ބިލުވުމުން ޝިފާއަށް އެދި ﷲ ތަޢާލާއަށް ދުޢާކުރަމުއެވެ. ދުޢާކުރަމުން ދަނިކޮށްވެސް ޙާލު އިތުރަށް ބޮޑުވާނަމަ ދުޢާކުރަން މާޔޫސްވެވެއެވެ. އުންމީދު ކަނޑައިލެވެއެވެ. އަދި ދުޢާކުރުން ހުއްޓައިވެސް ލެވެއެވެ. ނަމަވެސް މިއީ މީހަކަށް އެންމެ ގޯސްކޮށް ކަންކަން ކުރެވޭނެ ގޮތެވެ.
ރަނގަޅަށް އަޑުއަހާށެވެ! ޑޮކްޓަރުން އުންމީދުކަނޑައިލިޔަސް، ތިބާއަށް އުންމީދު ގެއްލުނަސް ދުޢާކުރުން ހުއްޓައިނުލުމާއި އުންމީދު ކަނޑައިނުލުމަކީ އެމީހަކަށް ލައްވަވާނެ އެންމެ ބޮޑު ރަޙަމަތް ލައްވަވާނެ ސަބަބެވެ. އޭނާ އެޙާލަތުގައިވެސް ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދުކަނޑާނުލައި ދުޢާކުރުންމަތީގައި ހުރުމުގެ ޖަޒާއަކަށް މިންވަރުކުރައްވަވާނީ ސުވަރުގެއެވެ. އިން ޝާ ﷲ
މިޘާލެއް ބުނެލާނަމެވެ. ކެންސަރުބަލި ޖެހިފައިވާ މީހެކެވެ. ޑޮކްޓަރު ބުނަނީ ދެވޭނެ އިތުރު ފަރުވާއެއް ނެތްކަމަށާއި ދުނިޔޭގައި ދެން ހުންނާނީ ގިނަވެގެން 10 ވަރަކަށް ދުވަހު ކަމަށެވެ. މިހެން މިކަން މެދުވެރިވާ އެންމެން އެމުއްދަތުގައި މަރުވޭހެއްޔެވެ؟ އެއިގެ ފަހުން އެތައް ދުވަހެއްވަންދެން ދުނިޔޭގައި ނުތިބޭ ހެއްޔެވެ؟ އަހުރެމެންނަށް ނުވިސްނެނީ އެއީވެސް ޝިފާއެއްކަމެވެ. ލައްވަވާ ބޮޑުރަޙްމަތެއް ކަމެވެ. އެކަން ރަޙްމަތަކަށްވާ ސަބަބަކީ އެއީ އޭނާގެ ހެޔޮ ޢަމަލުތައް ގިނަކޮށްލަން ލިބޭ ފުރުޞަތަކަށްވާތީއެވެ. ދުލުން ނުކިޔޭނަމަ ހިތަށް އަރުވައިގެން ނަމަވެސްމެއެވެ.
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން