ކޮންމެ މީހަކުވެސް އެދޭނީ ދުނިޔޭގައިވެސް އުފާވެރިކަމެވެ. ހިތްދަތިކަމުގައި އުޅޭކަށް ބޭނުމެއް ނުވާނެއެވެ. ނަމަވެސް މުސްލިމުންނަކީ ހިތްދަތިކަމުގައި އުޅެންޖެހުނަސް އެކަމަށް ކެތްތެރިވާ ބައެކެވެ. އެއީ އާޚިރަތް ދުވަހުން ދެއްވަވާނެ ބޮޑު އުފާވެރިކަމުގެ އުންމީދުގައެވެ.
މިދުނިޔޭގަ އާއި ޤިޔާމަތްދުވަހު އުފަލާ ހިތްހަމަޖެހުން ލިބޭނެ 3 ކަމެއް ވެއެވެ. މި 3 ކަންތައް ކުރުމުގައި ދެމިހުރެއްޖެ މީހާ ދުނިޔޭގައިވެސް އާޚިރަތް ދުވަހުވެސް ހުންނާނީ ހަމަ ވަރަށް އުފަލުންނެވެ. ހިތްހަމަޖެހިގެންނެވެ. އެއީ އެމީހާއަށް ﷲ ތަޢާލާ އުފާވެރިކަން ދެއްވަވާނެތީއެވެ. ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުއްވަވައި ދެއްވަވާނެތީއެވެ! އިން ޝާ ﷲ
އެ 3 ޢަމަލަކީ:
1 ގިނަގިނަގިނައިން ﷲ ތަޢާލާ ހަދުމަކޮށް ﷲ ތަޢާލާ މަތިވެރިކުރާށެވެ!
2 ފަރުޟު ނަމާދުކުރުމުގެ އިތުރުން ސުންނަތް ނަމާދުކުރުން ގިނަކޮށް ސަޖިދަކުރުން ގިނަކުރާށެވެ!
3 މަރުވުމާއި ހަމައަށް އިޚްލާޞްތެރިކަމާއިއެކު އަޅުކަންކުރުން މަތީގައި ދެމިހުންނާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން