ގޭގަކެއްކުމަކީ ހަނދާންނެތޭބަލިޖެހުން ބޮޑުތަނުން ކުޑަކޮށްދޭ ކަމެއްކަމަށް ދިރާސާތަކުން ދައްކައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ގޭގަކެއްކުމަކީ ހަނދާންނެތޭބަލިޖެހުން ބޮޑުތަނުން ކުޑަކޮށްދޭ ކަމެއްކަމަށް ދިރާސާތަކުން ދައްކައިފި!

ޖަޕާނުގައި ހާހެއްހައިމީހުން ބޭނުންކޮށްގެން ކުރި ދިރާސާތަކުން އެނގިފައިވަނީ ގޭގައި ކެއްކުމަކީ ހަނދާން ނެތޭބަލިޖެހުން ބޮޑުތަނުން ކުޑަކޮށްދޭ ކަމެއް ކަމަށާއި ހަފްތާއަކު އެއްފަހަރު ކެއްކިނަމަވެސް 67 އިންސައްތަ އާއިހަމައަށް ބަލިޖެހުމުގެ ރިސްކް ކުޑަކޮށްދޭ ކަމަށެވެ.  

މީގެކުރިންވެސް މިފަދަ ދިރާސާތަކެއްކޮށްފައެވެ. ނަތީޖާގައި ބުނެފައިވަނީ ހަކުރުބަލީގެ ޓއިޕް2 އާއި ބަނޑުގައި ސަރުބީޖެހުން އަދި ހިތަށް ނުރައްކާވުން ކުޑަކޮށްދޭ ކަމަށެވެ.

ޖަޕާނަކީ ގިނަ ޢަދަދަކަށް ތއްޔާރީ ކާނާ ބޭނުންކުރާ ޤައުމެކެވެ. މިފަދަ ދިރާސާތަކުން މިއާދައަށް ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ. ތާޒާ ކާބޯތަކެއްޗަށްވުރެ ތައްޔާރީ ތަކެތީގެ އަގު ބޮޑެވެ. ވީމާ މިއީ އިޤްޠިޞޯދުކުރަންވެސް ކުރަންޖެހިފައިވާ ކަމެކެވެ.  

މިދިރާސާއާއި ގުޅުވައިލަން ބޭނުންވަނީ އަޅުގަނޑުމެންގެ ޢާއިލީ ދިރިއުޅުމެވެ. ގިނަފިރިންނަކީ ކައްކަން ބޭނުންވާ ބައެއް ނޫނެވެ. ދަރިން ބެލުމާއި ގޭތެރޭގެ މަސައްކަތް ބޮޑުވެގެން ނަމަވެސް އަދި ބަލިވެގެން ނަމަވެސް ވަޤުތައް ނުކެއްކި ހުރެއްޖެނަމަ ރުޅިގަދަވާ ފިރިންވެސް ތިބެއެވެ.  

މިދިރާސާއިން ހިތްވަރު ލިބިގަންނަންވީ އަނބިމީހާއަށް ނުކެއްކި ހުންނަ ޙާލަތުގައި އަމިއްލައަށް ކެއްކުމަށެވެ. އަދި އަނބިމީހާއަށް ޙާލަތެއް މެދުވެރިނުވިނަމަވެސް ވަޤުތުލިބޭވަރަކުން ކެއްކުމުގައި އަނބިމީހާއަށް އެހީތެރިވުމަށެވެ. އެއީ އަޅުގަނޑުމެންގެ ދީންވެސް ބާރުއަޅާގޮތެވެ. ފިރިހެނުން ގޭތެރޭގެ ކަންކަން ކުރުމަކީ ސުންނަތުގެ ތެރެއިން ހިމެނޭ ކަމެކެވެ.  

މިމައުލޫމާތާއި ގުޅިގެން އުފައްދާނެ ސުވާލަކީ ކައްކާ އަންހެނުންނަށް އެބަލިތައް ޖެހެނީ ކީއްވެގެންތޯއެވެ؟ ޖަވާބަކީ ދިރާސާގައި އެބުނަނީ ބަލި ނުޖެހޭނެ ކަމަކަށް ނޫނެވެ. ބަލިޖެހުން މަދުކޮށްދޭނެ ވާހަކައެވެ. ދުންފަތުގެ އިސްތިޢުމާލު ނުކުރިޔަސް ކެންސަރުވެސް ޖެހެއެވެ. ނަމަވެސް ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނަށް ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑެވެ.

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު / މިއަދުނޫސް

 

މިއަދު އޮންލައިން