ތިއަ ކަނބަލުން ދެރަވެ ކަރުނަ އަޅަން ބޭނުންނުވާނަމަ އެންމެ ބޮޑަށް ސަމާލުކަންދޭންވީ ކަންތައް ވިސްނެނީ މަދު އަންހެނަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ތިއަ ކަނބަލުން ދެރަވެ ކަރުނަ އަޅަން ބޭނުންނުވާނަމަ އެންމެ ބޮޑަށް ސަމާލުކަންދޭންވީ ކަންތައް ވިސްނެނީ މަދު އަންހެނަކަށް!

އެއީ ކައިވެނިކޮށް އުފަލުގައި ދިރިއުޅެމުން އައި ދެމަފިރިންނެވެ. އަނބިމީހާއަށް އެކުވެރިންތަކެއްގެ ބަސްޤަބޫލުކުރެވި ފިރިމީހާއަށް ބޭވަފާތެރިވެވުނީއެވެ. ކުޑަކޮށެއްވެސް ނޫނެވެ. ހާމަތަނެއްގައި ހިލޭފިރިހެނަކާއިއެކު ލޯބިކުރާ ވީޑިއޯއެއްވެސް ހާމަވީއެވެ.  

އެކަން އެނގުމުން ފިރިމީހާ ނިންމީ ދެބަސްވެ ޒުވާބުނުކޮށް އަނބިމީހާއާއި ވަކިވާށެވެ. ރިވެތި ގޮތުގައި އޭނާ ދޫކޮށްލާށެވެ. އެހެންވެ ވަރިކުރުމުން ފޮށިހިފައިގެން އަނބިމީހާ އަވަސްއަވަހަށް ދިއައީ އެކުގައި ގުޅުން ހިންގި މީހާގެ ގެއަށެވެ.  

އެނާގެ ޖަވާބަކަށްވީ: "އަވަހަށް މިގެއިން ނުކުންނާށެވެ! ކަލޭ ކަހަލަ އަންހެނުންނަކީ ކައިވެނިކުރަން ކަމުދާ ބައެއް ނޫނެވެ. ރަނގަޅުވާނީ ބޭނުންކޮށްލަން އެކަންޏެވެ. ތިއަ ބާވަތުގެ އަންހެނުން އުޅެން އެންމެ ރަނގަޅު ތަނަކީ މަގުމައްޗެވެ. ނިކަން ބުނެބަލާށެވެ! ކަލޭދެކެ ނުލާހިކު ލޯބިވާ، ކަލެއަށް ޚަރަދުވެސްކުރާ ފިރިއަކު ހުއްޓައި އަހުރެންނާއިއެކު ގުޅުން ހިންގި އަންހެނަކު އަހުރެންނަށް ވަފާތެރިވާނެކަމަށް ޤަބޫލުކުރުމަށްވުރެ ކުރެވޭނެ ބޮޑު ކުށަކީ ކޮބައިހެއްޔެވެ؟"  

އަންހެން މީހާ ބުނީ ކަލެއާއިހުރެ އަހުރެންގެ ކައިވެނި ރޫޅި ނިކަމެތިވީދުވަހު ބުނަން އެންމެ ރަނގަޅީ ތިއަހެން ހެއްޔެވެ؟ އުޅެން އެންމެ ރަނގަޅުތަނަކީ މަގުމަތިކަމަށް ހެއްޔެވެ؟ އޭނާ ބުނީ ކުކުޅުހާ އުޅޭގޮތަށް އުޅެން އެންމެ ފަސޭހަވާނީ މަގުމަތީގަ އުޅީމައެވެ.  

ލޮބުވެތިކަނބަލުން އެންމެ ބޮޑަށް ވިސްނަންވީ އެއްކަމަކީ އޭނާ އެބުނި ބަސްތަކަށެވެ. ކުރިކަމެއް ކުރީ ދެމީހުންނެވެ. ކުށްވެރިވެ ކުކުޅުހާލުގެ ދަރަޖަ މިލިބުނީ އަންހެން މީހާއަށެވެ. ކަންކުރީ ކުކުޅަކާ ހާލެކެވެ. އެކަމަކު ހާ އޭތީގެ ދަރަޖަވެސް މިދިނީ ކުކުޅަށެވެ. ހައު ސަލާމަތްވީއެވެ. ޢިއްޒަތްތެރިއަކަށްވީއެވެ.  

އަހުރެން ބުނާނީ ގިނަ އަންހެނުންނަށް ކަރުނައަޅަންޖެހެނީ މިމައްސަލައަށް ވިސްނައިލެވޭތީ ކަމަށެވެ. ވިސްނައި ސަލާމަތްވެގެން ތިބުމަކީ ތިއަ ކަނބަލުންގެ ކަމެކެވެ. އަހުރެންނަށް ދެވޭނީ ނަޞީޙަތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން