ހަނދުމަކޮށްދިނުމެއް: ނަމާދާމެދު ޣާފިލުވެ ތިބެ ނަމާދު ކުރުމަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ހަނދުމަކޮށްދިނުމެއް: ނަމާދާމެދު ޣާފިލުވެ ތިބެ ނަމާދު ކުރުމަކީ ކޮބާ؟

"ފަހެ، އެއުރެންގެ ނަމާދާމެދު ޣާފިލުވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ." (ސޫރަތުލް މާޢޫންގެ ފަސްވަނަ އާޔަތް"  

މިއާޔަތް ތަފްސީލް: 

-" އެއީ ނަމާދަށް ފަރުވާކުޑަ ކުރާ މީހުންގެ ވާހަކައެވެ. މާނައަކީ ނަމާދު ވަޤުތު ފާއިތުވެގެން ދާއިރުވެސް އެމީހުން މަސައްކަތްތަކުގައި ނޫނީ އެހެން ކަމެއްގައި އެ ނަމާދަށް ރައްކާތެރިނުވެ ހުރުން ނުވަތަ ނަމާދަށް އައިކަމުގައި ވީނަމަވެސް ނަމާދުގެ ބިރުވެތިކަމެއް ނެތި ނަމާދުން ބޭރުގެ ޚިޔާލުތަކުގެ ތެރެއަށް ވަދެގެން ހުރުމެވެ.  

އެކަހަލަ ކަންތައްތަކަށް އެއީ " الَّذِينَ هُمْ عَنْ صَلَاتِهِمْ سَاهُونَ"  ނަމާދުގައި ފަރުވާކުޑަ މީހުންނެވެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

އާޔަތުގެ ސަރަޙައަށް ވިސްނަވައިލައްވާށެވެ! " ނަމާދު ވަޤުތު ފާއިތުވެގެން ދާއިރުވެސް އެމީހުން މަސައްކަތްތަކުގައި ނޫނީ އެހެން ކަމެއްގައި އެ ނަމާދަށް ރައްކާތެރިނުވެ ހުރުން" ނުވަތަ އެމީހަކަށް ފަސޭހަވީ އިރަކުން ނަމާދުކުރުން ހިމެނިގެން އެދަނީ ނަމާދަށް ޣާފިލުވުމުގެ ތެރެއިންނެވެ.  

އަދި " ނަމާދަށް އައިކަމުގައި ވީނަމަވެސް ނަމާދުގެ ބިރުވެތިކަމެއް ނެތި ނަމާދުން ބޭރުގެ ޚިޔާލުތަކުގެ ތެރެއަށް ވަދެގެން ހުރުންވެސް ހިމެނިގެންދަނީ ނަމާދަށް ޣާފިލުވުމުގެ ތެރެއިންނެވެ.  

އާޔަތުގައި އެވަނީ އެމީހުންނަށް އޮތް ޙުކުމެވެ. " އެއުރެންގެ ނަމާދާމެދު ޣާފިލުވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ." އެނގިގެން މިދަނީ ނަމާދަށް ޣާފިލުވާ މީހުންނަށް ﷲ ތަޢާލާގެ ޙަޟްަރތުން ގެއްލުމާއި ހަލާކުހުރިކަމެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާގެ ޙަޟްރަތުން ގެއްލުމާއި ހަލާކުގެ ތެރެއަށް ވެއްޓެންޖެހިއްޖެނަމަ އެމީހަކަށް ކަންކަން މެދުވެރިވާނެ ގޮތާއިމެދު ވިސްނާލައި އެފަދަ މީހުންގެ ތެރެއިން ނުވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!

 

މިއަދު އޮންލައިން