ބައިވެރިޔާއަށްޓަކައި އިޚްލާޞްތެރިކަމާއިއެކު މިފަދައިން ދުޢާކުރާ މީހެއްގެ ޙަޔާތްވާނީ އުފަލުން ފުރިގެން! ފޫހިވެ، ދެބަސްވެ ވަރިވާކަށް ނުޖެހޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ބައިވެރިޔާއަށްޓަކައި އިޚްލާޞްތެރިކަމާއިއެކު މިފަދައިން ދުޢާކުރާ މީހެއްގެ ޙަޔާތްވާނީ އުފަލުން ފުރިގެން! ފޫހިވެ، ދެބަސްވެ ވަރިވާކަށް ނުޖެހޭނެ! އިން ޝާ ﷲ

އަބަދުހެން އަޑުއަހަން މިޖެހެނީ ކައިވެނިކުރުމަށްފަހު ބައިވެރިޔާއަށްވުރެ މާރީތި މީހުން ފެނިގެން ޖެހޭ މައްސަލަތަކުގެ ވާހަކަތަކެވެ. ބައިވެރިޔާގެ ސިފައަށް އަންނަ ބަދަލަކާއި ގުޅިގެން ފޫހިވެ ކައިވެނިރޫޅައިލުން ގިނަވާ ކަމުގެ ވާހަކަތަކެވެ.  

ނިކަން ބުނެބަލާށެވެ! ބައިވެރިޔާއަށްޓަކައި މިފަދައިން ދުޢާކުރަނީ ކިތައް މީހުން ހެއްޔެވެ؟

ޔާ ﷲ! މިއަޅާގެ ބައިވެރިޔާ ފިޔަވައި އެހެން އެއްވެސް މީހަކީ ރީތި މީހެއްގެ ގޮތުގައި މިއަޅާއަށް ނުދައްކަވާނދޭވެ! މިއަޅާގެ ބައިވެރިޔާގެ ސިފައަށް އަންނަ ކޮންމެ ބަދަލަކީ އެބަދަލެއްގެ ސަބަބުން މިއަޅާގެ ހިތުގައި އޭނާގެމައްޗަށް ލޯބި އިތުރުވާ ކަމެއްކަމުގައި ލައްވަވާނދޭވެ! އާމީން 

އަހުރެން ބުނާނީ އިޚްލާޞްތެރިކަމާއިއެކު މިފަދައިން ދުޢާކުރާނީ މަދު މީހަކު ކަމަށެވެ. ގޮތްބަލަންވެސް އިކްލާޞްތެރިކަމާއިއެކު ނިކަން މިފަދައިން ދުޢާކުރުންމަތީގައި ދެމިހުރެބަލާށެވެ! އެމީހެއްގެ ޙަޔާތްވާނީ އުފަލުން ފުރިގެންނެވެ.  

އެއީ އެކައިވެނި ހެޔޮ ގޮތުގައި ދެމިގެންދާނެތީއެވެ. އެކަމުގެ ފައިދާ އިންތިހާއަށް މުޅި ދިރިއުޅުމަށްވެސް ކުރާނެތީއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން