ﷲ އާއެކުގަ ހުރީތީ ނުބައި ފިރިއަކު ލިބުމުން އެންމެ ފަހު ވަޤުތު އާދައާ ޚިލާފް ގޮތަކަށް ސަލާމަތްވެވުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ﷲ އާއެކުގަ ހުރީތީ ނުބައި ފިރިއަކު ލިބުމުން އެންމެ ފަހު ވަޤުތު އާދައާ ޚިލާފް ގޮތަކަށް ސަލާމަތްވެވުނު އަންހެނެއްގެ ވާހަކަ-

އެއީ ކުޑައިރުންސުރެ ވަރަށް ތަޤްވާވެރި އަންހެނެކެވެ. ފަރުޟްނަމާދުތަކުގެ އިތުރުން ސުންނަތް ނަމާދުކޮށް ޛިކުރުކޮށް އަދި ރޭއަޅުކަންވެސްކުރާ އަންހެނެކެވެ. މައިންބަފައިން ކައިވެނީގެ ކަންކަން ހަމަޖެއްސުމުން ދެކޮޅު ނުހަދަންވެގެން އެއްބަސްވީ ހިތަށް ނުތަނަވަސްކަން ލިބެމުން ދަނިކޮށެވެ. އެމީހުންނަށް ކިޔަމަންތެރިވުމުގެ ގޮތުންނެވެ.  

ކައިވެނިކުރާދުވަސް ކަނޑައެޅި ވަޤުތުވެސް ހަމަޖެހި ހުރިހާ ކަމެއް ނިމުމުން ކައިވެނީގެ ހެދުން ލައިގެން ޙާޟިރުވިއެވެ. ނަމަވެސް ހިތުގައި ވިންދުޖަހަންފެށީ ވަކިވަރަކަށް ނޫނެވެ. ކައިވެނީގެ މަޖިލިސް ބާއްވަން އޮތް ހޯލަށް ވަންނަން އުޅެމުން މަންމަގާތުގައި ބުންޏެވެ. "އިހަށް މަޑުކޮށްލާށެވެ! އެނބުރި އެބަ އަންނަމެވެ."  

އެހެން ބުނެފައި ބާރަށް ގޮސް ވަރަށް މަޑުމަޑުން ޖެހިގެންހުރި ކޮޓަރީގެ ދޮރުހުޅުވައިލިއެވެ. "ކައިވެނިކުރެވެން އުޅޭ މީހާ އެއިރު ފޯނުން ބުނެއެވެ. ކެތްތެރިވާށެވެ. މިކަން މިކުރަނީ ދެމީހުންނަށް ރަނގަޅަކަށެވެ. ބޭނުންވާ ކަންތައް ޙާޞިލުކުރެވޭއިރަށް މިކަން ނިންމައިލާނަމެވެ." އެހިސާބަށް ބުނާއިރަށް މަޑުމަޑުން ދޮރުލައްޕާފައި އެނބުރި އައީއެވެ.  

ކައިވެނީގެ މަޖިލިސް ފަށަން ތައްޔާރުވިތަނާ އަންހެންކުއްޖާ، ވާންއުޅޭ ފިރިމީހާ އާއި ސުވާލުކުރިއެވެ. "މިކައިވެނިން ތިބާ ޙާޞިލުކުރަން ބޭނުންވާ ކަންތައް އިހަށް ބުނެދޭށެވެ!" ދޭނެ ޖަވާބެއް އޭނާއަށް ނުވިސްނި އިންދާ ކުޑައިރުކޮޅެއްކުރިން އޭނާ ފޯނުން ދެއްކި ވާހަކައިން އަޑުއިވުނު ތަންކޮޅު ކިޔައިދިނެވެ. އަދި އެއީ ނުދައްކާ ވާހަކައެއްކަމަށް ﷲ ގަންދީ ހުވާކުރަން ބުންޏެވެ.  

އޭނާގެ މައިންބަފައިންނަށް ބުންޏެވެ. "މިއީ ރަނގަޅު މީހެއް ނޫންކަމަށް ކުރިންވެސް ބުނީމެވެ. ވަޙީއިއްވަވާތީއެއް ނޫނެވެ. އެކަމަކު ހިތް އެގޮތަށް ބުނާލެއް ބޮޑުކަމުންނެވެ.

އަނގައިން ބުނާނެ ހިތްވަރު އެކަކަށްވެސް ނުލިބުނެވެ. ކައިވެނިކުރެވެން އުޅޭ މީހާއަށްވެސް ވާހަކައެއް ނުދެއްކުނެވެ. މަޑުން އިނީއެވެ. ދެންވެސް ވާހަކަ ދެއްކީ އަންހެން ކުއްޖާއެވެ. "މަންމަމެންނަށް ކުރިން ނުއެނގުނީކަމަށްވެދާނެއެވެ. މަންމަމެންނަށް ނުއެނގުނު ކަންތައް ﷲ އަހުރެންނަށް އަންގަވައިދެއްވެވީއެވެ. ދެން މިދަނީއެވެ."  

ދެން ނިކަން ބުނެބަލާށެވެ! އޭނާގެ ހިތަށް ނުތަނަވަސްކަން ލިބުމާއި ކައިވެނި ހޯލަށް ނުވަދެ ގޮސް އެކޮޓަރީގެ ދޮރުހުޅުވަން އޭނާގެ ގާތުގައި ބުނީ ކާކުހެއްޔެވެ؟ ހަމަ ޤައިމުވެސް އެއްވެސް މީހަކު ނުބުނެއެވެ. އެހެންވީއިރު އެކަންކުރަން ވިސްނުނީ ކީއްވެގެން ހެއްޔެވެ؟ ހިތް ނުތަނަވަސްވީ ކުރަން ބޭނުންނުވާތީކަމަށް ބުނެވިދާނެއެވެ. އެކަމަކު މިކަންކަން މިހިނގީ ކީއްވެގެން ހެއްޔެވެ؟ ޖަވާބަކީ އޭނާގެ ތަޤްވާވެރިކަން ބޮޑުވީމާ ﷲ ތަޢާލާ އަންގަވައިދެއްވެވީކަމެވެ. އެހެން އެއްވެސް ޖަވާބެއް ނެތެއް ނޫންހެއްޔެވެ؟ 

ލޮބުވެތި އެކުވެރިންނޭވެ! ތަްްވާވެރިކަން އިތުރުކުރީމާ ހަމައެކަނި ސުވަރުގެ ވައްދަވާނީއެއް ނޫނެވެ. ދުނިޔޭގައިވެސް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެއެވެ. ކުރިމަތިވާ މުޞީބާތްތަކުންނާއި ކުރިމަތިވާންއުޅޭ މުޞީބާތްތަކުންވެސް ސަލާމަތްކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން