މިއެންމެ ކަންތަކުގަ ޘާބިތުވާނަމަ ބައިވެރިޔާއަށް ކުރަންޖެހޭ ޝަކުވާ މަދުވެ ފޫހިވެސްވާނެ! މިހަކަންތަކުގަ ހިފަހައްޓާނަމަ ދުނިޔެއާ އާޚިރަތުގަ ފައިދާކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
މިއެންމެ ކަންތަކުގަ ޘާބިތުވާނަމަ ބައިވެރިޔާއަށް ކުރަންޖެހޭ ޝަކުވާ މަދުވެ ފޫހިވެސްވާނެ! މިހަކަންތަކުގަ ހިފަހައްޓާނަމަ ދުނިޔެއާ އާޚިރަތުގަ ފައިދާކުރާނެ!

ކަންބޮވުމާ ޝަކުވާކުރުމަކީ ގުޅިލާމެހިފައިވާ ދެކަމެވެ. އަދި ކަންބޮޑުވުމާ ޝައްކުކުރުމާއިވެސް މިއީ ގުޅިލާމެހިފައިވާ ދެކަމެވެ. ޝަކުވާ ގިނަވުމާ ދެމަފިރިންގެ ލޯބީގައި ކޫރުއެޅުމާއިވެސް މިއީ ގުޅިލާމެހިވާ ދެކަމެވެ.

އެހެންކަމުން މިރޭގެ ދަރުސް ފެށުމުގެ ކުރިން ސިކުނޑިތައް ތާޒާކޮށްލުމުގެ ގޮތުން ކޮންމެ މީހަކުވެސް އަބަދުވެސް ކޮންމެހެން ކުރަން ޖެހޭ 6 ކަމެއް ބުނެދޭނަމެވެ!  

1 ވާހަކަ ދެއްކުމުގެ ކުރިން އެހެން މީހުން ދައްކާ ވާހަކައަށް އިޙްތިރާމްކޮށް އަޑުއެހުން

2 އެއްޗެއް ލިޔާނަމަ ލިޔުމުގެ ކުރިން މިލިޔެވޭ އެއްޗަކާއިމެދު ވިސްނުން

3 ކަމެއް ނުވާނެ ކަމަށް ނިންމުމުގެ ކުރިން އެކަމެއް ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން

4 މަރުވުމުގެކުރިން ޞަދަޤާތް ކުރެވެން ހުރި ހުރިހާ އެއްޗެއް ޞަދަޤާތްކުރުން

5 ބައިވެރިޔާ އާއިމެދު ޝައްކުކުރެވޭ ކަމެއް ކުރިމަތިވެއްޖެނަމަ ހިތުގައި އެކަން ނުފޮރުވައި ސުވާލުކޮށް ޙަޤީޤަތް އޮޅުންފިލުވުން

6 އެއްވެސް ކަމަކާއިމެދު ޝަކުވާކުރުމުގެ ކުރިން ލިބިފައިވާ ނިޢްމަތްތަކަށް ޝުކުރުވެރިވެ އަލްހަމްދުލިﷲ ކިޔުން  

މީގެ ތެރެއިން ބައެއް ކަންކަން މިހާރުވެސް ބައެއް މިހުން ކުރެއެވެ. ނަޞޭޙަތަކީ މި 5 ކަންތައް ކުރުމުގައި އަބަދުވެސް ސާބިތުވުމެވެ!  

5 ވނައަށް މިބުނި ކަންތަކުގައި ހިފަހައްޓައިފިނަމަ ދެމަފިރިން އެކަކު އަނެކަކަށް ކުރަން ޖެހޭ ޝަކުވާތައްވެސް މަދުވެގެންދާނެއެވެ. ކުރާނެ އެއްވެސް ޝަކުވާއެއް ނެތްހައި މިންވަރަށެވެ. އެއީ އެއްވެސް ކަމެއް ނުވެގެން އެކަކު އަނެކަކަށް ޝަކުވާ ކުރުމުގެ ކުރިން، އެހައިތަނަށް ކޮށްދީފައި ހުރި ކަންކަމަށް ޝުކުރުވެރިވެއްޖެ ނަމަ ޝަކުވާ ކުރާނީ ހަމަ ވަރަށް މަދު މީހަކު ވަރަށް މަދު ފަހަރަކުކަމަށްވާތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން