ތައުބާވުމަށްފަހު ފާފަކުރެވުނަސް ތައުބާވުމުން ކުރާނެ ފައިދާ ވަރަށް ބޮޑު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ތައުބާވުމަށްފަހު ފާފަކުރެވުނަސް ތައުބާވުމުން ކުރާނެ ފައިދާ ވަރަށް ބޮޑު!: މުފްތީ މެންކް

ތައުބާވުމަށްފަހުގައިވެސް ފާފަކުރެވޭތީ ތައުބާނުވެ ތިބޭބައަކު އުޅެއެވެ. އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ސަބަބަކީ ތައުބާވުމުން އެމީހަކަށް އެހިސާބަށް ކުރެވިފައިވާ ފާފަތަކަށް ތައުބާވެވުނީއެވެ. ތައުބާވީ އިޚްލާޞްތެރި ނިޔަތުގައިކަމަށްވާނަމަ ﷲ ތަޢާލާ އެމީހެއްގެ ތައުބާ ޤަބޫލުފުޅު ކުރައްވަވާނެތެވެ. އިން ޝާ ﷲ  

ދެން އޮތީ ފާފައެއް އިތުރަށް ނުކުރަން މަސައްކަތްކުރުމެވެ. އެކަމުގައި ކާމިޔާބު ކުރެވިއްޖެނަމަ އެމީހަކަށް ކުރެވުނު ފާފަތަކަކީ އެމީހަކަށް ކުރެވުނު ހެޔޮ ޢަމަލުތައް ކަމަށް ﷲ ތަޢާލާ ބަދަލުކުރައްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ  

ދެން އޮތީ އެންމެ ބޮޑު މައްސަލައެވެ. ކޮންމެ މީހަކީވެސް އަބަދުވެސް ކޮންމެވެސް ފާފައެއް ކުރެވޭނެ މީހެކެވެ. ވީމާ އެއްވެސް ފާފައެއް ނުކުރެވޭ މީހަކަށްވީދުވަހަކުން ތައުބާވާން ހުރެއްޖެ މީހަކަށް ގާތީ ތައުބާނުވެވި ހުއްޓައި މަރުވާންޖެހުމެވެ. އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ.  

އޮތް އެންމެ އުފާވެރި ޚަބަރަކީ ސުވަރުގެ ހައްދަވާފައިވަނީ އެއްވެސް ފާފައެއް ނުކުރެވޭ މީހުންނަށް ނޫންކަމެވެ. ފާފަކުރެވުމުން ތައުބާވާ މީހުންނަށްކަމެވެ. ކޮންމެ މީހަކީވެސް ފާފަކުރެވޭނެ މީހަކުކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ތައުބާނުވެ ނުތިބޭށެވެ. ވީހާ ގިނައިން ތައުބާވަމުން ގެންދަވާށެވެ. އެމީހަކަށް ﷲ ތަޢާލާ ސުވަރުގެ މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން