ގިނަބައަކަށް އެންމެ ބޮޑަށް އިހްމާލުވެވެނީ އެންމެ އިތުރުކަންބޮޑު ރަވާތިބްސުންނަތަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ގިނަބައަކަށް އެންމެ ބޮޑަށް އިހްމާލުވެވެނީ އެންމެ އިތުރުކަންބޮޑު ރަވާތިބްސުންނަތަށް!

ދީޘްފުޅުގައިވަނީ ފަތިސްނަމާދުގެ އިހު ސުންނަތުގެ 2 ރަކްޢަތް، ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗަކަށްވުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު ކަމަށެވެ. ވީމާ ފަތިސްނަމާދުގެ އިހުސުންނަތުގެ މަތިވެރިކަން މިއޮތީ އެނގޭށެވެ. 

ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ދަތުރުފުޅެއްގެމަތީގައިވެސް ދޫކޮށްނުލައްވަވާ ދެސުންނަތެއްވެއެވެ. އެއީ ފަތިސްނަމާދުގެ އިހުސުންނަތާއި ވިތުރިއެވެ. އެހެންނަމަވެސް މިއަދު އަހުރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ ފަތިސްނަމާދުގެ އިހުސުންނަތް އެބަކުރެވޭހެއްޔެވެ؟  

އަހުރެންނަށް އެނގިފައި އޮތްގޮތުން ޢިޝާނަމާދަށްފަހު ވިތުރިކުރާ މީހުންގެ ތެރޭގައިވެސް ފަތިސްނަމާދުގެ އިހުސުންނަތް ނުކުރާ ބައަކު އުޅެއެވެ. އެއީ ފަތިސްނަމާދަށް ހޭނުލެވޭތީއެވެ. ފަހުން ފަތިސްނަމާދު ޤަޟާކުރާއިރު އިހުސުންނަތް ޤަޟާކުރަން ފަރުވާކުޑަކުރެވެނީއެވެ.  

ލޮބުވެތި އެކުވެރިންނޭވެ! ފަތިސްނަމާދަށް ހޭލަން ގަދައަޅައި މަސައްކަތްކުރާށެވެ! އިހުސުންނަތް ކުރާށެވެ. ހޭނުލެވިގެން ޤަޟާއަށްކުރިނަމަވެސް އިހުސުންނަތްވެސް ކުރާށެވެ. ހަމައެއާއިއެކު ނުހޭލުމަކީ އާދައަކަށް ނުހަދާށެވެ. އެކަމުގައި ފަރުވާކުޑަނުކުރާށެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

- ޝައިޚް ޢަބްދުލްޢަޒީޒް ބިންބާޒްގެ ބަސްފުޅު:

https://abdurrahman.org/2018/08/27/the-fixed-sunnah-prayers-during-travel/

މިއަދު އޮންލައިން