ހަނދުމަކޮށްދިނުމެއް!: ނަމާދުނިމިގެން ޛިކުރުކޮށް އާޔަތުލްކުރުސި ނުކިޔައި ފައިބާނަމަ އެނަގައިލެވެނީ ސުވަރުގެ ޔަޤީންކުރެވެން އޮތް ފުރުޞަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ހަނދުމަކޮށްދިނުމެއް!: ނަމާދުނިމިގެން ޛިކުރުކޮށް އާޔަތުލްކުރުސި ނުކިޔައި ފައިބާނަމަ އެނަގައިލެވެނީ ސުވަރުގެ ޔަޤީންކުރެވެން އޮތް ފުރުޞަތެއް!

ވަރަށް ޔަޤީންކަމާއިއެކު ބުނަމެވެ. ނަމާދުނިމިގެން ޛިކުރްތަސްބީޙް ކިޔާލައި އަދި އާޔަތުލްކުރުސި ކިޔައިލަން މަޑުކޮށްލުމަކުން ތިމާކުރަންހުރި ކަންކަން ނުކުރެވިއެއް ނުދާނެއެވެ. ވާނީ އިތުރަށް ފަސޭހައެވެ. އެއީ އެމީހާގެ މަސައްކަތުގައި ﷲ ތަޢާލާ ބަރަކާތްލައްވަވާނެތީއެވެ.  

ސުވަރުގެ އެދޭމީހާ ކޮންމެ ފަރުޟުނަމާދެއް ނިމިގެން ވެސް އާޔަތުލްކުރުސިކިޔަވަން ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. ކިތަންމެ އަވަސްއަރައިގެން އުޅުނަސް އާޔަތުލްކުރުސި ނުކިޔަވައި ނުފައިބާށެވެ! އެހެނީ ކޮންމެ ފަރުޟު ނަމާދަކަށްފަހު އާޔަތުލްކުރުސި ކިޔަވާ މީހާ އާއި ސުވަރުގެވަނުމާއިދެމެދުގައި ވަނީ އެމީހަކު މަރުވުންކަން ޙަދީޘްފުޅުން އެނގެން އޮތްކަމެވެ.  

ހަމަ އެންމެ 30 ސިކުންތުންވެސް ކޮށްލެވިދާނެ ކަމެކެވެ. ހަމައެކަނި ކުރަން އޮތްކަމަކީ އެކަމަށް ސަމާލުކަންދީގެން އެކަންކުރުމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ޙަދީޘް:

عَنْ أَبِي أُمَامَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى

اللَّهُ عَلَيْهِ وَسَلَّمَ مَنْ قَرَأَ آيَةَ الْكُرْسِيِّ دُبُرَ كُلِّ صَلَاةٍ مَكْتُوبَةٍ لَمْ يَمْنَعْهُ مِنْ دُخُولِ الْجَنَّةِ إِلَّا أَنْ يَمُوتَ 

bu Umamah reported: The Messenger of Allah, peace and blessings be upon him, said,  

“Whoever recites the ‘verse of the Throne’ (ayat al-kursi) after every prescribed prayer, there will be nothing standing between him and his entry into Paradise but death.” 

Source: al-Mu’jam al-Kabīr 7406

Grade: Sahih (authentic) according to Al-Albani

 

 

މިއަދު އޮންލައިން