ރަނގަޅު ގޮތް މެދުވެރިވުމަށް އެދޭމީހާ ހިނދުކޮޅަކަށްވެސް ދޫކޮށްލައިގެން ނުވާނެ 2 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ރަނގަޅު ގޮތް މެދުވެރިވުމަށް އެދޭމީހާ ހިނދުކޮޅަކަށްވެސް ދޫކޮށްލައިގެން ނުވާނެ 2 ކަމެއް!

ކޮންމެ މުސްލިމަކީވެސް ﷲ ތަޢާލާގެ ރަހްމަތްފުޅަށް އެދިއެދި ހުންނާނެ މީހެކެވެ. ރަނގަޅު ގޮތްތައް މެދުވެރިވުމަށްވެސް އެދިއެދި ހުންނާނެ މީހެކެވެ. އެހެންކަމަށްވާއިރު އެއްވެސް ޙާލެއްގައި އުންމީދު ކަނޑާނުލައި ހިފަހައްޓަން ޖެހޭ 2 ކަމެއްވެއެވެ.

އެއީ: 1 ﷲ ގެ ރަޙްމަތާއިމެދުއުންމީދު ކަނޑާނުލުން. 2 ކުރާ ދުޢާ އިޖާބަކުރައްވަވާނެކަން ޔަޤީންކުރުން!  

މި 2 ކަންތަކުގައި ކެތްތެރިކަމާއިއެކު ސާބިތުވެ ހުރެއްޖެ މީހަކަށް އަބަދުވެސް ދާނީ ރަނގަޅު ގޮތްތައް މެދުވެރިވަމުންނެވެ! އިން ޝާ ﷲ 

"އަދި ތިއަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވެވިއެވެ. ތިއަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިއަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާ ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކައަށް ވަންނާނެތެވެ." (ޣާފިރު: 60)

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން