ނަރަކައިގެ އަލިފާނަށް ބިރުވެތިނުވެ ދުނިޔޭގައިވެސް ލިބޭނެ ހަޤީޤީ ހިތްހަމަޖެހުމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ނަރަކައިގެ އަލިފާނަށް ބިރުވެތިނުވެ ދުނިޔޭގައިވެސް ލިބޭނެ ހަޤީޤީ ހިތްހަމަޖެހުމެއް ނެތް!

އިސްލާމް ދީނުގައި ޙަރާމް ކުރައްވަވާފައިވާ ކަންކަމަށް ބަލާއިރު ﷲ ތަޢާލާ މީސްތަކުންނަށް ޙަރާމްކުރައްވަވާފައިވަނީ ވަރަށް މަދު ކަންކަމެވެ. އެހެން ކަމާއިއެކުގައިވެސް އެކަންކަން ކުރުމަށްފަހު އެއީ ހިތްހަމަޖެހުން ހޯދަން ކުރި ކަމެއްކަމަށް އެބަ ބުނެއެވެ.  

މީސްތަކުންނޭވެ! މަސްތުވެގެން ހުންނައިރު ތިމާއަށް މިހުރެވެނީ ވަރަށް ބޮޑަށް ކޫލްވެގެންކަމަށް ސިކުނޑިއަށް ވިސްނިދާނެއެވެ. އެހާލަތުގައި ހުންނައިރު އަލިފާނުގައި އަތްލުންވެސް ކޫލްވެދާނެއެވެ. ނަމަވެސް ނިކަން އަލިފާނުގައި އަތްލައިބަލާށެވެ! ހޫނުވެގެން ނުފިހޭތޯ ނިކަން ބަލައިބަލާށެވެ! 100 އިންސައްތަ ކޫލްވެގެންހުރެ ނަމަވެސް އަލިފާނުގައި އަތްލުމުން ނުވަތަ ގައިގައި އަލިފާން ޖެއްސުމުން ނުފިހުނު ހަމައެކަކުވެސް ނިކަން ދައްކަބަލާށެވެ! ދައްކައިފިނަމަ ތިއަބުނާ ކޫލަކީ ހަމަ ޙަޤީޤަތުގައިވެސް ކޫލެއްކަމަށް އަހަރެން ޤަބޫލުކުރާނަމެވެ.  

މަސްތުވެގެން ތިބެވެސް އަދި މަސްނުވެ ތިބެވެސް ފާޙިޝް ޢަމަލުތައް ކުރާ މީހުންނަށް ބުނެލަން އޮތީ ތިއަކުރާ ކަމަކުން ކުރާނެ އެއްވެސް ޙަޤީޤީ ފައިދާއެއް ނެތެވެ. މަރުވީންސުރެ ޖެހޭނީ އަލިފާނުގައި އަނދަންކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.  

މީސްތަކުންނޭވެ! ޤިޔާމަތްދުވަސް އަހަރެމެންނާއި ބައްދަލުނުކުރާނެ ގޮތެއް ނުހެދޭނެއެވެ. ނަރަކައިގެ އަލިފާން ކޫލް ކުރެވޭނެ ހަމައެއްވެސް ގޮތެއް ނުއޮންނާނެއެވެ! ވީމާ ތިއަބުނާ ކޫލްވުމަކުން ވޭވޭނީ ކޮން ކޫލެއް ހެއްޔެވެ؟

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން