮބައިތޯ އެންމެ ރަނގަޅު ގޮތަކީ؟ ފިރިއަކު ނެތި ހުންނެވުންތޯ ނުވަތަ މި މުޞީބާތުގެ ތެރެއަށް ވަޑައިގަތުންތޯ؟
ތިޔަ ބޭފުޅާ ދެކެވަޑައިގަންނަވަނީ ކައިވެނިކުރައްވާ ކޮންމެ ބޭފުޅަކު މިފަދަ ކަމެއް ތަޖުރިބާކުރައްވާނެ ކަމަށްތޯއެވެ؟ ނޫނެކެވެ. އަޅުގަނޑު މި ދަންނަވަނީ ތިޔަ ބޭފުޅާ މިހާރު ހުންނެވި ޙާލަތާމެދު އެދެވޭ ގޮތެއްގައި ވިސްނަވަންޖެހޭ ކަމަށެވެ. އަބަދުވެސް މާތް ﷲ އަށް ޝުކުރުވެރިވެވަޑައިގަންނަވާށެވެ. ޙާލަތު އެއަށްވުރެވެސް ގޯސްވެދާނެއެވެ. އެހެންވީމާ، الحمد لله.
އާންމު ދުޢާތައް ކުރައްވާށެވެ. އަބަދުވެސް ދުޢާ ޤަބޫލުވާ ވަގުތުތަކުގައި ދުޢާކުރައްވަން މަސައްކަތްޕުޅު ކުރައްވާށެވެ. ސަޖިދައިގައި ވަނިކޮށް ގިނަގިނައިން ދުޢާކުރައްވާށެވެ. "އޭ ﷲ އެވެ، އަޅުގަނޑަށް ޞާލިޙު، ތަޤުވާވެރި އަދި މުއްސަނދި ފިރިއަކު ދެއްވާނދޭވެ" މިފަދައިން ދުޢާކުރައްވާށެވެ. ސަލާމްދެއްވުމުގެ ކުރިން، ހަމަ މިފަދައިން ދުޢާކުރައްވާށެވެ. ދުވާލަކު ފަސްފަހަރު، ހަމަ މިފަދައިން ދުޢާކުރައްވާށެވެ. ވާރޭވެހޭއިރު، ހަމަ މިފަދައިން ދުޢާކުރައްވާށެވެ. ރޭގަނޑުގެ ފަހު ތިންބައިކުޅަ އެއްބައިގައި، ހަމަ މިފަދައިން ދުޢާކުރައްވާށެވެ.
މި ހުރިހާ ކަމަކީވެސް ތިޔަ ބޭފުޅާއަށް ފައިދާކުރާނެ ކަންކަމެވެ. އެހެންކަމުން ތިޔަ ބޭފުޅާގެ އެންމެ މޮޅު ގޮތުގައި މާތް ﷲ އަށް ދުޢާކުރައްވަން މަސައްކަތްޕުޅު ކުރައްވާށެވެ. އަދި މާތް ﷲ سبحانه وتعالى، ތިޔަ ބޭފުޅާއަށް އެންމެ ރަނގަޅު ވަގުތު އަންނަ ހިނދު، މިކަން ވުޖޫދަށް ގެންނަވާނެއެވެ. އަދި މާތް ﷲ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ.