ކޮންމެ ވަޤުތަކުވެސް ފުރަންޖެހިދާނެ މުހިންމު ދަތުރުގެމަތިން ހަނދާންކޮށްނުދޭމީހަކާ އެއްވެސް ގޮތަކަށް ގުޅިގެން ނުއުޅޭށެވެ! ބައިވެރިޔާ ނުވަތަ އެކުވެރިއެއް ނަމަވެސް އެމީހަކާ ވަކިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ކޮންމެ ވަޤުތަކުވެސް ފުރަންޖެހިދާނެ މުހިންމު ދަތުރުގެމަތިން ހަނދާންކޮށްނުދޭމީހަކާ އެއްވެސް ގޮތަކަށް ގުޅިގެން ނުއުޅޭށެވެ! ބައިވެރިޔާ ނުވަތަ އެކުވެރިއެއް ނަމަވެސް އެމީހަކާ ވަކިވާށެވެ!

މީސްތަކުންނޭވެ! އިސްލާމް ދީން ފެށިގެން އައި ދުވަސްވަރަށް ވިސްނައިލާށެވެ! މިބުނަނީ ޞަޙާބީންގެ ޒަމާނުގެ ވާހަކަތަކެވެ. އެބޭކަލުން އެންމެ ގިނައިން ދައްކަވައި އުޅުއްވެވީ މަރުވުމުގެ ވާހަކަތަކެވެ. ޢާޚިރަތް ދުވަހުން ސަލާމަތް ވެވޭނެ ކަމާއިމެދު ބިރުވެތިވެވަޑައިގަންނަވާ ކަމުގެ ވާހަކަތަކެވެ. އެކަމުން އެނގިގެންދަނީ އެބޭކަލުންގެ ހިތްޕުޅުގައި ނަރަކައަށް އޮތް ބޮޑު ބިރުވެރިކަމެވެ. ސުވަރުގެ ލިބިވަޑައިގަތުމަށް އެދިވަޑައިގެން ތިއްބެވި މިންވަރެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބިދާނެ ކަމަށް ކަންބޮޑުވެވަޑައިގެންނެވި މިންވަރެވެ.

މިގޮތަށް ވިސްނައިލަމާހެއްޔެވެ؟ ދަތުރަކުދާން އުޅޭނަމަ އެދަތުރުގެ ވާހަކަ ވަރަށް ކުރިއާލައި ދައްކަމުއެވެ. ދަތުރަށް ފުރިހަމައަށް ތައްޔާރުވަމުއެވެ. ދަތުރުގެ ބައިވެރިން އެކަކު އަނެކަށް ގުޅައި އެކަމުގެ ވާހަކަތައް ދައްކަމުއެވެ. މިހެންގޮސް ދަތުރަށް ތައްޔާރުވާން އެތައް ބައިވަރު ކަންތައްތަކެއް ކުރަމުއެވެ.

އެހެންކަމާއިއެކުވެސް އިންސާނާއަށް ކުރަންޖެހޭ އެންމެ މުހިންމު ދަތުރުގެ ވާހަކަދައްކަން މިތިބެނީ ފަސްޖެހިގެންނެވެ. ފުރަންޖެހޭއިރުވެސް އެދަތުރަށް ތައްޔާރެއް ނުވެވެއެވެ. އެދަތުރަށް ތައްޔާރުވާން ހަނދާންކޮށްދޭ އެކުވެރިންވެސް ހަމައެހައިމެމަދެވެ. މިދައްކަނީ ދުނިޔެ ދޫކޮށް އާޚިރަތަށްކުރާ ދަތުރުގެ ވާހަކައެވެ. މަރުވުމުން ފޭށޭ ދަތުރުގެ ވާހަކައެވެ.  

އާޚިރަތް ދުވަހުގެ ސަލާމަތްކަމަށް އެދޭނަމަ ގިނަގިނައިން މަރުގެ ވާހަކަދައްކަން ޖެހޭނެއެވެ. މަރުވުމުން ދެން ކަންތައްތައް ވެދާނެ ގޮތުގެ ވާހަކަތައް ދައްކަންވާނެއެވެ. ކޮންމެ ވަގުތަކު ނަމަވެސް މަރާއި ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރުވެރިކަން ހިތުގައި ބާއްވަންވާނެއެވެ! ތިމާ ދުނިޔޭގައި ހުރެ ކުޅަ އަމަލުތައް މީޒާނުގައި ކިރައިލެވޭނެ ވަގުތު ކަންތައްތައް މެދުވެރިވެދާނެ ކަމާއިމެދު އަބަދުވެސް ހުންނަންވާނީ ބިރުންނެވެ. އެ ބިރުވެރިކަން ހިތަށް ނުގެންނަ މީހަކީ ސަލާމަތް ކަން ލިބުމާއި ދުރު މީހެއްކަމަށް ބުނެވިދާނެއެވެ! އެހެނީ އެފަދަ މީހުންގެ ޢަމަލުތައް ގިނައިން ހުންނާނީ ﷲ ތަޢާލާ އަންގަވާއިވާ ގޮތާއި ދުރުގައިކަމަށްވާތީއެވެ!  

ކޮންމެ ވަޤުތަކުވެސް ފުރަންޖެހިދާނެ މުހިންމު ދަތުރުގެމަތިން ހަނދާންކޮށްނުދޭ ނުދޭމީހަކާ އެއްވެސް ގޮތަކަށް ގުޅިގެން ނުއުޅޭށެވެ! ޙަޔާތުގެ ބައިވެރިއެއްގެ ގޮތުގައި ނުވަތަ އެކުވެރިއެއްގެ ގޮތުގައި ނަމަވެސްމެއެވެ. އެކަމުން ކުރާނެ ފައިދާއަށްވުރެ ލިބޭނެ ދެރަ މާބޮޑުވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސްކުން

 

މިއަދު އޮންލައިން