ވަރަށް ބަލިޙާލުކޮޅުގައި އޮންނެވި ޞަޙާބީއެއްގެ އަރިއަހަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޒިޔާރަތް ކުރެއްވެވިއެވެ. އެއިރު ޙާލުކޮޅު ހުރިގޮތުން ރަނގަޅަށް ވާހަކަފުޅުވެސް ނުދެއްކެވެއެވެ.
ޙަދީޘް ކުރެއްވެވިއެވެ! "ޝިފާއަށް އެދި ދުޢާ ނުކުރައްވަމު ހެއްޔެވެ؟" އޭނާ ދެންނެވީ ޤިޔާމަތް ދުވަހު ކުރިމަތިކުރައްވަވާނެ މުޞީބާތްތައް މިދުނިޔޭގައި މިންވަރުކުރެއްވެވުމަށް އެދިވަޑައިގެންނެވިން ކަމަށެވެ.
ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަންބޮޑުވެވަޑައިގެން ޙަދީޘްފުޅު ކުރެއްވެވިއެވެ. "ތިބާ މިފަދައިން ދުޢާކުރެއްވެވި ނަމައެވެ. ނުވަތަ މިފަދައިން ދުޢާ ނުކުރެއްވެވެވީ ކީއްވެގެން ހެއްޔެވެ؟
رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ.
އެފަދައިން ދުޢާކުރެއްވެވުމުން އެޞަޙާބީއަށް ޝިފާ ދެއްވެވިއެވެ.
ވީމާ އާޚީރަތް އެދިގެންވެސް ދުނިޔޭގައި ދަތިޙާލުގައި ލެއްވެވުމަށް ނުއެދޭށެވެ. އެދެންވީ ދުނިޔެއާއި އާޚިރަތަށެވެ. އޮތީ ދުނިޔެއަށް އެދިގެން ހައްދުފަހަނައަޅައި ނުދިއުމެވެ.
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން